އަންނަ ރޯދަ މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ފިހާރަތަކާއި ރެސްޓޯރަންޓުތައް ހުޅުވާފައި ބެހެއްޓޭ ގަޑިތައް އިކޮނޮމިކް މިނިސްޓްރީން މިއަދު އާންމުކޮށްފިއެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި، ރޯދަމަހު ކެއިން ބުއިމުގެ ޚިދުމަތްދޭ ރެސްޓޯރަންޓުތަކާއި ކެފޭ ފަދަ ތަންތަން ހުޅުވާފައި ބެހެއްޓޭނީ 17:30އިން ދަންވަރު 03:00އަށެވެ. ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ފަތިހު 04:30އިން ދަންވަރުއާ ދެމެދެވެ.
އޭގެއިތުރަށް، މާދަމާއިން ފެށިގެން މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނީ، ފަތިހު 05:30 އިން ދަންވަރު 01:00އާ ހަމައަށް ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. ރޯދަމަހާއި ޝައްވާލުމަހުގެ ފުރަތަމަ ހަތް ދުވަހު ވެސް އެ ތަންތަން ހުޅުވާފައި ބެހެއްޓޭނީ އެ ގަޑިތަކުގައި ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ މުދާ ވިއްކާ ތަންތަން ވެސް ހުޅުވާފައި ބެހެއްޓޭނީ އެ ގަޑިތަކުގައި ކަމަށް ބުނެ، އިކޮނޮމިކް މިނިސްޓްރީން ވަނީ އެ ގޮތްތަކަށް އަމަލުކުރަން ފަށަން އަންގާފައެވެ.
ކަލަންޑަރުގައި ބުނެފައިވާ ގޮތުން، ރޯދަ މަސް ފެށޭނީ އަންނަ ހަފުތާގެ ބުދަ ދުވަހެވެ.