ރާއްޖެ ހިމެނޭހެން ބައެއް ގައުމުތަކަށް އެއާ އިންޑިއާގެ ދަތުރުތައް އިތުރުކޮށްފި

އެއާ އިންޑިއާގެ ފްލައިޓް ވީއައިއޭއަށް ޖައްސަނީ: އެއާއިންޑިއާ އިން މިވަނީ ރާއްޖެ ހިމެނޭހެން ބައެއް ގައުމުތަކަށް ދަތުރުތައް އިތުރުކޮށްފަ-- ފޮޓޯ: އެމްއޭސީއެލް

މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ވައިގެ ދަތުރުފަތުރަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅިގެން، އެއާ އިންޑިއާއިން ދަތުރުތައް އިތުރުކުރަން ނިންމައިފިއެވެ. މި މަހުގެ 18 ގެ ނިޔަލަށް 78 ފްލައިޓް އިތުރުކުރުމަށް އެ އެއާލައިނުން ވަނީ ނިންމާފައެވެ. މި ބަދަލާއެކު ރާއްޖެއާއި ދިއްލީއާ ދެމެދު ކުރާ ދަތުރުތައް ވެސް އިތުރުވެގެންދާނެއެވެ. މި ފިޔަވަޅުގެ ސަބަބުން 17،660 ސީޓު އިތުރުވެ، ދަތުރުވެރިންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބޭނެ ކަމަށް އެ އެއާލައިނުން ބުނެއެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ދިމާވެފައިވާ ހީނަރުކަމުން އަރައިގަތުމަށް ލިބޭނެ މުހިންމު ފުރުސަތެކެވެ.

  • މި މަހުގެ 18 ގެ ނިޔަލަށް 78 ފްލައިޓް އިތުރުކުރުން
  • ދިއްލީއާއި މާލެއާ ދެމެދު ދަތުރުތައް އިތުރުވުން
  • ޖުމްލަ 17،660 ސީޓު އިތުރުކުރުމަށް ނިންމުން
  • ރައްކާތެރިކަން ކަށަވަރުކޮށްފައިވާ ރޫޓުތަކުން ދަތުރުތައް ކުރުން

އެއާއިންޑިއާގެ ދަތުރުތައް، ރާއްޖެ ހިމެނޭހެން ބައެއް ގައުމުތަކަށް އިތުރުކޮށްފިއެވެ.

އެއާއިންޑިއާއާއި ހަވާލާދީ އިންޑިއާގެ ނޫސްތަކުގައި ބުނެފައިވަނީ މިއަދުން ފެށިގެން މި މަހުގެ 18ގެ ނިޔަލަށް އެ އެއާލައިންގެ ދަތުރުތަކަށް 78 ފްލައިޓް އިތުރުކުރާނެއެވެ. އެއީ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ވައިގެ ދަތުރުފަތުރަށް ބުރޫއަރާފައިވާ މި ދުވަސްވަރު، ބަރޯސާވެވޭ ދަތުރުތަކަށް އޮތް ބޮޑު ޑިމާންޑަށް އިޖާބަދިނުމުގެ ގޮތުންނެވެ..

އެއާއިންޑިއާއިން ދަތުރުތައް އިތުރުކޮށް، ފުލައިޓްތައް ދަތުރުކުރާނެ ރޫޓް ތަކަކީ:

  • ދިއްލީން - ނިއު ޔޯކަށް

  • ދިއްލީން - ޕެރިހަށް

  • މުމްބާއީން - ލަންޑަނަށް

  • ދިއްލީން - ޖަރުމަނުގެ ފްރޭންކްފާޓަށް

  • ދިއްލީން - ނެދަލޭންޑްސްގެ އެމްސްޓަޑަމްއަށް

  • ދިއްލީން - ސްވިޓްޒަލެންޑުގެ ޒިއުރިކަށް

  • ދިއްލީން - މާލެއަށް

  • ދިއްލީން - ކޮލަމްބޯއަށް

އެއާ އިންޑިއާގެ ޗީފް ކޮމާޝަލް އޮފިސަރު ނިޕުން އަގަރްވާލާދީ އިންޑިއާގެ ނޫހެއްގައި ބުނީ، ދަތުރުތައް ކުރަނީ ރައްކާތެރިކަން ކަށަވަރުކޮށްފައިވާ މަގުތަކުން ކަމަށެވެ. މި ދަތުރުތަކުގެ ސަބަބުން ދަތުރުވެރިންނަށް ލުއިފަސޭހަތަކެއް ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

މި ދަތުރުތަކާ އެކު، ނުވަ މަގަކުން ދަތުރުކުރާ މީހުންނަށް ޖުމްލަ 17,660 ސީޓު އިތުރުވާނެ ކަމަށް ވެސް އެއާއިންޑިއާ އިން ވަނީ ބުނެފައެވެ.

އިންޑިއާގެ އިންޑިއާގެ ދަތުރުތައް އިތުރުކޮށްފައި މިވަނީ، މެދުއިރުމަތީގެ ހަނގުރާމަިއގެ ސަބަބުން ރާއްޖެއަށް އަންނަ ފުލައިޓްތައް މަދުވެފައިވާ ދަނޑިވަޅެއްގައެވެ.

https://sun.mv/218670

މި އަހަރު ފެށިގެން އައީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް ރިކޯޑު އަދަދަށް އިތުރުވަމުންނެވެ. އެހެންނަމަވެސް، މެދުއިރުމަތީގެ ހަމަނުޖެހުމާއި އެކު، އާންމުކޮށް ރާއްޖެއަށް ފަތުރުވެރިން އަންނަ ގަލްފު ސަރަހައްދުތަކުގެ ވައިގެ ދަތުރުފަތުރުތަކަށް ބުރޫ އަރާ، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު 50 އިންސައްތަ ދަށަށް ދިޔައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި މަހުގެ އެއްވަނަ ދުވަހު ރާއްޖެ އައިސްފައިވާ ފަތުރުވެރިންގެ އަދަދު 6،000 ގައި ހުރި ނަމަވެސް، އެ އަދަދުތައް ދަށްވެ، އިއްޔެ ފަތުރުވެރިންގެ އަދަދު ހުރީ 4،000 ގައެވެ.

comment ކޮމެންޓް