މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 14 ރަބަރު ޕެކެޓާއެކު ކުޅުދުއްފުށިން ދެމީހުން ހައްޔަރުކޮށްފި

ކުޅުދުއްފުށިން ހައްޔަރުކުރި ދެމީހުން: މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 14 ރަބަރު ޕެކެޓު ވަނީ އެދެމީހުން އަތުން ފެނިފައި -- ފޮޓޯ/ ފުލުހުން

މަސްތުވާތަކެތީގެ މައްސަލައެއްގައި ކުޅުދުއްފުށި ސިޓީން ދެ މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހދ. ހަނިމާދޫ/ ނަޞްރު، މުޙައްމަދު ޝާކިރު (47އ) އާއި ހދ. ކުޅުދުއްފުށި/ މޫންރީފް، މުޙައްމަދު އިބްރާހީމް (38އ) ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ދެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 13 ރަބަރު ޕެކެޓު މުޙައްމަދު އިބްރާހީމްގެ އަތުން ވަނީ ފެނިފައެވެ. އަދި މުޙައްމަދު ޝާކިރުގެ އަތުން ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުޙައްމަދު އިބްރާހީމް (38އ) ހަތްދުވަހަށް އަދި މުޙައްމަދު ޝާކިރު (47އ) ފަސްދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އަދި މި މައްސަލަަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

comment ކޮމެންޓް