ޢުމްރާއަށް ގޮސް ހުރި އުމުރުން ދުވަސްވީ ދިވެއްސަކު މަރުވެއްޖެ

ޢުމްރާއަށް ގޮސް އުޅެނިކޮށް ނިޔާވި ޢަލީ އިބްރާހީމްދީދީ ---

ރަމަޟާން މަހުގެ ޢުމްރާގެ އަޅުކަމަށް ޙިޖާޒު ކުންފުނީގެ ފަރާތުން މައްކާއަށް ވަޑައިގެން ހުންނެވި ގދ. ނަޑެއްލާ، ޢަލީ އިބްރާހީމްދީދީ ނިޔާވެއްޖެއެވެ. މި ހިތާމަވެރި ޚަބަރު އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ކަށަވަރުކޮށްދެއްވައިފައެވެ. މަރުހޫމުގެ ޖަނާޒާ، ފަތިސް ނަމާދަށްފަހު މައްކާގެ ޙަރަމްފުޅުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ޢުމްރާއާއި ޙައްޖުގެ އަޅުކަމަށްދާ ދިވެހިންގެ ތެރެއިން މިފަދަ ހާދިސާތައް ކުރިންވެސް ހިނގާފައިވީނަމަވެސް، މިއީ އާއިލާއަށް ލިބުނު ފުން ހިތާމައެކެވެ.

  • ޢުމްރާއަށް ދިޔަ ދިވެއްސަކު މައްކާގައި ނިޔާވުން
  • ނިޔާވީ ގދ. ނަޑެއްލާ، ޢަލީ އިބްރާހީމްދީދީ
  • ޖަނާޒާ އޮންނާނީ ފަތިސް ނަމާދަށްފަހު ޙަރަމްފުޅުގައި
  • މި މައުލޫމާތު ކަށަވަރުކޮށްދެއްވީ އިސްލާމިކް މިނިސްޓަރު

ޙިޖާޒު ކުންފުނީގެ ފަރާތުން މި ރަމަޟާން މަހު ޢުމްރާއަށް ދިޔަ ދިވެއްސަކު މައްކާގައި މިރޭ މަރުވެއްޖެއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، މަރުވީ ގދ. ނަޑެއްލާއަށް ނިސްބަތްވާ ޢަލީ އިބްރާހީމްދީދީ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ޢަލީގެ ޖަނާޒާ މިރޭ ފަތިސް ނަމާދު ފަހުން ޙަރަމްފުޅުގައި އޮންނާނެ ކަމަށެވެ.

ނަމަވެސް، އިތުރު ތަފުސީލެއް ނުދެއްވައެވެ.

ފާހަގަކުރެވޭ ގޮތުގައި، ޙައްޖާއި ޢުމްރާއަށްދާ ބައެއް މީހުން މަރުވުމުގެ ހިތާމަވެރި ހާދިސާތައް މީގެ ކުރިން ހިނގައިފައިވެއެވެ. ޚާއްސަކޮށް ދުވަސްވީ ބައެއް މީހުން މީގެ ކުރިން ވެސް މަރުވެފައިވެއެވެ.

comment ކޮމެންޓް