ފަހި ޓަވަރުތަކަށް ވަންނަ ދޮރާ ދިމާލަށް ވެސް ކުންފުނިތައް؛ އެފްޑީސީން އެދުނީ އެއްބާރުލުން ދިނުމަށް

ސޯޝަލް މީޑިއާގައި ފެންނަ ވީޑިއޯއިން، ފަހި ޓަވަރެއްގެ ދޮރާ ދިމާލަށް ކުނިފުންޏެއް: ހަމްދާން ވަނީ ވެށި ސާފުކޮށް ބޭއްވުމަށް، އެއްބާރުލުރުމަށް އެދިވަޑައިގެންފައި ---

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ފުލެޓުތައް ކައިރިއަށް ކުނި އަޅާ މައްސަލަ އަދިވެސް ހައްލުނުވެ، ކޮރިޑޯތަކަށާ އެއްކޮށް ކުނި އަޅަމުންދާތީ، އެ ސަރަހައްދު ސާފުކޮށް ބޭއްވުމަށް އެންމެން ވެސް އެއްބާރުލުން ދިނުމަށް އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް މިރޭ ވިދާޅުވެއްޖެއެވެ.

ދެތިން މަހެއް ކުރިން މީހުން ދިރިއުޅެން ފެށި، އެފްޑީސީ ފުލެޓުތައް ކައިރިއަށް ކުނި އަޅާފައި ހުންނަ ކަމުގެ ޝަކުވާ ސޯޝަލްމީޑިއާގައި އަންނަނީ ކުރަމުންނެވެ. ދައުރުވާ ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަ ގޮތުގައި، ގިނަ އަދަދަކަށް ބޮޑެތި ފޮށިގަނޑު ފަދަ ކުނި އެ ސަރަހައްދަށް ވަނީ އަޅާފައެވެ.

ހެރިޓޭޖު މިނިސްޓްރީގެ ކުރީގެ ޑިރެކްޓަރު ޝަމްއޫން ޖަލީލް (ލޫކަސް) ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ވީޑިއޯއެއްގައި، ޓަވަރަށް ވަންނަ ހިސާބުގައި، ކޮރިޑޯއަށާއެކު ކުނިފުންޏެއް ޖަހައިފައި ހުރި މަންޒަރު ފެނެއެވެ. އޭގެ ސަބަބުން ވަދެނުނިކުމެވޭ ހިސާބަށް ގޮސްފައިވާ ކަމަށް، ވީޑިއޯ ހިއްސާކުރި މީހާ ބުނެފައިވެއެވެ.

އެ ކަން ހިނގަމުން ދަނިކޮށް ހަމްދާން އެކްސްގައި ލިޔުއްވި ޕޯސްޓެއްގައި ވަނީ، މިއަދު އެ ފުލެޓުތައް ކައިރިއަށް ކުނި އަޅާފައި ހުރީ ހޮނިހިރު ދުވަހު ސާފުކުރި ތަންތަނަށް ކަމަށެވެ.

އޭނާ ވަނީ، ތިމާ ދިރިއުޅޭ މާޙައުލަށް އެގޮތަށް ކުނިއެޅުމަކީ އެކިއެކި ބަލިތަކަށް ހުޅުވާލެވޭ ދޮރެއް ކަމަށާއި އެއީ ދީނާއި ސަގާފަތާ ބީރައްޓެހި ނާތަހުޒީބު އަމަލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

އިތުރަށް އޭނާ ވިދާޅުވީ، އެފްޑީސީން މި ކުނިތައް ނައްތައިލި ކަމަށް ވިޔަސް، އެގްރިމެންޓުގައިވާ ގޮތާ ޚިލާފަށް ކުނިއަޅަމުންދާ މީހުންނާމެދު ފިޔަވަޅު އަޅަމުންދާނެ ކަމަށެވެ. އަދި، ގަވާއިދާ އެއްގޮތަށް ބަލްކް ވޭސްޓް ނައްތައިލަމުން ގެންދާ މީހުން ދެމުންދާ އެއްބާރުލުމަށް ޝުކުރުވެރިވާ ކަމަށް ހަމްދާން ވިދާޅުވިއެވެ.

އެނާ ވިދާޅުވީ، ފްލެޓުތަކުގައި ދިރިއުޅޭ މީހުންނަށް އަމާން ސާފު ވެއްޓެއް ގާއިމް ކުރެވޭނީ އެންމެެންގެ އެއްބާރުލުމާ އެކީގައި ކަމަށެވެ.

https://sun.mv/217672

މީގެކުރިން ހަމްދާން ވަނީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ފަހި ފުލެޓުތަކުގައި ކުނިބުނި އެއްވަނީ ފުލެޓުތަކުގައި ދިރިއުޅޭ ބައެއް ފަރާތްތަކުން ގަވައިދާ ޚިލާފަށް ދުވަހު އުކާލާ ކުނީގެ ތެރެއަށް ބޮޑެތި ކުނިތައް އަޅާތީ ކަމަށް ވިދާޅުވެ، އެ ފަރާތްތައް ޖޫރިމަނާކޮށް، ފުލެޓު އެއްބަސްވުމުގައިވާ ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

comment ކޮމެންޓް