ގަވިންގެ ރޯދަ ހަދިޔާ: 5 މީހަކަށް ހިލޭ ޗުއްޓީ ދަތުރު ހޯދުމުގެ ފަހު ފުރުސަތު!

ގަވިންއަކީ މިހާރު ރާއްޖޭގައި އިންޓީރިއާ ޑީޒައިނިން ދާއިރާއިން އެންމެ ފާހަގަކޮށްލެވޭ އެއް ބްރޭންޑް --

ގަވިން އިން މިހާރު ކުރިއަށްގެންދާ ހާއްސަ ރޯދަ ޕްރޮމޯޝަންގެ ދަށުން، ކުންފުނީގެ ފިހާރަތަކުން 1000 ރުފިޔާއަށް ވުރެ މަތިން ވިޔަފާރިކުރާ ހުރިހާ ކަސްޓަމަރުންނަށް ވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. މި ޕްރޮމޯޝަންގެ ނަސީބުވެރި 5 ފަރާތަކަށް، ހއ. ހޯރަފުށީގައި ހުންނަ އަރާއިކު ބީޗް ވިލެޖްގައި ފަސް ރޭގެ ފުލް ބޯޑް ޗުއްޓީއެއް ހޭދަކުރުމުގެ ފުރުސަތު ލިބޭނެއެވެ. މީގެ އިތުރުން ދަތުރުކުރުމަށް ބޭނުންވާ ޑޮމެސްޓިކް ރިޓާން ޓިކެޓް ވެސް ކުންފުނިން ހަމަޖައްސައިދޭނެއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ އީދު ދުވަހުގެ ނިޔަލަށެވެ.

  • 1000 ރުފިޔާއަށްވުރެ މަތިން ވިޔަފާރިކޮށްގެން ޕްރޮމޯޝަންގައި ބައިވެރިވެވޭނެ
  • ނަސީބުވެރި ފަސް ފަރާތަކަށް ހއ. ހޯރަފުއްޓަށް ހިލޭ ޗުއްޓީ ދަތުރެއް ލިބޭނެ
  • އިނާމުގެ ތެރޭގައި ފަސް ރޭގެ ފުލް ބޯޑް ޗުއްޓީ އާއި ޑޮމެސްޓިކް ރިޓާން ޓިކެޓް ހިމެނޭ
  • ޕްރޮމޯޝަންގެ ސުންގަޑިއަކީ އީދު ދުވަސް
  • އޭޕްރީލް މަހުގެ ކުރީކޮޅު ގަވިންއަށް އާ މުދާ ލިބޭނެ

މި ނިމޭ ރޯދަ މަހާ ދިމާކޮށް އިންޓީރިއާ ސޮލިއުޝަންގެ ދާއިރާގައި އެންމެ ގިނަ ބައެއްގެ މެދުގައި މަގުބޫލު "ގަވިން" އިން ފަސް މީހަކަށް ހިލޭ ޗުއްޓީ ދަތުރު ހޯދުމުގެ ފުރުސަތު ދޭ ރޯދަ ޕްރޮމޯޝަންގައި ބައިވެރިވުމުގެ ވަގުތު ކުޑަތަންވެއްޖެއެވެ.

ގަވިން އިން ބުނި ގޮތުގައި، މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ އެ ފިހާރައިން 1000 ރުފިޔާ އަށް ވުރެ މަތިން ވިޔަފާރިކުރާ މީހުންނަށެވެ.

މި ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތްތަކަށް ލިބޭ އިނާމަކީ ހއ. ހޯރަފުށީގައި ހުންނަ "އަރާއިކު ބީޗް ވިލެޖް" ގައި ފުލް ބޯޑްކޮށް ފަސް ރޭގެ ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތެވެ. ފަސް ބޭފުޅަކަށް ލިބޭ މި އިނާމާއެކު، ހޯރަފުއްޓަށް ދިއުމަށް ބޭނުންވާ ޑޮމެސްޓިކް ރިޓާން ޓިކެޓް ވެސް ގަވިން އިން ފޯރުކޮށްދޭނެއެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ސުންގަޑިއަކީ އީދު ދުވަހުގެ ނިޔަލަށެވެ.

ހަމައެއާއެކު އަންނަ އޭޕްރީލް މަހުގެ ކުރީކޮޅު ގަވިންއަށް އާ މުދާ އަންނާނެ ކަމުގެ އުފާވެރި ޚަބަރު ވެސް ވަނީ ދީފައެވެ.

މި ރޯދަ މަސް ނިމުމާއެކު ގަވިން ހުޅުވާފައި ހުންނާނީ ހެނދުނު 09:00 އިން ފެށިގެން ރޭގަނޑު 23:00 އާ ހަމައަށެވެ.

ރާއްޖޭގެ އިންޓީރިއާ ސޮލިއުޝަން ދާއިރާގައި އެންމެ މަގުބޫލު އެއް ކުންފުނި ކަމަށްވާ ގަވިން އަކީ އެ ކުންފުނީގެ އަމިއްލަ ބްރޭންޑްގެ އުފެއްދުންތަކުގެ އިތުރުން، އިންޓީރިއާ ޑިޒައިނިންގްގެ ޚިދުމަތާއި، ވަކިން މަސައްކަތް ކުރަމުން އަންނަ ކާޕެންޓަރުންނަށް އެހީވުމުގެ ގޮތުން ގިނަ އަދަދެއްގެ ހާޑްވެއާ ސާމާނާއި ކާޕެންޓްރީގެ ޚިދުމަތަށް ބޭނުންވާ ސާމާނު ފޯރުކޮށްދޭ ތަނެކެވެ.

ގަވިންގެ އަމާޒަކީ ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމެވެ. އެގޮތުން މި ރޯދަ މަހު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޑެލިވަރީގެ ޚިދުމަތްތައް ފަސޭހަކޮށްދިނުމަށް "ގަވިން ބާޒާރު" ފިހާރަ ވެސް ހުންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ގަވިން ބާޒާރު (މާލެ، ބޮޑުތަކުރުފާނު މަގު): 9428899
ގަވިން ހުޅުމާލެ (ރީތިގަސް މަގު): 9558899
ގަވިން ޑެކޯ (މާލެ، މަޖީދީމަގު): 9588833
ގަވިން ޕްރޮޖެކްޓްސް: 9348899

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު