ޓެކާސް ދިރާގު ރިސޯޓު ކަޕު 2025 ގެ ރ. ޒޯނުގެ ޗެމްޕިއަންކަން ޖޯލި މޯލްޑިވްސްއިން ހޯދައިފިއެވެ.
ކޯރާ ކޯރާ މޯލްޑިވްސްގެ ފްރީޑަމް އެރީނާގައި އިއްޔެ ކުޅުނު ފައިނަލް މެޗު ޖޯލި މޯލްޑިވްސްއިން ކާމިޔާބުކޮށްފައިވަނީ މުބާރާތް ބޭއްވި ކޯރާ ކޯރާއާ ވާދަކޮށް 4-2 ގެ ނަތީޖާއަކުންނެވެ.
މި ނަތީޖާއާއެކު ޖޯލި މޯލްޑިވްސްއިން ވަނީ ރާ ޒޯނުގެ ޗެމްޕިއަންކަމާ އެކު ޒޯން ސެމީ ފައިނަލަށް ކޮލިފައިވެފައެވެ. ޒޯން ސެމީ ފައިނަލުގައި އެ ޓީމު ބައްދަލުކުރަން ޖެހޭނީ ބ. ޒޯނުގެ ޗެމްޕިއަނާއެވެ. މުބާރާތުގެ ބ. ޒޯނުގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ މި މަހު 14 ގައެވެ.
މި ޒޯނުގެ އެންމެ ފުރަތަމަ ކުޅުނު މެޗުގައި ވެސް ބައްދަލުކުރީ މި ދެ ޓީމެވެ. އެ މެޗު ވެސް ކާމިޔާބުކުރީ ޖޯލިންނެވެ. އެއޯ 4-3 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޖޯލީގެ މުޙައްމަދު ޖުމާން އަޙްމަދެވެ.
މި ޒޯނުގެ ޓޮޕް ސްކޯރާއަކަށް ހޮވުނީ ކޯރާ ކޯރާގެ މުޙައްމަދު އިސާމެވެ. އޭނާ ވަނީ ޖުމްލަ ހަ ލަނޑު މި މުބާރާތުގައި ޖަހާފައެވެ. އެންމެ މޮޅު ކޯޗަކަށް ޖޯލީގެ ކޯޗު އަބްދު ﷲ ހަނީފު (ބެންޖޯ) ހޮވުނުއިރު، އެންމެ މޮޅު ކީޕަރަކީ ކޯރާ ކޯރާގެ އިސްމާއީލް ރާއިފެވެ.
ޓެކާސް ރާ ޒޯނުގެ އެންމެ މޮޅު ފަސް ކުޅުންތެރިން:
- މޫސާ މުޒާހު (#17)، ޖޯލި މޯލްޑިވްސް
- މުހައްމަދު އިސާމް (#30)، ކޯރާ ކޯރާ މޯލްޑިވްސް
- އަލީ އިސާމް (#9)، ޖޯލި މޯލްޑިވްސް
- އަހުމަދު ޒަމީމް (#10)، ކޯރާ ކޯރާ މޯލްޑިވްސް
- މޫސާ ލަތީފް (#99)، ޖޯލި މޯލްޑިވްސް
މީގެ ފަސް އަހަރުކުރިން ފެށި ޓެކާސްގެ ކުޑައިގެ ދަށުން ފެށި ރިސޯޓު މުބާރާތުގައި ގިނަ ރިސޯޓުތަކަކުން ބައިވެރިވެއެވެ. އަދި، ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. މުބާރާތުގެ ހުރިހާ މެޗެެއް ސަން ޕްލޭއިން ދަނީ ވަގުތުން ގެނެސްދެމުންނެވެ.