ބީއެމްއެލްއިން އިތުރު 364 ހައުސިން ޔުނިޓުގެ ބިންގާ އަޅައިފި

ބީއެމްއެލްއިން އިތުރު 364 ހައުސިން ޔުނިޓުގެ ބިންގާ އަޅައިފި -- ފޮޓޯ/ ރައީސް އޮފީސް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުޅުމާލޭގައި ކުރިއަށްގެންދާ އެފޯޑަބަލް ހައުސިންގ މަޝްރޫޢުގެ ދަށުން އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން އިމާރާތްކުރާ 364 ހައުސިންގ ޔުނިޓުގެ ބިންގާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އަޅުއްވައިދެއްވައިފިއެވެ. މި މަޝްރޫޢުގެ ދަށުން 900 އަކަފޫޓުގެ ޖާގަ ހިމެނޭ ތިން ކޮޓަރީގެ އެޕާޓްމަންޓުތައް އެކުލެވޭ ދެ ޓަވަރު އިމާރާތްކުރެވޭނެއެވެ. ބީއެމްއެލްގެ އަމާޒަކީ 2028 ވަނަ އަހަރުގެ މެދުތެރެއަށް ޖުމްލަ 3260 ހައުސިންގ ޔުނިޓުގެ މަސައްކަތް ނިންމުމެވެ. މީގެ އިތުރުން، މި މަޝްރޫޢުގެ ދަށުން އިތުރު 540 ފުލެޓު އެޅުމަށް ނިންމާފައިވާކަން ބީއެމްއެލްގެ ސީއީއޯ ވަނީ ހާމަކުރައްވާފައެވެ.

  • ބީއެމްއެލްގެ އެފޯޑަބަލް ހައުސިންގ މަޝްރޫޢުގެ ދަށުން 364 ޔުނިޓުގެ ބިންގާ އެޅުން.
  • މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު.
  • މަސައްކަތް ހަވާލުކުރެވިފައިވަނީ ތަޖުރިބާކާރު ކުންފުންޏެއް ކަމަށްވާ އަމީން ކޮންސްޓްރަކްޝަނާ.
  • މި ދެ ޓަވަރުގައި ހިމެނެނީ 900 އަކަފޫޓުގެ ތިން ކޮޓަރީގެ އެޕާޓްމަންޓުތައް.
  • 2028 ވަނަ އަހަރުގެ މެދުތެރެއަށް 3260 ޔުނިޓު ނިންމުމަށް އަމާޒު ހިފާފައިވުން އަދި އިތުރު 540 ފުލެޓު އެޅުމަށް ނިންމުން.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ހުޅުމާލޭގައި ގާއިމްކުރާ "އެފޯޑަބަލް ހައުސިން"ގެ އިތުރު 364 ހައުސިން ޔުނިޓުގެ ބިންގާ މިރޭ އަޅައިފިއެވެ.

އެކަމަށް ޚާއްސަކޮށްގެން މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒެވެ.

މިރޭ ބިންގާ އެޅިގެންދިޔަ 364 ހައުސިން ޔުނިޓުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އަމީން ކޮންސްޓްރަކްޝަން ޕްރއިވެޓް ލިމިޓެޑާއެވެ. އެ ކުންފުންޏަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އިމާރާތްކުރުމުގެ މަސައްކަތްކުރާ ތަޖުރިބާކާރު ދިވެހި ކުންފުންޏެކެވެ.

އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫގެ ދަށުން ޖުމްލަ ދެ ޓަވަރު އިމާރާތްކުރާއިރު، އޭގެ ތެރޭގައި މުޅިންވެސް ހިމެނެނީ ތިން ކޮޓަރީގެ އެޕާޓްމެންޓުތަކެވެ. އެތަންތަނުގެ ޖާގައިގެ ބޮޑުމިނުގައި 900 އަކަފޫޓު ހުންނާނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީ އިން ޖުމުލަ 3،260 ހައުސިން ޔުނިޓް ގާއިމްކުރުމަށް ވަނީ ނިންމާފައި ވާއިރު، އެ ޔުނިޓްތަކުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭ ނިންމައިލެވޭނެ ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ. އަދި މި މަޝްރޫގެ ދަށުން ތަރައްގީކުރުމަށް ހަމަޖެހިފައި ވަނީ ތިން ކޮޓަރީގެ ކޮލިޓީ ރަނގަޅު އެޕާޓްމެންޓުތައް ކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި "ބީއެމްއެލް އެފޯޑަބަލް ހައުސިން" މަޝްރޫއުގެ ދަށުން އިތުރު 540 ފުލެޓު އަޅަން ނިންމާފައިވާ ކަމަށް ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް މިރޭ ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް