ދިރާގުގެ ފޯރިގަދަ 'ވިން 2 ސްޕީޑްބޯޓްސް' ޕްރޮމޯޝަންގެ ދަށުން ދޭ ފަހު ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު މި މަހުގެ 31ގެ ނިޔަލަށް ހަމަވާއިރު، މި ޕްރޮމޯޝަނުގައި ބައިވެރިވާން ބާކީ އޮތީ އެންމެ ހަތް ދުވަހެވެ.
މިއީ މި ޕްރޮމޯޝަނުގައި ބައިވެރިވާން ލިބޭ އެންމެ ފަހު ފުރުސަތެވެ.
މި ޕްރޮމޯޝަނަށް ކުރިން އެންރޯލްކޮށްފައިވާ ކަސްޓަމަރުންނަށް ވެސް ދެވަނަ ބޯޓު ހާސިލުކުރުމުގެ ފުރުސަތު އެބައޮތެވެ. ނަމަވެސް މި ކަސްޓަމަރުންނަށް އަލުން އެންރޯލްކުރާކަށް ނުޖެހޭނެއެވެ.
މި ޕްރޮމޯޝަންގެ ދަށުން އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ދެ ސްޕޯޓްސް ސްޕީޑްބޯޓް، ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނަކާއެކު ވަނީ ކަނޑައަޅައިފައެވެ.
ދިރާގުން ބުނީ މި ސްޕީޑްބޯޓްތަކަކީ އެކި ކަންކަމަށް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ހިތްގައިމު ރީތި ސްޕީޑްބޯޓުތަކެއް ކަމަށެވެ. އެގޮތުން، މި ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރި ފަރާތަށް ދިރާގުން ވަނީ ސްޕީޑްބޯޓް ހަވާލުކޮށްފައެވެ. އަދި، ދެވަނަ ސްޕީޑްބޯޓުގެ ނަސީބުވެރިޔާ އެނގިގެންދާނީ މި އަހަރުގެ ޖޫން މަހުގައި ކަމަށް އެ ކުންފުނިން ބުންޏެވެ.
ދިރާގުން ކުރިއަށްގެންދާ ފޯރިގަދަ 'ވިން 2 ސްޕީޑްބޯޓްސް' ޕްރޮމޯޝަންގައި ދިރާގު ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، ލިމިޓެއްނެތް ފައިބާ ކަސްޓަމަރުންނަށް އަދި އަލަށް ދިރާގާ ގުޅޭ ކަސްޓަމަރުންނަށް ބައިވެރިވެވޭނެއެވެ. މީގެ އިތުރުން، ދިރާގުޕޭއަށް ރަޖިސްޓްރީކުރާ ކަސްޓަމަރުންނަށް މި އަގުހުރި އިނާމު ހޯދުމުގެ ފުރުސަތު އިތުރުވެގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މި ޕްރޮމޯޝަންގެ ލަކީ ޑްރޯގައި ބައިވެރިވެވޭނީ:
- ދިރާގު ޕްރީޕެއިޑް ޕްލޭންތަކަށް 450 ރުފިޔާ ނުވަތަ އެއަށްވުރެ އިތުރަށް ރީލޯޑްކުރާ ކަސްޓަމަރުންނަށް
- ދިރާގު ޕޯސްޓްޕެއިޑް 450 ނުވަތަ އެއަށްވުރެ މަތީ ޕްލޭންތަކަށް
- އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭންއަކަށް 450 ރުފިޔާ ނުވަތަ އެއަށްވުރެން މަތިން ބިލުދައްކާ ކަސްޓަމަރުންނަށް
- ދިރާގު ލިމިޓެއް ނެތް ފައިބާ 40އެމް ނުވަތަ އެއަށްވުރެ މަތީގެ ޕްލޭންތަކުގެ ކަސްޓަމަރުންނަށް
ޕްރޮމޯޝަންގައި އެންރޯލްކުރުމަށް ޚާއްސަކޮށްފައިވާ ޕޯޓަލް: https://bit.ly/Win-2-SPeedboats
މި ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު: https://www.dhiraagu.com.mv/win2speedboats