ގިޔާސުއްދީން ސްކޫލުން ވައްކަން ކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ގިޔާސުއްދީން ސުކޫލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގިޔާސުއްދީން ސްކޫލުން ވައްކަން ކުރިކަމުގެ ތުހުމަތުގައި ސ. ފޭދޫ، އަންދަލީބުގޭ، އަހްމަދު ޝުޖާއު ހައްޔަރުކޮށް، އޭނާގެ ބަންދަށް 15 ދުވަސް ކޯޓުން ވަނީ ޖަހާފައެވެ. އޭނާ ހައްޔަރުކުރީ ވައްކަން ކުރުމަށްފަހު ފިލަން އުޅެނިކޮށެވެ. ތަހުގީގުގައި އޭނާ އެކަން ދޮގުކުރި ނަމަވެސް، އޭނާއަކީ މީގެ ކުރިންވެސް މިފަދަ އެހެން ވައްކަމުގެ މައްސަލަތަކުގައި ޖަލު ހުކުމް ތަންފީޒުކޮށްފައިވާ މީހެއްކަން ރެކޯޑުތަކުން ދައްކައެވެ. މި މައްސަލާގައި ވައްކަންކުރި އެއްޗެއްގެ ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

  • ގިޔާސުއްދީން ސްކޫލުން ވައްކަން ކުރިކަމުގެ ތުހުމަތުގައި އަހްމަދު ޝުޖާއު ހައްޔަރުކުރުން
  • ކޯޓުން އޭނާގެ ބަންދަށް 15 ދުވަސް ޖެހުން
  • ހައްޔަރުކުރީ ވައްކަންކޮށްގެން ފިލަން އުޅެނިކޮށް
  • އޭނާއަކީ ކުރިންވެސް ވައްކަމުގެ ކުށުގެ ރެކޯޑް އޮންނަ މީހެއްކަން ފާހަގަކުރެވުން

ގިޔާސުއްދީން ސްކޫލުން ވައްކަން ކުރި ކަމަށް ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފިއެވެ.

ގިޔާސުއްދީން ސްކޫލުން ވައްކަން ކުރި ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރުކޮށްފައިވަނީ ސ. ފޭދޫ އަންދަލީބުގޭ އަހްމަދު ޝުޖާއުއެވެ. އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް، 15 ދުވަސް އިއްޔެ ވަނީ ޖަހައިފައެވެ.

އޭނާގެ ބަންދު ރިޕޯޓުން އެނގޭ ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ ގިޔާސުއްދީން ސްކޫލުން ވައްކަން ކުރުމަށް ފަހު އެތަނުގެ ސެކިއުރިޓީއަށް ފިލަން ދަނިކޮށެވެ. އޭނާ މަގުމަތިން ހުއްޓުވައި ސުވާލު ކުރުމުން އެފަދަ ކަމެއް ނުކުރާ ކަމަށް އޭނާ ބުނި ކަމަށް ބަންދު އަމުރުގައި ބަޔާންކޮށްފައިވެއެވެ.

ނަމަވެސް އޭނާ ވަގަށް ނެގި އެއްޗެއްގެ ތަފްސީލެއް އަމުރަކު ނެތެވެ.

ރެކޯޑްތަކުން ދައްކާ ގޮތުގައި އަހްމަދު ޝުޖާއަކީ ކުރިންވެސް މި ބާވަތުގެ ކުށްތަކުގެ ރެކޯޑް އޮންނަ މީހެކެވެ. އެގޮތުން، ސީފުޑް ހޯލްސޭލު ކުރާ ކުންފުންޏެއްގެ އޮފީހެއް ފަޅާލައި، އެ އޮފީހުން ވައްކަންކުރި މައްސަލައެއްގައި ޝުޖާއު ޖަލަށްލާފައިވެއެވެ. އޭގެ އިތުރުންވެސް އެފަދަ އެހެން މައްސަލައެއްގައިވެސް އޭނާގެ މައްޗަށް ކުރިން ޖަލު ހުކުމެއް އިއްވާފައިވެއެވެ.

comment ކޮމެންޓް