ހުޅުމާލޭ މިސްކިތްތައް ކައިރީ ޕާކުކޮށްފައި ހުރި ގިނަ ދުވަސްވެފައިވާ އުޅަނދުތައް ނަގަން އެދިއްޖެ

ހުޅުމާލެ ފޭސް 1: -- ފޮޓޯ/ ޔޫއެންޑީޕީ

ހުޅުމާލޭގެ މިސްކިތްތައް ކައިރީ ގިނަ ދުވަސްވަންދެން ޕާކުކޮށްފައިވާ އުޅަނދުތައް ނަގަން ފުލުހުން އެދިއްޖެއެވެ.

ފުލުހުން މިއަދު ވަނީ ހުޅުމާލޭ މިސްކިތްތައް ހުންނަ ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް ނަގަން އިލްތިމާސްކޮށް ޕޯސްޓެއް ހިއްސާކޮށްފައެވެ.

އެ ޕޯސްޓުގައި ފުލުހުން ވަނީ، ހުޅުމާލޭގެ މިސްކިތްތަކަށް ދާ ފަރާތްތަކަށް މިސްކިތް ސަރަހައްދަކީ ފަސޭހަ ސަރަހައްދަކަށް ހަދަން ޖެހޭކަން ފާހަގަކޮށްފައެވެ. އަދި ނަމާދަށް ދާ މީހުންނަށް ފަސޭހައިން ޕާކުކުރެވޭނޭ އިންތިޒާމް ހަމަޖައްސައިދިނުމުގެ ގޮތުން، މިސްކިތްތައް ހިމެނޭ ސަރަހައްދުތަކުގައި ގިނަ ދުވަސްވަންދެން ޕާކުކޮށްފައިވާ އުޅަނދުތައް ނަގައިދިނުމަށް އެ މުއައްސަސާއިން ވަނީ އެދިފައެވެ.

ހުޅުމާލޭގެ މިސްކިތްތައް ހުންނަ ސަރަހައްދުގައި ގިނަ ދުވަސްވެ، ބާވެ ހަލާކުވެފައިވާ ކާރާއި ސައިކަލުގެ އިތުރުން ޕިކަޕު ވެސް އެބަހުއްޓެވެ.

ރޯދަމަހާ ދިމާކޮށް މި ތަކެތި ނަގަން ފުލުހުން އެދިފައިވާއިރު ދޭތެރެ ދޭތެރެެއިން ފުލުހުން އަންނަނީ މިގޮތަށް ގިނަ ދުވަސް ވަންދެން ޕާކުކޮށްފައިވާ ސައިކަލާއި ކާރުގެ އިތުރުން ޕިކަޕު ވެސް ޓޯކުރަމުންނެވެ.

comment ކޮމެންޓް