ގަވިންގެ ރަމަޟާން ޕްރޮމޯޝަންގެ ނަސީބުވެރިޔާ އަންނަ ހަފުތާގައި އިއުލާނުކުރަނީ

ގަވިންއަކީ މިހާރު ރާއްޖޭގައި އިންޓީރިއާ ޑީޒައިނިން ދާއިރާއިން އެންމެ ފާހަގަކޮށްލެވޭ އެއް ބްރޭންޑް --

ގަވިން ޕްރައިވެޓް ލިމިޓެޑުން ރަމަޟާން މަހަށް ޚާއްޞަކޮށްގެން ކުރިއަށްގެންދިޔަ ޕްރޮމޯޝަނުގެ ނަސީބުވެރިޔާ އަންނަ ހަފުތާގައި އިއުލާނުކުރުމަށް ވަނީ ނިންމާފައެވެ. މި ޕްރޮމޯޝަން ކުރިއަށް ގެންގޮސްފައިވަނީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފިޠުރު އީދު ދުވަހުގެ ނިޔަލަށެވެ. ގުރުއަތުލުން ކުރިއަށްދާނީ ގަވިންގެ ފޭސްބުކް އަދި އިންސްޓަގްރާމް ޕޭޖު މެދުވެރިކޮށް ލައިވްކޮށެވެ. މި ޕްރޮމޯޝަނުގެ ނަސީބުވެރިޔާއަށް ލިބޭ އަގުހުރި އިނާމަކީ ހއ. ހޯރަފުށީގައި ހުންނަ އަރާއިކް ބީޗް ވިލެޖުގައި ފަސް މީހަކަށް ފަސް ރޭގެ ހިލޭ ހުރުމާއި، މާލެއިން ހޯރަފުއްޓަށް ދިއުމާއި އައުމުގެ ދެކޮޅު ޓިކެޓެވެ. އަރާއިކް ބީޗް ވިލެޖަކީ ހިތްގައިމު މާހައުލެއްގައި އަމިއްލަ ގޮނޑުދޮށަކާއެކު ގާއިމުކޮށްފައިވާ ތަނެކެވެ. މީގެ އިތުރުން، ގަވިންއަކީ ފަރުނީޗަރު އުފެއްދުމާއި އިންޓީރިއާ ޑިޒައިންގެ ޚިދުމަތް ދެމުން އަންނަ ކުންފުންޏެކެވެ. މާލެއާއި ހުޅުމާލޭގައި އެ ކުންފުނީގެ ޝޯރޫމްތައް ހުރެއެވެ.

  • ގަވިންގެ ރަމަޟާން ޕްރޮމޯޝަނުގެ ނަސީބުވެރިޔާ އަންނަ ހަފުތާގައި އިއުލާނުކުރާނެކަން
  • އިނާމެއްގެ ގޮތުގައި ފަސް މީހަކަށް ހޯރަފުށީގައި ފަސް ރޭގެ ހިލޭ ހުރުމާއި ޓިކެޓު ލިބޭނެކަން
  • ނަސީބުވެރިޔާ ހޮވުމުގެ ގުރުއަތުލުން ސޯޝަލް މީޑިއާގައި ލައިވްކޮށް ކުރިއަށް ގެންދާނެކަން
  • ގަވިން ކުންފުންޏަކީ ރާއްޖޭގައި ފަރުނީޗަރާއި އިންޓީރިއާ ޑިޒައިންގެ ޚިދުމަތްދޭ ފަރާތެއްކަން

ގަވިން ޕްރައިވެޓް ލިމިޓެޑުން ކުރިއަށްގެންދިޔަ ރަމަޟާން މަހުގެ ޚާއްޞަ ޕްރޮމޯޝަނުގެ ނަސީބުވެރި ފަރާތް އަންނަ ހަފުތާގައި އިއުލާނުކުރުމަށް ނިންމައިފިއެވެ.

މި ޕްރޮމޯޝަނުގެ ނަސީބުވެރިޔާއަށް ހއ. ހޯރަފުށީގައި ހުންނަ އަރާއިކް ބީޗް ވިލެޖުގައި ފަސް މީހަކަށް ފަސް ރޭގެ ހިލޭ ހުރުން ލިބިގެންދާނެއެވެ.

މި އަގުހުރި އިނާމުގެ ތެރޭގައި ނަސީބުވެރި ފަރާތާއި އިތުރު ހަތަރު މީހަކަށް މާލެއިން ހޯރަފުއްޓަށް ދިއުމާއި އައުމުގެ ޑޮމެސްޓިކް ދެކޮޅު ޓިކެޓު ވެސް ހިމެނެއެވެ. ހޯރަފުށީގައި ހުންނަ އަރާއިކް ބީޗް ވިލެޖަކީ ހިތްގައިމު މާހައުލެއްގައި ގާއިމުކޮށްފައިވާ އަމިއްލަ ގޮނޑުދޮށަކާއި ރެސްޓޯރެންޓް ފަދަ ގިނަ ވަސީލަތްތަކެއް އެކުލެވޭ ތަނެކެވެ.

ގަވިންއިން މައުލޫމާތު ދޭ ގޮތުގައި މި ޕްރޮމޯޝަން ކުރިއަށް ގެންގޮސްފައިވަނީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފިޠުރު އީދު ދުވަހުގެ ނިޔަލަށެވެ. އަދި ނަސީބުވެރި ފަރާތް ގުރުއަތުން ހޮވުން ކުރިއަށްދާނީ ގަވިންގެ ރަސްމީ އިންސްޓަގްރާމް އަދި ފޭސްބުކް ޕޭޖު މެދުވެރިކޮށް ލައިވްކޮށެވެ.

ގަވިންއަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ފަރުނީޗަރު އުފައްދައި ވިއްކުމުގެ އިތުރުން އިންޓީރިއާ ޑިޒައިންގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަ ކުންފުންޏެކެވެ. ކަސްޓަމަރުން ބޭނުންވާ ޑިޒައިންތަކަށް ލަކުޑީގެ އެކި ބާވަތްތައް ބޭނުންކޮށްގެން ގޭތެރެއާއި އޮފީސްތަކަށް ބޭނުންވާ ފަރުނީޗަރު އެ ކުންފުނިން ފޯރުކޮށްދެއެވެ. މީގެ އިތުރުން ބަދިގޭގެ ސާމާނާއި ގޭތެރެ ޒީނަތްތެރިކުރުމަށް ބޭނުންވާ ގިނަ އުފެއްދުންތަކެއް ވެސް އެ ކުންފުނިން ވިއްކައެވެ.

ގަވިންގެ ޝޯރޫމްތައް މާލެއާއި ހުޅުމާލޭގައި ވެސް ހުރެއެވެ. އެ ކުންފުނީގެ އުފެއްދުންތަކާއި ޚިދުމަތްތަކާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް:

ޕްރޮޖެކްޓްތަކަށް: 9348899

ގަވިން ޑެކޯ، މާލެ: މަޖީދީމަގު، 9588833

ބާޒާރު ގަވިން، މާލެ: މ. އަރީކާ، ބޮޑުތަކުރުފާނުމަގު، 9428899

ގަވިން ހުޅުމާލެ، ހުޅުމާލެ: ރީތިގަސްމަގު، 9588899

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު