ޕާކިސްތާނު ބަލިކޮށް ޓީ ޓުވެންޓީ ވޯލްޑްކަޕުގެ ސެމީއަށް އިންގްލެންޑް

ސައްތައެއް ފުރިހަމަކުރުމަށްފަހު އިންގްލެންޑުގެ ހެރީ ބްރޫކް--

ޕާކިސްތާނުގެ މައްޗަށް ކުރިހޯދާ، ޓީ ޓުވެންޓީ ކްރިކެޓު ވޯލްޑްކަޕުގެ ސެމީފައިނަލުގެ ޖާގަ އިންގްލެންޑުން ހޯދައިފިއެވެ.

ޕަލެކޭލޭ ކްރިކެޓް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އިންގްލެންޑުގެ ހެރީ ބްރޫކްގެ ފަރާތުން ސައްތައެއް ފެނިގެންދިޔައިރު، އޭނާގެ ފަރާތުން މި މެޗުގައި ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައެވެ.

މުބާރާތުގެ ގްރޫޕް ފިޔަވަހީގައި އިންގްލެންޑް ހިމެނެނީ ސުޕަ އެއިޓުގެ ގްރޫޕް ދޭއްގައެވެ. މި ގްރޫޕުގައި ކުޅުނު ދެ މެޗުވެސް އެޓީމު ވަނީ ކާމިޔާބުކޮށްފައެވެ.

ފުރަތަމަ މެޗުގައި ލަންކާ އަތުން މޮޅުވިއިރު، ދެވަނަ މެޗުން ޕާކިސްތާން ބަލިކޮށް ސެމީން ފުރުސަތު ހޯދީ މި ގްރޫޕުގައި ނިއުޒިލެންޑާ ދެކޮޅަށް ކުޅޭ މެޗު އޮއްވައެވެ.

އިންގްލެންޑާއި ޕާކިސްތާނު ކުޅުނު މެޗުގެ ތެރެއިން--

މެޗުގެ ޓޮސް ދިމާވެގެން ޕާކިސްތާނުން ކުޅެންއަރާ 20 އޯވަރުގެ ތެރޭގައި ނުވަ ކުޅުންތެރިން ނުބައިވެގެން 164 ލަނޑު ހެދިއެވެ. އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 63 ލަނޑު ހެދި ޝާހިބްޒާދާ ފަރުހާނެވެ. މި އިނިންގްސްގައި އިންގްލެންޑްގެ ލިއަމް ޑޯސަން ވަނީ ހަތަރު އޯވަރަށް ތިން ވިކެޓް ނަގާފައެވެ.

ޖަވާބުގައި ކުޅެން އަރައި، އިންގްލެންޑުން ވަނީ 19.1 އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވެގެން 166 ލަނޑާއެކު މެޗުން މޮޅުވެފައެވެ. މި އިނިންގްސްގައި ބްރޫކް ސައްތައެއް ފުރިހަމަކުރީ 51 ބޯޅައިންނެވެ.

މި ގްރޫޕުން ސެމީގެ ދެވަނަ ޖާގަ ގްރޫޕުގެ ތިން ޓީމަށްވެސް އަދި އެބައޮތެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު