ވައިކަރަދޫގައި 50 ހައުސިން ޔުނިޓު އަޅަން އެޗްޑީސީއަށް

ވައިކަރަދޫގައި 50 ހައުސިން ޔުނިޓު އަޅަން ހަވާލުކުރުން ----- ފޮޓޯ/ ހައުސިން މިނިސްޓްރީ

ހދ. ވައިކަރަދޫގައި ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫއެއް ފަށަން ނިންމައި، އެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި 50 ހައުސިން ޔުނިޓު އަޅާނެއެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިން މިނިސްޓްރީގެ ފަރާތުން ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދާއި، އެޗްޑީސީގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ. މި މަޝްރޫއަކީ އެ ރަށުގެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ރަނގަޅު ފުރުސަތުތަކެއް ފަހިކޮށްދިނުމަށް ސަރުކާރުން ކުރިއަށް ގެންދާ މުހިންމު މަސައްކަތެކެވެ. މި ހައުސިން ޔުނިޓުތަކަކީ ތިން ކޮޓަރީގެ އެޕާޓުމަންޓުތަކެއްގެ ގޮތުގައި ފަރުމާކޮށްފައިވާ ތަންތަނެވެ. އެޗްޑީސީއާ މި މަސައްކަތް ހަވާލުކުރިއިރު، މި މަޝްރޫއު ނިންމުމަށް ކަނޑައަޅާފައިވަނީ 480 ދުވަހުގެ މުއްދަތެކެވެ.

  • ވައިކަރަދޫގައި 50 ހައުސިން ޔުނިޓު އެޅުމަށް އެޗްޑީސީއާ ހަވާލުކުރެވުނު.
  • މި ޔުނިޓުތަކަކީ ތިން ކޮޓަރީގެ އެޕާޓުމަންޓުތަކެއް ކަމަށް ހައުސިން މިނިސްޓްރީން ބުނޭ.
  • މަޝްރޫއު ނިންމުމަށް ކަނޑައަޅާފައިވަނީ 480 ދުވަހުގެ މުއްދަތެއް.
  • މި މަސައްކަތުގެ މައިގަނޑު މަގުސަދަކީ ރަށުގެ އާބާދީއާއި ތަރައްގީއާ ގުޅިގެން ބޯހިޔާވަހިކަން ފޯރުކޮށްދިނުން.

ހދ. ވައިކަރަދޫގައި 50 ހައުސިން ޔުނިޓު އަޅަން، ހައުސިން މިނިސްޓްރީން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ މިއަދު ހަވާލުކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވީ، ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ.

ހައުސިން މިނިސްޓްރީން ބުނި ގޮތުގައި، އެ ޔުނިޓުތަކުގައި ހުންނާނީ ތިން ކޮޓަރީގެ އެޕާޓުމަންޓުތަކެކެވެ. އެ ހައުސިން ޔުނިޓުތައް ނިންމަން އެޗްޑީސީއަށް ދީފައިވަނީ 480 ދުވަހަށެވެ.

ވައިކަރަދޫގައި 50 ހައުސިން ޔުނިޓު އަޅަން އެއްބަސްވުމުގައި ސޮއިކުރަނީ --- ފޮޓޯ/ ހައުސިން މިނިސްޓްރީ

ނަމަވެސް، މި މަޝްރޫއުގެ އަގު މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

އެ ރަށުގައި 50 ހައުސިން ޔުނިޓު އަޅާއިރު، މިދިޔަ ނޮވެންބަރު 21ގައި ވައިކަރަދޫން ވަނީ 11 އަހަރު ފަހުން ފުރަތަމަ ފަހަރަށް ގޯތި ދީފައެވެ.

ދެހާސް އަކަފޫޓަށްވުރެ ބޮޑު, ޖުމްލަ 107 ގޯތި ދޫކޮށްފައިވާއިރު, އެ ދުވަހުގެ ރޭ ލިޔުން ހަވާލުކުރީ 105 ފަރާތަކަށެވެ. އަށް ސަތޭކައެއްހާ މީހުން ދިރިއުޅޭ ވައިކަރަދޫއަކީ، ދަނޑުވެރިކަމުގެ ރަށެކެވެ.

އޭރު ވައިކަރަދޫ ކައުންސިލުގެ ރައީސް އަބްދުﷲ ޒަމީރު ވިދާޅުވީ، ބޯހިޔާވަހިކަމުގެ މައްސަލަ ވެސް އެ ރަށަށް މާ ބޮޑަށް ކުރިމަތިވެފައި ނެތް ނަމަވެސް، އެއް މައްސަލައަކީ ރަށުގައި ދިރިއުޅޭ މީހުންގެ އާބާދީ ދަށްވަމުން ދިއުން ކަމަށެެވެ.

ނަމަވެސް ވަސީލަތްތައް ތަރައްގީވެ، ހަނިމާދޫ އެއާޕޯޓު ވެސް އިތުރަށް ތަރައްގީވެ ހުޅުވިފައި އޮތުމާއެކު ރަށަށް އަންނަ މީހުން އިތުރުވާނެ ކަމަށް އުންމީދުކުރެވޭ ކަމަށް އޭރު އޭނާ ވިދާޅުވިއެވެ. އަދި، ރަށުން ގޯތި ގަންނަން އެދި ވެސް ބައެއް ފަރާތްތަކުން މިހާރު ވެސް ހުށަަހަޅާ ކަމަށާއި ރަށުގައި ގޯތިގެދޮރު ކުއްޔަށް ނަގައިގެން މީހުން ދިރިއުޅޭކަމަށް ވެސް ޒަމީރު ފާހަގަކުރެއްވިއެވެ.

ކައުންސިލް އިންތިޚާބު ބާއްވަން ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު، މިދިޔަ ހޯމަ ދުވަހު ހައުސިން މިނިސްޓްރީން ވަނީ، ތިނަދޫ ސިޓީގައި ވެސް 50 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ފަށައިފައެވެ.

އެޗްޑީސީއަކީ ހުޅުމާލެ ބެލެހެއްޓުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ސަރުކާރުގެ ކުންފުނި ކަމަށްވާއިރު، ސަރުކާރު ކުންފުނިތަކުގެ އާންމު މަސްއޫލިއްޔަތުތަކާ ނުގުޅޭ މަޝްރޫއުތައް އެ ކުންފުނިތަކާ ހަވާލުކުރުމުގެ ކަންބޮޑުވުން މީގެ ކުރިން ފެންމަތިވެފައިވެއެވެ.

comment ކޮމެންޓް