އެލައިޑުން "އައިފޯން ޑްރޮޕް"ގެ ނަމުގައި ފަހުގެ އައިފޯން ހޯދުމުގެ ފުރުސަތު

އެލައިޑުން ފަހުގެ އައިފޯން ހޯދުމުގެ ފުރުސަތު ހުޅުވާލައިފި

އެލައިޑް އިންޝުއަރެންސުން ވަނީ އެ ކުންފުނީގެ ސޯޝަލް މީޑިއާ ބޭނުންކުރާ ފަރާތްތަކަށް ހާއްސަކޮށްގެން އައިފޯން 17 ސީރީޒްގެ ޕްރޯ މެކްސް ފޯނެއް ހޯދުމުގެ ފުރުސަތު ހުޅުވާލާފައެވެ. މި ހަރަކާތް ކުރިއަށްދާނީ މިއަދުން ފެށިގެން އޭޕްރިލް މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ފުރުސަތުގައި ބައިވެރިވުމަށް އެލައިޑްގެ އިންސްޓަގްރާމް އެކައުންޓް ފޮލޯކޮށް، ކަނޑައެޅިފައިވާ ޝަރުތުތައް ފުރިހަމަކުރަން ޖެހެއެވެ.

  • އެލައިޑް އިންޝުއަރެންސްގެ އިންސްޓަގްރާމް އެކައުންޓް ފޮލޯކުރުން
  • ކެމްޕެއިން ޕޯސްޓުގައި 6 އެކުވެރިން ޓެގުކުރުން
  • ޕޯސްޓު އަމިއްލަ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކުރުން
  • ގިނަ ކޮމެންޓުތައް ކުރުމުން ކާމިޔާބުވުމުގެ ފުރުސަތު ބޮޑުވުން
  • ޕްރައިވެޓް އެކައުންޓުތަކުން ސްކްރީންޝޮޓް ޑައިރެކްޓް މެސެޖުކުރުން

އެލައިޑް އިންޝުއަރެންސް ކުންފުނިން އެ ކުންފުނީގެ އިންސްޓަގްރާމް ފޮލޯވަރުންނަށް އަމާޒުކޮށް، އެންމެ ފަހުގެ އައިފޯން ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

"އެލައިޑް އައިފޯން ޑްރޮޕް"ގެ ނަމުގައި އެލައިޑް އިންޝުއަރެންސުން ހުޅުވާލި ފުރުސަތުގައި ލިބޭނީ އެޕަލް ކުންފުނިން އެންމެ ފަހުން ތައާރަފްކުރި އައިފޯން 17 ސީރީޒްގެ ޕްރޯ މެކްސްއެވެ.

މިއަދުން ފެށިގެން އަންނަ އޭޕްރިލް މަހުގެ ދިހަވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ގިވްއަވޭގައި ބައިވެރިވުމަށްޓަކައި ފުރަތަމަ ޖެހޭނީ އެލައިޑް އިންޝުއަރެންސްގެ އިންސްޓަގްރާމް އެކައުންޓަށް ފޮލޯކުރާށެވެ. އެއަށްފަހު އެ ކެމްޕެއިނާ ގުޅޭ ޕޯސްޓުގެ ކޮމެންޓުކުރާ ބައިގައި ހަ އެކުވެރިއަކު ޓެގުކުރުމަށްފަހު، އަމިއްލަ އިންސްޓަގްރާމް ސްޓޯރީގައި އެލައިޑްގެ ޕޯސްޓު ހިއްސާކުރާނީއެވެ.

އެލައިޑް އިންޝުއަރެންސުން ބުނީ، މި ޕޯސްޓުގެ ދަށުން ކުރާ ކޮންމެ ކޮމެންޓެއްގައި ޓެގުކުރަން ޖެހޭނީ ތަފާތު ހަ މީހެއް ކަމަށެވެ. ގިނަ ކޮމެންޓުތައް ކުރުމުން އައިފޯން ލިބުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް، އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން، އިންސްޓަގްރާމްގައި ޕްރައިވެޓް އެކައުންޓު ގެންގުޅޭ ފަރާތްތަކުން ސްޓޯރީއަށް ޕޯސްޓުކުރުމަށްފަހު، އޭގެ ސްކްރީންޝޮޓެއް އެލައިޑްގެ އިންސްޓަގްރާމް ޑައިރެކްޓް މެސެޖަށް ފޮނުވުމުންވެސް، ގިވްއަވޭގައި ބައިވެރިވެވޭނެ ކަމަށް، އެލައިޑުން ބުންޏެވެ.

comment ކޮމެންޓް