އުރީދޫގެ އަހަރީ ދުވަހާ ގުޅިގެން، ސަފަރުކަތްދައާ ވާހަކަ ދައްކާލައިގެން ހިލޭ ކޮފީއެއް

ސަފަރުކަތްތަ އާ ވާހަކަ ދައްކާލައިގެން މި މަހުގެ ނިޔަލަށް ހިލޭ ކޮފީ ލިބޭނެ --- ފޮޓޯ: އުރީދޫ

އުރީދޫގެ 20ވަނަ އަހަރީ ދުވަހާ ގުޅިގެން، "ސަފަރު ކަތްދަ" އާ ވާހަކަ ދައްކާލައިގެން ހިލޭ ކޮފީއެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އުރީދޫން ބުނީ، ސަފަރު ކަތްދަ އާ ވާހަކަ ދައްކާލައިގެން ހުޅުމާލޭގައި ހުންނަ ލަޔާ ކެފޭއިން ހިލޭ ކޮފީއެއް، މި މަހުގެ ނިޔަލަށް ލިބޭނެ ކަމަށެވެ.

ހިލޭ ކޮފީއެއް ހޯދުމަށް ޓަކައި ފުރަތަމަ ހަދަން ޖެހޭނެ ގޮތަކީ ސަފަރުކަތްދައާ ވާހަކަ ދައްކާލުމެވެ. އެގޮތުން ލިންކެއް މެދުވެރިކޮށް ޖެހޭނީ ސަފަރުކަތްދައާ މެސެޖެއް ކޮށްލާށެވެ. އޭރުން ކަސްޓަމަރުންގެ ފޯނު ނަންބަރު ދިނުމަށް ސަފަރު ކަތްދަ އެދޭނެއެވެ. ފޯނު ނަންބަރު ދިނުމުން ސަފަރު ކަތްދަ ފޮނުވާލާނީ މެސެޖެކެވެ.

ސަފަރު ކަތްދަ އަށް މެސެޖުކުރީމަ އެންމެ ފަހުން އިނގިރޭސިން އެ އަންނަ މެސެޖު ދައްކާލުމުން ކޮފީ ލިބޭނެ ---

ލަޔާ ކޮފީއަށް ގޮސް އެ މެސެޖު ދައްކާލުމުން ހިލޭ ކޮފީ ލިބުނީއެވެ. ކޮންމެ ނަންބަރަކަށް ލިބޭނީ އެއް ކޮފީއެވެ.

މީގެ ކުރިން މިދިޔަ މާޗް މަހުގެ 20 ވަނަ ދުވަހު ފާހަގަކުރި "ހެޕިނެސް ޑޭ"ގެ މުނާސަބަތާ ގުޅުވައި އުރީދޫން ވަނީ "މާކުންބެ" އާ ވާހަކަ ދައްކާލައިގެން ހިލޭ ކޮފީއެއް ލިބޭ ޕްރޮމޯޝަނެއް ވެސް ކުރިއަށް ގެންގޮސްފައެވެ.

comment ކޮމެންޓް