ވެމްކޯއިން ގަވާއިދުން މުސާރަ ނުދޭ، ބައެއް މުވައްޒަފުންނަށް މުސާރަ ދެނީ ލަހުން!

ވެމްކޯގެ އިސްވެރިންތަކެއް: އެ ކުންފުނިން ގަވައިދުން މުވައްޒަފުންނަށް މުސާރަ ނުދޭ މައްސަލަ ވަނީ ފެންމަތިވެފައި --- ފޮޓޯ/ ވެމްކޯ

ކުނި އުކާލުމުގެ ޚިދުމަތްދޭ ސަރުކާރު ކުންފުނި ވެމްކޯގެ މުވައްޒަފުންގެ މުސާރަ ލިބުން ލަސްވުމުގެ މައްސަލައެއް ފެންމަތިވެއްޖެއެވެ. މާރިޗު މަހުގެ ދިހަވަނަ ދުވަސް ވީއިރުވެސް ގިނަ މުވައްޒަފުންނަށް މުސާރަ ލިބިފައިނުވާކަން ފާހަގަކުރެވެއެވެ. މުވައްޒަފުން ބުނާ ގޮތުގައި މިފަދަ ހާލަތެއް މެދުވެރިވާތާ ތިން މަސް ދުވަސް ވެއްޖެއެވެ. މީގެ އިތުރުން، ވެމްކޯއިން މުވައްޒަފުންގެ ޕެންޝަން ފައިސާ ވެސް ފަންޑަށް ޖަމާނުކުރާތާ އޮކްޓޯބަރު 2024 އިން ފެށިގެން ދިގު މުއްދަތެއް ވަނީ ވެފައެވެ. މާލީ ދަތިކަމުގެ ސަބަބުން މިކަންކަން ދިމާވާ ކަމަށް ކުންފުނިން މީގެ ކުރިން ފާހަގަކޮށްފައިވެއެވެ.

  • ވެމްކޯގެ މުވައްޒަފުންނަށް މުސާރަ ލިބުން ލަސްވުމުގެ ޝަކުވާތައް އިތުރުވުން.
  • މުވައްޒަފުންގެ މުސާރައިން އުނިކުރާ ޕެންޝަން ފައިސާ ފަންޑަށް ޖަމާނުކުރާތާ ތިން މަހަށްވުރެ ގިނަ ދުވަސްވުން.
  • މާލީ ދަތިތަކުގެ ސަބަބުން ޚިދުމަތްތަކާއި މުވައްޒަފުންގެ އިނާޔަތްތަކަށް އަސަރުކުރުން.
  • އޮކްޓޯބަރު 2024 އިން ފެށިގެން ޕެންޝަން ފައިސާ ނުދައްކާ ހުރުން.

ކުނި އުކާލުމުގެ ޚިދުމަތްދޭ ސަރުކާރު ކުންފުނި ވެމްކޯގެ މުވައްޒަފުންނަށް މުސާރަ ލިބުން ލަސްވާ މައްސަލަ ފެންމަތިވެއްޖެއެވެ.

'އެކްސް'ގައި "ނިޝާނާ މޫސާ"ގެ ނަމުގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ، މި ހިނގާ މާރިޗު މަހުގެ ދިހަވަނަ ދުވަސް އައިއިރުވެސް، ވެމްކޯގެ ގިނަ މުވައްޒަފުންނަށް މަހު މުސާރަ އަދި ނުލިބޭ ކަމަށެވެ.

ވެމްކޯގެ މުވައްޒަފަކު 'ސަން'އަށް މިއަދު ބުނީ، މުވައްޒަފުންނަށް މުސާރަ ނުލިބި ލަސްވާތާ ތިން މަސް ދުވަސްވެއްޖެ ކަމަށާއި އެކި ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރަ ލިބެނީ ލަހުން ކަމަށެވެ.

ނަމަވެސް، ބައެއް ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މިހާރު މުސާރަ ލިބިއްޖެ ކަމަށް ވެސް އެ މުވައްޒަފު ބުންޏެވެ.

https://sun.mv/216648

ފާހަގަކުރެވޭ ގޮތުގައި، ޕެންޝަން އޮފީހުން މިދިޔަ ޖަނަވަރީ މަހު ހާމަކުރި މައުލޫމާތުގައިވާ ގޮތުން، ވެމްކޯ ހިމެނޭހެން ސަރުކާރުގެ ތިން ކުންފުންޏަކުން މުވައްޒަފުންގެ ޕެންޝަން ފައިސާ ނުދައްކާތާ ވެސް ތިން މަހަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.

އެ ކަމާ ގުޅިގެން ވެމްކޯއިން އޭރު ބުނީ، ޕެންޝަނަށްވާ ފައިސާ މުވައްޒަފުންގެ މުސާރައިން އުނިކުރި ނަމަވެސް، އެ ފައިސާ ފަންޑަށް ޖަމާނުވަނީ، އެ ކުންފުނީގެ އިންވޮއިސްތަކަށް ލިބެން ޖެހޭ ފައިސާތައް ނުލިބޭތީ މާލީ ގޮތުން ދަތިވުމުން ކަމަށެވެ.

ވެމްކޯއިން އެންމެ ފަހުން ޕެންޝަނަށް ފައިސާ ދެއްކީ، އޮކްޓޫބަރު 2024 ގައެވެ. އޭގެ ފަހުން އެ ކުންފުނިން ޕެންޝަން ފަންޑަށް ފައިސާ ދައްކާފައި ނުވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް