ހަފުތާއަކަށް ފަހު, ރޯދައަށް ސްކޫލުތައް ބަންދުކޮށްފި, ދެން ހުޅުވާނީ އަންނަ މަހު 23 ގައި

ހަފުތާއަކަށް ފަހު, ރޯދައަށް ސްކޫލުތައް ބަންދުކޮށްފި, ދެން ހުޅުވާނީ އަންނަ މަހު 23 ގައި -- ސަން ފޮޓޯ

ރޯދަމަސް ފެށުނު ފަހުން ހަފުތާއެއްހައި ދުވަހު ކިޔަވައި ދިނުމަށް ފަހު ސްކޫލުތައް ބަންދުކޮށްފިއެވެ.

އެކެޑަމިކް ކަލަންޑަރުގައިވާ ގޮތުން ދެން ދަރިވަރުންނަށް ކިޔެވުން ފެށޭނީ އަންނަ މާޗު މަހުގެ 23ވާ ހޯމަ ދުވަހުއެވެ.

އެކެޑަމިކް ކަލަންޑަރުގައި ކުރިއަށް އޮތް ހަފުތާ ކަނޑައަޅާފައި ވަނީ ޕްރޮފެޝަނަލް ޑިވޮލޮޕްމެންޓް ވީކެއްގެ ގޮތުގައެވެ. އެހެންކަމުން އެ ހަފުތާގައި ދަރިވަރުން ސްކޫލަށް ދާކަށް ނުޖެހޭނެއެވެ. އަދި އެއަށްފަހު އަންނަ މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން 18 ވަނަ ދުވަހާއި ހަމައަށް ސްކޫލު ބަންދުކޮށްފައި ވަނީ ރޯދަމަހުގެ ފަހު 10 އަކަށެވެ.

ނިމިދިޔަ އަަހަރުވެސް ސަރުކާރުން ވަނީ ރޯދަމަހުގެ ފަހު 10 ބަންދުކޮށްފައެވެ.

ރޯދައަށް ސްކޫލުތައް ބަންދުކޮށްފި, ދެން ހުޅުވާނީ އަންނަ މަހު 23 ގައި -- ސަން ފޮޓޯ: މާހިލް އާތިފް

އެކެޑަމިކް ކަލަންޑަރުގައި އީދު ދުވަސްކަމުގައި އަންނަ މާޗު މަހުގެ 20 ވަނަ ދުވަސް ކަނޑައަޅާފައި ވާއިރު، އެއާއި ޖެހިގެން 21 އަދި 22 ބަންދުކޮށްފައި ވަނީ އީދާއި ގުޅުވައިގެން އީދުގެ މުނާސަބަތުގައެވެ.

އެހެންކަމުން ދަރިވަރުން އަނބުރާ ސްކޫލަށް ނުކުންނަ ދުވަހުގެ ގޮތުގައި ކަލަންޑަރުގައި ފާހަގަކޮށްފައި ވަނީ އަންނަ މަހުގެ 23 ވަނަ ދުވަހެވެ.

ކަލަންޑަރުގައިވާ ގޮތުން މިއަދުގެ ކިޔެވުން ނިންމައި، ދަރިވަރުން ޗުއްޓީއަށް ދާއިރު އެ ކުދީންނަށް 24 ދުވަހު ޗުއްޓީއެއް ލިބޭނެއެވެ.

މި ދިރާސީ އަހަރުގެ ކިޔެވުން ފަށާފައި ވަނީ، ނިމިދިޔަ ޖަނަވަރީ މަހުގެ 27 ވަނަ ދުވަހުއެވެ. އެހެންކަމުން ދަރިވަރުން މިއަދު ބޮޑު ޗުއްޓީއަކަށް އެ ދަނީ އެއް މަސްދުވަހު ކިޔެވުމަށް ފަހުއެވެ.

comment ކޮމެންޓް