ޢީދު ނަމާދުކުރާ ސަރަހައްދުތަކުގައި ހުރި ވެހިކަލްތައް ނަގަން އަންގައިފި

ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރާ ސަރަހައްދުތަކުގައި ހުރި ވެހިކަލްތައް ނެގުމަށް ފުލުހުން އަންގައިފި -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

މާލޭގައި ބޮޑު ޖަމާތުގައި ފިތުރު ޢީދު ނަމާދުކުރާ މައިގަނޑު ސަރަހައްދުތަކުން ވެހިކަލްތައް ނެގުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އަންގައިފިއެވެ. މި ފިޔަވަޅަކީ ޢީދު ނަމާދުގެ އިންތިޒާމުތައް ފުރިހަމަކުރުމަށާއި، ޓްރެފިކް ފްލޯ ރަނގަޅުކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅެކެވެ. އިސްލާމީ މަރުކަޒު، ސަލްމާން މިސްކިތް އަދި މާފަންނު ސްޓޭޑިއަމް ހިމެނޭ ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް މާދަމާ މެންދުރު 3:00 ގެ ކުރިން ނެގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. ރާއްޖޭގައި މިއަހަރުގެ ފިތުރު ޢީދު ދުވަހަކީ މި ހުކުރު ދުވަސްކަމަށް ކަނޑައަޅާފައިވާއިރު، މި ބަދަލުތަކުގެ ސަބަބުން ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ފުލުހުން ވަނީ މައާފަށް އެދިފައެވެ.

  • ޢީދު ނަމާދުކުރާ ސަރަހައްދުތަކުން ވެހިކަލްތައް ނެގުމަށް ފުލުހުން އެންގުން
  • ވެހިކަލްތައް ނެގުމަށް ދީފައިވާ އެންމެ ފަހުގެ ވަގުތަކީ މާދަމާ މެންދުރު 3:00
  • ޓްރެފިކް ފްލޯ ބަދަލުވާ ގޮތުގެ ޗާޓުތައް ފުލުހުން އާންމުކުރުން
  • ޝައްވާލް މަހުގެ ހަނދު ނުފެނުމާއެކު ޢީދު ދުވަހަކީ ހުކުރު ދުވަސްކަމަށް ކަނޑައެޅުން

މާލެ ސަރަހައްދުގައި ބޮޑު ޖަމާތުގައި ޢީދު ނަމާދުކުރާ ސަރަހައްދުގައި ހުރި ވެހިކަލްތައް ނަގަން ފުލުހުން އަންގައިފިއެވެ.

ފުލުހުން މިރޭ ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ޓްރެފިކް ފްލޯއަށް ގެނެސްފައިވާ ބަދަލުތައް އާންމުންނަށް އަންގާ އިއުލާނުކޮށްފައެވެ.

އެގޮތުން، ފިތުރު ޢީދު ނަމާދަށް އިސްލާމީ މަރުކަޒު ހުންނަ ސަރަހައްދާއި ސަލްމާން މިސްކިތުގެ އިތުރުން މާފަންނު ސްޓޭޑިއަމް ހިމެނޭ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ގެނެވޭ ބަދަލުތައް ފުލުހުން ވަނީ ޗާޓާ އެކު އާންމުކޮށްފައެވެ.

ފުލުހުން ވަނީ އެ އިދާރާއިން އާންމުކޮށްފައިވާ ޗާޓުގައި، ޕާކުކުރުން މަނާކަމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި ހުރި އުޅަނދުތައް މާދަމާގެ 15:00 ގެ ކުރިން އެ ސަރަހައްދުތަކުން ނަގަން އެދިފައެވެ.

އަދި، އެފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

މީގެ އިތުރުން، ފުލުހުން ވަނީ މި އިންތިޒާމުތަކުގެ ސަބަބުން އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި މައާފަށް އެދިފައެވެ.

މި އަހަރުގެ ޝައްވާލް މަހުގެ ހަނދު މިރޭ ފެނިފައެއް ނުވެއެވެ. އެހެންވެ، މާދަމައަކީ ރޯދަމަހުގެ 30 ވަނަ ދުވަހެވެ. ޢީދު ދުވަހަށް ވާނީ ހުކުރު ދުވަހެވެ.

comment ކޮމެންޓް