"މިއަދާއި ހުކުރު ފިޔަވައި ކޮންމެ ދުވަހެއްގެ ރޭގަނޑު ރޯދަ ހަދިޔާ ލިބޭނެ"

ރޯދަ ހަދިޔާގެ ގޮތުގައި މަސްކޭސް ދޫކުރުމުގެ މަސައްކަތް ކުރިއަށްދަނީ: މިއަދާއި މާދަން ފިޔަވައި ކޮންމެ ދުވަހެއްގެ ރޭގަނޑު ރޯދަ ހަދިޔާ ދޫކުރާނެ ކަމަށް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވަނީ ވިދާޅުވެފައި --- ސަން ފޮޓޯ: މޫސާ ނަދީމް

މި އަހަރުގެ ރަމަޟާން މަހަށް ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ބަހާ މަސްދަޅުކޭސް މިއަދާއި ހުކުރު ފިޔަވައި ކޮންމެ ދުހަކު ބަހާނެ ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެެއްގައި މިނިސްޓަރު ވިދާޅުވީ އެކި ސަބަބުތަކާހުރެ މަސްދަޅުކޭސް، ނުލިބި، މާލޭ ސަރަހައްދުގައި ތިބި ފަރާތްތަކަށް ދޫކުރުން މިއަދާއި، ހުކުރު ފިޔަވައި ކޮންމެ ދުވަހެއްގެ ރޭގަނޑު ކުރިއަށްދާނެ ކަމަށެވެ.

އެގޮތުން ކޮންމެ ރެއެއްގެ 9:30 އިން 11:00 އަށް، އެމްސީއެލްޕީގެ ޕަބްލިކްވާކްސް ފެންޑާ (މާފަންނު ޓްރެކްދަނޑު ކައިރި) އަދި ހުޅުމާލޭ ފޭސް އެކަކާއި ފޭސް ދޭއްގައި ހުންނަ މިފްކޯގެ ފިހާރައިން ކުރިޔަށް ގެންދާގޮތަށް ހަމަޖެހިފައި ވާކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް ސަރުކާރުން ދޫކުރާ މަސްދަޅުކޭސް ދޫކުރަންފެށީ، ނިމުނު ޖެނުވަރީ މަހުގެ 24 ވަނަ ދުވަހެ

ބާޒާރުގައި މިފްކޯއިން މަސްދަޅު ކޭހެއް ވިއްކަނީ 760 ރުފިޔާއަށެވެ. ޖުމްލަ 118،000 މި ފަހަރު ބަހަން ތައްޔާރުކުރިއިރު މަސްދަޅު ކޭސް ނަމަ އެއީ ޖުމުލަ 89.6 މިލިއަން ރުފިޔާއެވެ.

މަސް ކޭސް ދޫކުރަނީ ކަރަންޓު މީޓަރު ނަންބަރު އަދި ބިލު ނަންބަރު ފަދަ މައުލޫމާތުތަކަށް ބެލުމަށްފަހުއެވެ. އޭގެ އިތުރަށް، މަސް ކޭސް ބެހުމުގެ ކަންކަން ފަސޭހަކޮށްދިނުމަށް ޓޯކަން ނަންބަރު ނެގުމަށް ޚާއްސަ ޕޯޓަލެއް ވެސް ވަނީ ތައްޔާރުކޮށްފައެވެ.

ސަރުކާރުން ވަނީ މިދިޔަ ރަމަޟާން މަހު މާލޭގެ ގޭބިސީތަކަށް 50،519 މަސްކޭހާއި ރަށްރަށުގެ ގޭބިސީތަކަށް 60،712 މަސްކޭސް ހަދިޔާކޮށްފައެވެ.

comment ކޮމެންޓް