އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯއަކަށް އެމްޓީސީސީގެ ކުރީގެ ސީއީއޯ ޒިޔަތު

އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯއަކަށް އެމްޓީސީސީގެ ކުރީގެ ސީއީއޯ ޒިޔަތު --- ސަން ފޮޓޯ: އިހްތިޝާމް މުހައްމަދު

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް، އެމްޓީސީސީގެ ކުރީގެ ސީއީއޯ އިބްރާހީމް ޒިޔަތު މިއަދު އައްޔަންކޮށްފިއެވެ. މި އައްޔަންކުރުމާ ގުޅިގެން އެމްޕީއެލްއިން ވަނީ އޭނާއަށް މަރުޙަބާ ދަންނަވާފައެވެ. އިބްރާހީމް ޒިޔަތަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި އެމްޓީސީސީ ހިންގުމުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. ނަމަވެސް، މި އައްޔަންކުރުމާއެކު، އޭނާގެ މައްޗަށް މީގެ ކުރިން އުފުލިފައިވާ ކޮރަޕްޝަންގެ ތުހުމަތުތަކާއި، އެ މައްސަލަތަކުގެ ތަހުގީގުތައް އަލުން އާންމުންގެ ސަމާލުކަމަށް އައިސްފައިވެއެވެ.

  • އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް އިބްރާހީމް ޒިޔަތު އައްޔަންކުރުން
  • އޭނާއަކީ ކުރިން އެމްޓީސީސީގެ ސީއީއޯކަން އަދާކުރެއްވި ބޭފުޅެއް
  • މީގެ ކުރިން އޭނާގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވިފައިވޭ
  • އޭސީސީން 2021 ވަނަ އަހަރު އޭނާގެ މައްޗަށް ދައުވާކޮށްދޭން އެދިފައިވޭ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޑެޕިއުޓީ ސީއީއޯއަކަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ކުރީގެ ސީއީއޯ އިބްރާހީމް ޒިޔަތު މިއަދު އައްޔަންކޮށްފިއެވެ.

އެމްޕީޯއެލްއިން ވަނީ އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް ޒިޔަތު އައްޔަންކުރުމުން މަރުޙަބާ ދަންނަވާފައެވެ.

ޒިޔަތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި އެމްޓީސީސީގެ ސީއީއޯގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަކީ ކުރީގެ އޮޑިޓަރާ ޖެނެރަލް ހަސަން ޒިޔަތާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އެއްބަނޑުއެއްބަފާ ބޭފުޅެކެވެ.

އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމު ޒިޔަތަށް ދެއްވާފައިވާއިރު، އޭނާގެ މައްޗަށް މީގެ ކުރިން ކޮރަޕްޝަންގެ ތުހުމަތުތަކެއް ވެސް ކުރެވުނެވެ.

https://sun.mv/157942

އެ ގޮތުން، މީގެ ކުރިން އެމްޓީސީސީގެ ސައިޓްތަކުގައި މަސައްކަތްކުރަން ބިދޭސީން މަސައްކަތްތެރިން ރެކްރޫޓްކުރުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް މީގެ ކުރިން އޮތީ ތުހުމަތުކޮށްފައެވެ. އެ މައްސަލައިގައި އިބްރާހިމް ޒިޔަތުގެ މައްޗަށް ދައުވާކޮށްދޭން އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދުނެވެ.

comment ކޮމެންޓް