މޯލްޑިވްސް މެރިން އެކްސްޕޯ 2026ގެ އޮފިޝަލް އިންޝުއަރަންސް ޕާޓްނަރެއްގެ ގޮތުގައި އެލައިޑް އިންޝުއަރަންސްއިން ބައިވެރިވެ، ޑިސްކައުންޓުތަކާއެކު ޚާއްސަ ހަދިޔާތަކެއް ދީފިއެވެ.
މި އެކްސްޕޯގެ އޮފިޝަލް އިންޝުއަރަންސް ޕާޓްނަރެއްގެ ގޮތުން އެލައިޑް އިންޝިއުރަންސްއިން ވަނީ މެރިން އިންޑަސްޓްރީއަށް ޚާއްސަކޮށް، މެރިން ހަލް ޕްރޮމޯޝަނަކާއި މި ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް ބޭނުންވާ މުހިންމު މަޢުލޫމާތުތަކެއް ހިއްސާކޮށްފައެވެ.
އެލައިޑުން ބުނި ގޮތުގައި އެ ކުންފުނިން، އެކްސްޕޯގައި ބައިވެރިވުމުގެ މައިގަނޑު މަގުސަދަކީ ޑައިވް ސްކޫލްތަކާއި، ވޯޓާ ސްޕޯޓްސް ސެންޓަރުތަކާއި، އުޅަނދުފަހަރު ބަންނަ ފަރާތްތަކުގެ އިތުރުން މި ދާއިރާގެ އެކި ވިޔަފާރިތަކަށް ބޭނުންވާ އިންޝުއަރަންސް ޕްރޮޑަކްޓްތަކުގެ މަޢުލޫމާތު ހިއްސާކުރުމެވެ. އަދި އެކަމުގެ މުހިންމުކަށް އަންގައިދިނުމެވެ.
މީގެ އިތުރުން އެލައިޑްގެ އިސްލާމިކް ވިންޑޯ، އެލައިޑް ތަކާފުލް ޕްލޭންތަކުގެ މަޢުލޫމާތުވެސް އެ އެކްސްޕޯގައި އެލައިޑުން ވަނީ ފޯރުކޮށްދީފައެވެ.

ޯލްޑިވްސް މެރިން އެކްސްޕޯ 2026 ތެރެއިން: އެލައިޑުން ވަނީ ޕްރޮމޯޝަނެއް ހިންގާ، 3 ފަރާތަކަށް ޑިސްކައުންޑް ވައިޗާ ދީފަ---/ ފޮޓޯ އެލައިޑް
މެރިން އެކްސްޕޯއާ ދިމާކޮށް އެލައިޑުން ވަނީ މެރިން ހަލް އިންޝުއަރަންސް ނުވަތަ މެރިން ހަލް ތަކާފުލް އަލަށް ނަގާ ފަރާތްތަކަށް އަމާޒުކޮށްގެން ޚާއްސަ ޕްރޮމޯޝަނެއްވެސް ހިންގާފައެވެ. ޕްރޮމޯޝަނުގެ ދަށުން ގުރުއަތުން ހޮވުނު ތިން ފަރާތަކަށް، 8,000 ރުފިޔާގެ ޑިސްކައުންޓް ވައުޗާ ވަނީ ހަވާލުކޮށްފައެވެ.
މިޕްރޮމޯޝަންގެ އިތުރުންވެސް އެލައިޑުގެ ސްޓޯލަށް ޒިޔާރަތްކޮށް، ސްޓޯލުގައި ކުރިއަށްގެންދެވުނު އިތުރު ހަރަކާތްތަކުގައި ބައިވެރިވި ފަރާތްތަކަށް އެލައިޑުން ވަނީ ޚާއްސަ ހަދިޔާތަކެއްވެސް ދީފައެވެ.
އެލައިޑުން ފާހަގަ ކުރާގޮތުގައި މިފަދަ އެކްސްޕޯތަކުގައި އެލައިޑުން ބައިވެރިވުމަކީ، ކަސްޓަމަރުންނަށް ލުއިފަސޭހަކަމާއެކު އިންޝުއަރަންސްގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެ ކުންފުނިން ދެމުންގެންދާ އަހައްމިއްޔަތު ހާމަވާ ކަމެކެވެ.
އެލައިޑުން އަންނަނީ، 2014 ވަނަ އަހަރުން ފެށިގެން މެރިން އެކްސްޕޯގައި ބައިވެރިވަމުންނެވެ.