ސުވާލު ގޯސް ކަމަށް ބުނެ، ރެފެރެންޑަމް ވޯޓު ހުއްޓުވަން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ ފަށަނީ

އުއްތަމަ ފަނޑިޔާރު އިސްކޮށް އިންނަވާ ސުޕްރިމް ކޯޓުގެ ފަނޑިޔާރު ބެންޗު: ރެފެރެންޑަމް ވޯޓު ހުއްޓުވަން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ ފަށަނީ --

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްކޮށްލުމާ ގުޅޭ ގޮތުން ނެގުމަށް ހަމަޖެހިފައިވާ ރެފެރެންޑަމްގެ މައްސަލަ ސުޕްރީމް ކޯޓުގައި ބެލުމަށް ނިންމައިފިއެވެ. މި މައްސަލައަކީ ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރުގައި ހިމެނޭ ސުވާލަކީ ގާނޫނުއަސާސީއާ ޚިލާފު ސުވާލެއް ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ. މި މައްސަލައިގެ އަޑުއެހުންތައް މާދަމާ ހެނދުނު ފެށުމަށް ހަމަޖެހިފައިވާއިރު، މިކަމުގައި ޝާމިލްވާ ގާނޫނީ ގޮންޖެހުންތަކާ މެދު ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ. އަދި މި މައްސަލަ ބައްލަވާ ބެންޗުގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ހިމެނިވަޑައިގަންނަވައެވެ.

  • ރެފެރެންޑަމްގެ ސުވާލާމެދު ހުށަހެޅިފައިވާ ދުސްތޫރީ މައްސަލައިގެ އަޑުއެހުންތައް މާދަމާ ހެނދުނު 10:30 ގައި ފެށޭނެއެވެ.
  • މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ގާނޫނީ ވަކީލުން ކަމުގައިވާ އިބްރާހީމް ޝިޔާމް އަދި އައިކު އަހުމަދު ޢީސާއެވެ.
  • މައްސަލަ ބައްލަވާ ބެންޗުގައި އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން، ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް، ފަނޑިޔާރު ޙުސައިން ޝަހީދު އަދި ފަނޑިޔާރު ޢަބްދުﷲ ޙަމީދު ހިމެނިވަޑައިގަންނަވައެވެ.
  • ރެފެރެންޑަމްގެ ވޯޓު ހުއްޓުވުމަށް އެދި ހުށަހަޅާފައިވާ މި މައްސަލައިގައި، ސުވާލުގެ ބަދަލުގައި ގާނޫނުއަސާސީއަށް އިސްލާހު ގެނައުމާމެދު ރައްޔިތުންގެ ޚިޔާލު ހޯދަން ޖެހޭނެ ކަމަށް ވަނީ ފާހަގަކޮށްފައެވެ.

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްކޮށްލުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދަން ނަގާ ރެފެރެންޑަމް ނުވަތަ ފެންނަ ނުފެންނަ ވޯޓު ނެގުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރުގައި ހުށަހަޅާފައިވަނީ ގާނޫނުއަސާސީއާ ޚިލާފު ސުވާލެއް ކަމަށް ބުނެ، ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ ފެށުމަށް ތާވަލުކޮށްފިއެވެ.

މިދިޔަ ހަފުތާގެ އަންގާރަ ދުވަހު، ރެފެރަންޑަމާ ގުޅޭ ދުސްތޫރީ ދެ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. އޭގެ ތެރެއިން ގަރާރުގައިވާ ސުވާލާ ގުޅިގެން ހުށަހެޅި މައްސަލަ ބަލައިގެންފައި ވަނީ މިދިޔަ ހޯމަ ދުވަހެވެ.

މި މައްސަލައަކީ ގާނޫނީ ވަކީލު އަބްރާހީމް ޝިޔާމް އަދި އައިކު އަހުމަދު އީސާ ހުށަހެޅުއްވި މައްސަލައެކެވެ.

https://sun.mv/219559

ސުވާލު ގޯސް ކަމަށް ބުނެ، ރެފެރެންޑަމް ވޯޓު ހުއްޓުވަން ހުށަހެޅި މައްސަލައިގެ އަޑުއެހުން މިހާރު އޮތީ މާދަމާ ހެނދުނު 10:30އަށް ތާވަލުކޮށްފައެވެ.

އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ، އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން، ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް، ފަނޑިޔާރު ޙުސައިން ޝަހީދު އަދި ފަނޑިޔާރު ޢަބްދުﷲ ޙަމީދެވެ.

އެ މައްސަލައިގައި އޮތީ އެ ވޯޓު ހުއްޓުވައިދިނުމަށް އެދިފައެވެ. އަދި އެ ސުވާލަކީ ގާނޫނުއަސާސީން ލާޒިމުކުރާ އުސޫލަށް ނުފެތޭ ސުވާލެއްކަން ވެސް މައްސަލައިގައި ފާހަގަކުރިއެވެ.

އެގޮތުން ރައީސުލްޖުމްޙޫރިއްޔާގެ ގަރާރާއި އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނެރުނު އިއުލާނު ބުނާ ގޮތުން ވޯޓަށް އަހަނީ، "ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި މަޖިލީހުން ފާސްކުރި ބިލު ތަސްދީގުކުރުމަށް ފެނޭތޯ ނުވަތަ ނޫންތޯ" ކަމަށް އެ މައްސަލައިގައި ބުންޏެވެ. އަދި އޭގެ ބަދަލުގައި އަހަން ޖެހޭނީ ގާނޫނުއަސާސީއަށް އެ އިސްލާހު ގެނައުމަށް ރުހޭތޯ ނުވަތަ ނޫންތޯ ކަަމަށް މައްސަލައިގައި ވަނީ ބުނެފައެވެ.

އެހެންކަމުން އެއީ ވެސް ގާނޫނުއަސާސީގެ އިމުން ބޭރުން ކޮށްފައިވާ ކަމެއް ކަމަށް އެ މައްސަލައިގައި ބުންޏެވެ.

މިދިޔަ ހަފުތާގެ އަންގާރަ ދުވަހު، ރެފެރަންޑަމާ ގުޅޭ ގޮތުން ހުށަހެޅި އަނެއް މައްސަލައަކީ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ތަސްދީގުކުރުމަށް އޮތް މުއްދަތު ހަމަވެފައިވާ ކަމަށް ވިދާޅުވެ، އެ ބިލު ބާތިލްކޮށްދިނުމަށް އެދިވަޑައިގެން ގާނޫނީ ވަކީލު އަދި މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ހުށަހެޅުއްވި މައްސަލައެވެ. މި މައްސަލަ އަދި ސުޕްރިމް ކޯޓުން ބަލައިގެންފައެއް ނުވެއެވެ.

comment ކޮމެންޓް