ރަމަޟާން މަހު އުމްރާއަށް ދިޔަ އުމްރާވެރިން އެނބުރި އަންނަން ފަށައިފި

މައްކާއިން އެނބުރި މާލެއައި އުމްރާވެރިންތަކެއް: ރަމަޟާން މަހު އުމްރާއަށް ދިޔަ އުމްރާވެރިން އެނބުރި އަންނަން ފަށައިފި -- ފައިލް ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

މާތްވެގެންވާ ރަމަޟާން މަހުގެ މަތިވެރި އުމްރާގެ އަޅުކަން އަދާކުރުމަށްފަހު، މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދިޔަ އުމްރާވެރިން އެނބުރި ރާއްޖެ އައުމުގެ މަސައްކަތް ވަނީ ފެށިފައެވެ. މި އަހަރުގެ ރަމަޟާން މަހު 230 އުމްރާވެރިން ވަނީ ހައްޖު ކޯޕަރޭޝަންގެ އެހީތެރިކަމާއެކު މައްކާއަށް ދަތުރުކޮށްފައެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި ހިނގަމުންދާ ހަނގުރާމަތަކާއި ދަތުރުފަތުރުގެ ދަތިތަކާ ހުރެ އުމްރާވެރިންނަށް ދިމާވި ހުރަސްތައް ނައްތާލައި، އިސްލާމިކް މިނިސްޓްރީއާއި ހައްޖު ކޯޕަރޭޝަން ގުޅިގެން ވަނީ އެ ފަރާތްތަކަށް ކާމިޔާބު އުމްރާއެއް ކަށަވަރުކޮށްދީފައެވެ.

  • ރަމަޟާން މަހުގެ އުމްރާވެރިންގެ ފުރަތަމަ ފްލައިޓު މިއަދު ހެނދުނު 09:30 ގައި މާލެ އައިސްފައިވޭ.
  • ޖުމްލަ 230 އުމްރާވެރިން މި ރަމަޟާން މަހު ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އުމްރާއަށް ގޮސްފައިވޭ.
  • މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ކެންސަލްވި ދަތުރުތަކުން 164 ފަރާތަކަށް ހައްޖު ކޯޕަރޭޝަނުން ވަނީ އުމްރާގެ ފުރުސަތު ފަހިކޮށްދީފައި.
  • އުމްރާވެރިން އެނބުރި އައުމަށްޓަކައި ދެ ފްލައިޓެއް ހަމަޖެހިފައިވާއިރު، ޖުމްލަ 118 އުމްރާވެރިން މިއަދު އެނބުރި ރާއްޖެ އަންނާނެ.

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މި ރަމަޟާން މަހު އުމްރާގެ އަޅުކަމަށް ފުރި މީހުން، އެނބުރި އަންނަން ފަށައިފިއެވެ.

ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އުމްރާވެރިންގެ ފުރަތަމަ ފްލައިޓް މިއަދު ހެނދުނު 09:30 ހާއިރު ވަނީ މާލެ އައިސްފައެވެ.

މިއަދު ދެ ފްލައިޓެއްގައި އުމްރާވެރިން ފުރުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ފްލައިޓުގައި 58 އުމްރާވެރިން އަދި ދެވަނަ ފްލައިޓްގައި 60 އުމްރާވެރިން ފުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ރަމަޟާން މަހު ދެ ގްރޫޕަކަށް ބަހާލައިގެން ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މީހުން ވަނީ އުމްރާއަށް ގެންގޮސްފައެވެ. އެގޮތުން މުޅި ރަމަޟާން މަހު ޢުމްރާއަށް 230 މީހުންވަނީ މައްކާއަށް ގެންގޮސްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖެއިން އުމްރާވެރިން ގޮވައިގެން ފުރަން އޮތް ބައެއް ފްލައިޓްތައް ކެންސަލްވިއެވެ. އެގޮތުން ނުފުރުނު 164 އުމްރާވެރިންނަށް އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން ހައްޖު ކޯޕަރޭޝަނުން ވަނީ އުމްރާގެ ފުރުސަތު ފަހިކޮށްދިނުމަށް އެހީތެރިވެފައެވެ.

comment ކޮމެންޓް