17 ބިދޭސީންނާއެކު ގުރައިދޫއަށް ދަތުރުކުރި ޑިންގީއެއް ބަންޑުންޖަހާލައިފި

ކ. ގުރައިދޫ

ކ. ޒަމާނީ އައިލެންޑް ކައިރިން ކ. ގުރައިދޫއަށް، 17 ބިދޭސީންނާއެކު ދަތުރުކުރި ޑިންގީއެއް މިރޭ ބަންޑުން ޖަހައިލައިފިއެވެ.

މިކަމާ ގުޅިގެން ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، މި ޑިންގީގައި ދަތުރުކުރީ 17 ބިދޭސީން ކަމަށެވެ. ޑިންގީ ބަންޑުން ޖަހައިލުމާއެކު، ތިން މީހަކު ފަތާފައި ޒަމާނީ އައިލެންޑަށް އެރިކަމަށް ފުލުހުންގެ މެސެޖުގައި ވެއެވެ.

މި ޑިންގީން ދަތުރުކުރި އެންމެން ވަނީ ސަލާމަތްކޮށްފައެވެ. މެރިން ޕޮލިހާއި ކ. އަތޮޅު ޕޮލިސް އަދި ކ. އަތޮޅުގެ ރިޒޯޓުތަކުގެ ލޯންޗުތަކުން ވެސް އެ ސަރަހައްދުގައި ދަނީ ހަރަކާތްތެރި ވަމުންނެވެ.

'ޒަމާނީ އައިލެންޑް" އަކީ ކ. އަތޮޅު ތޮލިމަރާހުރާ ފަޅުގައި ރިސޯޓު ހަދަން ހިއްކާފައިވާ ރަށެކެވެ.

މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރެއްކަމުން ކަނޑު ދަތުރުކުރުމުގައި ސަމަލުވުމަށް މީގެ ކުރިން ވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކޮށްފައެވެ. އެމްއެންޑީއެފުން ބުނީ، ކަނޑުދަތުރު ކުރުމުގެ ކުރިން، މޫސުމާ ބެހޭ ގައުމީ އިދާރާއިން ނެރޭ ސަމާލުތަކަށް ބެލުމަށް އިލްތިމާސް ކޮށްފައެވެ.

comment ކޮމެންޓް