ގާސިމްގެ ތާއީދު ޖާލީލަށް އޮތްކަން ހާމަކުރައްވައިފި

ވިޔަފާރިވެރިޔާ ގާސިމްގެ ތާއީދު ޖާލީލަށް އޮތްކަން ހާމަކޮށްފި -- ފޮޓޯ: ޤާސިމް އިބްރާހީމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ ޢަލީ ޖަލީލަށް ތާއީދުކުރައްވާކަން އެކްސް މެދުވެރިކޮށް ހާމަކުރައްވައިފިއެވެ. ޤާސިމް ފާހަގަކުރެއްވި ގޮތުގައި މޫސާ ޢަލީ ޖަލީލަކީ ޤައުމީ ޚިދުމަތުގައި ފާހަގަކޮށްލެވޭ ދިގު މާޒީއެއް އޮތް، އަދި 1988 ވަނަ އަހަރުގެ ނޮވެންބަރު 3 ގެ ޢުދުވާނީ ޙަމަލައިން ދިވެހި ޤައުމު ސަލާމަތް ކުރުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ބަޠަލެކެވެ. މީގެ އިތުރުން ޖަލީލަކީ ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ޤައުމީ ޚިދުމަތުގައި ދެމިހުންނެވި، ތަޖުރިބާކާރު އަދި އެންމެންގެ އިޙްތިރާމް ލިބިފައިވާ ބޭފުޅެއްކަމަށް ޤާސިމް ވިދާޅުވިއެވެ. ޤާސިމް އިބްރާހީމް ފާހަގަކުރެއްވި ގޮތުގައި މޫސާ ޢަލީ ޖަލީލަކީ ދިވެހި ޤައުމީ ޚިދުމަތުގެ ފަޚުރުވެރި ރެކޯޑުތަކެއް އޮތް ބޭފުޅެކެވެ. ޚާއްސަކޮށް 1988 ވަނަ އަހަރުގެ ނޮވެންބަރު 3 ގެ ޢުދުވާނީ ޙަމަލައިގެ ދުވަސްވަރު، ޤައުމު ދިފާޢު ކުރުމަށްޓަކައި އޭނާ ދެއްކެވި ހިތްވަރާއި އީމާންތެރިކަން ވަރަށް މަތީ ދަރަޖައެއްގައި ފާހަގަކުރެވެއެވެ. ދުޝްމަނުންގެ ކުރިމައްޗަށް އައްޑަނައެއް ފަދައިން ނުކުންނަވައި، ޤައުމު ސަލާމަތް ކުރުމަށް އެޅުއްވި ފިޔަވަޅުތަކަކީ ޤައުމީ ޖިހާދުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަންތަކެވެ. ޤާސިމް ވިދާޅުވި ގޮތުގައި އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް، ޤައުމަށް ދިމާވާ ކޮންމެ ދަތި އުނދަގޫ ހާލަތެއްގައި ޚިދުމަތް ކުރުމަށް ޖަލީލު އަބަދުވެސް ހުންނެވީ ތައްޔާރަށެވެ. މޫސާ ޢަލީ ޖަލީލަށް ތާއީދު ކުރައްވައި ޤާސިމް ކުރެއްވި ޕޯސްޓުގައި، އޭނާގެ ފަސްބައިގައި އެއްވެސް ކިލަނބުކަމެއް ނެތްކަމަށް ވިދާޅުވިއެވެ. އެއްވެސް މީހަކާ މެދު ކުޑައިމީސްކޮށް ކަމެއް ނުކުރައްވާ، އަދި ހުރިހާ އެންމެންގެ ލޯބި ލިބިފައިވާ ޚުލްޤު ހެޔޮ ތަޖުރިބާކާރު ޝަޚްޞިއްޔަތެއްގެ ގޮތުގައި ޖަލީލު ސިފަކުރެއްވިއެވެ. މާލޭގެ މޭޔަރުކަމުގެ މަޤާމަކީ ސިޓީގެ ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލުކޮށް، ހިންގުމުގެ ނިޒާމު ހަރުދަނާކުރަންޖެހޭ މަޤާމެއް ކަމަށްވާއިރު، ޖަލީލު ފަދަ ޤާބިލު ބޭފުޅަކު އެ މަޤާމަށް ވަޑައިގަތުމަކީ މާލޭގެ ރައްޔިތުންނަށް ލިބޭނެ ބޮޑު ކުރިއެރުމެއްކަމަށް ޤާސިމް ދެކެވަޑައިގަންނަވައެވެ.

  • މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ ޢަލީ ޖަލީލަށް ޤާސިމް އިބްރާހީމްގެ ފުރިހަމަ ތާއީދު އޮތްކަން ހާމަކުރެއްވުން.
  • ޖަލީލުގެ ޤައުމީ ޚިދުމަތުގެ ފަޚުރުވެރި ތާރީޚާއި ޤައުމު ދިފާޢު ކުރުމުގައި އޭނާ އަދާކުރެއްވި މުހިންމު ދައުރު ޤާސިމް ފާހަގަކުރެއްވުން.
  • މާލޭގެ ހިންގުން ހަރުދަނާ ކުރުމަށް ޖަލީލަކީ އެންމެ ޤާބިލު ކެންޑިޑޭޓުކަން ޤާސިމް ކަށަވަރުކޮށްދެއްވުން.
  • އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބާއްވާ އިންތިޚާބުގައި ޖަލީލަށް ވޯޓު ދެއްވުމަށް ރައްޔިތުންނަށް އިލްތިމާސްކުރުން.

މަޝްހޫރު ވިޔަފާރިވެރިޔާ އަފި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙީމްގެ ތާއީދު، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލަށް އޮތްކަން ހާމަކުރައްވައިފިއެވެ.

ޤާސިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މާލެ ސިޓީގެ މޭޔަރުކަމަށް މޫސާ އަލީ ޖަލީލު އެންޑޯޒްކޮށް ތާއީދުކުރައްވާކަން ހާމަކުރައްވައިފައެވެ.

ޤާސިމް ވަނީ މޫސާ ޢަލީ ޖަލީލަކީ، ޤައުމީ ޚިދުމަތުގެ ފަޚުރުވެރި ރެކޯޑްތަކެއް އޮތް، މި ޤައުމުގެ ދިފާޢުގައި އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ބަޠަލެއް ކަމަށާއި މި ޤައުމުން އެމަނިކުފާނުގެ އަގު ވަޒަންކޮށް ޤައުމީ ޝަރަފް އަރުވާފައިވާ ނިޝާން ޢަސްކަރީގެ ޢިއްޒަތުގެ ވެރިއެއްކަން ފާހަގަކޮށްފައެވެ.

ހަމައެކަނި 1988 ވަނަ އަހަރު ނޮވެންބަރުމަހު ތިނެއް ވަނަ ދުވަހު ދިވެހި ޤައުމަށް ކުރިމަތިވި ޢުދުވާނީ ޙަމަލައިން ޤައުމު ސަލާމަތް ކުރެއްވުމަށް، މޭ އައްޑަނައެއްގެ ގޮތުގައި ހައްދަވައިގެން ދުޝްމަނުންގެ ކުރިމައްޗަށް ހިތްވަރާއި އީމާންތެރިކަމާއެކު ނުކުންނެވުމުންވެސް އެމަނިކުފާނުގެ ގަދަފަދަ ޤައުމީ ޢަޒުމު ސާބިތުކޮށްދޭ. ޖުމްހޫރީ ޕާޓީގެ ލީޑާރު ޤާސިމް އިބްރާހީމް

ޤާސިމް ވަނީ ޖަލީލަކީ އެއިރުއްސުރެ މިއަދާ ހަމަޔަށް، އަބަދުވެސް ޤައުމަށްޓަ ކައި ތައްޔާރަށް ހުންނެވި ބޭފުޅެއް ކަމަށާއި، ކޮންމެ ސަރުކާރަކުން މަތިކުރެއްވި ކޮންމެ ވަޒީފާއެއްގެ ވާޖިބު ވެސް ޖަލީލު ތެދުވެރިކަމާއެކު އަދާކުރައްވާފައިވާކަން ފާހަގަކުރައްވައިފައެވެ.

"ފަސްބައިގައި ކިލަނބުކަމެއް ނެތް. އެއްވެސް މީހަކާމެދު ކުޑައިމީސްކޮށް ކުރެއްވި ކަމެއް ނެތް. ނުހަނު ޚުލްޤު ހެޔޮ، އެންމެންގެ ލޯބި ލިބިވަޑައިގެންފައިވާ ތަޖްރިބާކާރު ޝަޚްޞިއްޔަތެއް،" ޤާސިމްގެ ޕޯސްޓުގައި ވެއެވެ.

ޤާސިމް ވަނީ ކަން މިހެން އޮތްއިރު، ރާއްޖޭގެ ވެރިކަންކުރާ ސަހަރު ހިންގެވުމުގެ އެންމެ އިސް މަޤާމަށް ޖަލީލަށްވުރެ ތަޖްރިބާކާރު، އަމާނާތްތެެރި، ޚިދުމަތްތެރި، ޤާބިލް، ކުފޫހަމަވާ އެހެން ކެންޑިޑޭޓަކު ނެތްކަން ޔަގީން ވާކަމަށް ވިދާޅުވެފައެވެ.

އެހެންކަމުން އޭނާ އެދެނީ، މާލެ ސިޓީގެ ހިންގުން މުރާލި ދުރުވިސްނޭ މާލިމީއަކަށް އުންމީދުކޮށްގެން ރައްޔިތުން ޖަލީލަށް ތާއީދުކުރައްވާ ވޯޓުދެއްވުމަށް އެދިފައެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހެވެ.

https://sun.mv/218910

ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ވެސް އެ ދުވަހު ނަގަން ނިންމާފައިވާއިރު ޤާސިމް ވަނީ މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ މިހާރު ކުރަން ލަސް ވެސް ވެއްޖެ ކަމެއްކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް