ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ އެކޮމަޑޭޝަން ބްލޮކެއްގައި ރޯވެއްޖެ

ހުޅުމާލޭގެ އެކޮމޮޑޭޝަން ބްލޮކެއްގައި ރޯވެފައި -- ފޮޓޯ/ އެމްއެންޑީއެފް

ހުޅުމާލޭ ތިންވަނަ ފިޔަވަހީގައި ހުރި އެކޮމަޑޭޝަން ބްލޮކެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމުތަކުން ހަރަކާތްތެރިވާން ފަށައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ ކުރިން މީހުން ދިރިއުޅުނު އަދި މިހާރު ހުސްކޮށް ހުރި އިމާރާތެއްގައެވެ. އެމްއެންޑީއެފަށް މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ ހަވީރު ސަތާރަ ގަޑި ބާރަ ހާއިރުއެވެ. މިކަމާ ގުޅިގެން މާލޭ އޭރިއާ ކޮމާންޑާއި ހުޅުމާލޭ ފަޔާ ސްޓޭޝަންގެ ސިފައިން ގުޅިގެން އަލިފާން ނިއްވުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ދަނީ ކުރަމުންނެވެ. މިވަގުތު އިތުރު ތަފުސީލުތައް ހޯދުމުގެ މަސައްކަތް ކުރިއަށްދާއިރު، އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ މަޢުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ. މިފަދަ ހާދިސާތަކަކީ ވަރަށް ސަމާލުވާންޖެހޭ ކަންކަމަށްވުމާއެކު، ކަމާބެހޭ ފަރާތްތަކުން ދަނީ އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅަމުންނެވެ.

  • ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ އެކޮމަޑޭޝަން ބްލޮކެއްގައި އަލިފާން ރޯވުން
  • އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑާއި ހުޅުމާލޭ ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވުން
  • ހާދިސާގެ ރިޕޯޓު ލިބުނީ ހަވީރު ސަތާރަ ގަޑި ބާރަ ހާއިރު ކަމަށްވުން
  • މިއީ ކުރިން މީހުން ދިރިއުޅުނު އެކޮމަޑޭޝަން ބްލޮކެއްކަން އެނގުން

ހުޅުމާލޭ ތިންވަނަ ފިޔަވަހީގައި އެކޮމަޑޭޝަން ބްލޮކެއްގައި ރޯވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ، ހުޅުމާލެ ތިންވަނަ ފިޔަވަހީގައި ކުރިން މީހުން އުޅުނު އެކޮމަޑޭޝަން ބްލޮކެއްގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑާއި ހުޅުމާލޭ ފަޔާ ސްޓޭޝަންގެ ފަޔާ ފައިޓަރުން ހަރަކާތްތެރިވި ކަމަށެވެ.

ސިފައިން ބުނީ، އެ ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު 17:12 ހާއިރު ކަމަށެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި، އެ އިމާރާތަކީ މިހާރު ބޭނުންކުރާ އިމާރާތެއްނޫން ކަމަށެވެ. އަދި އަލިފާންގަނޑު ކޮންޓްރޯލްކޮށްފައިވާ ކަމަށް، 17:45ހާއިރު އެ މުއައްސަސާއިން މައުލޫމާތު ދީފައިވެއެވެ.

https://sun.mv/220094

ފާއިތުވި ދެ ދުވަހު ވެސް އަލިފާން ރޯވުމުގެ ދެ ހާދިސާއެއް ހިނގާފައިވެއެވެ. އެގޮތުން، ބުރާސްފަތި ދުވަހުގެ ރޭ ވިލިނގިލީގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުގެ ސްޓާފްރޫމުތަކުގައި ވަރަށް ބޮޑަށް އަލިފާން ރޯވެ، ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ. އަދި އިއްޔެ، ރ. އަލިފުށީ "އައިރިސް" ގޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި، އެ ގެ ބޭނުންނުކުރެވޭ ވަރަށް އަނދައި ބޮޑެތި ގެއްލުންތަކެއް ވެފައިވެއެވެ.

https://sun.mv/220048

މީގެ އިތުރުން، މިދިޔަ މަހުގެ 12ވަނަ ދުވަހު އދ. ދިގުރަށުގެ އެކޮމޮޑޭޝަން ބްލޮކެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ފަސް ބިދޭސިއަކު ވަނީ މަރުވެފައެވެ. އިތުރު ދެ މީހުން ފިހި، ދުމުގެ އަސަރު ކުރުމުން، އިތުރު ފަރުވާއަށް މާލެއަށް ގެނައެވެ.

ރާއްޖޭގައި ބިދޭސީންގެ ބޮޑު އާބާދީއެއް އޮންނައިރު، ދިރިއުޅެން ރައްކާތެރި ނޫން ތަންތަނުގައި ގިނަ އަދަދެއްގެ މީހުން ތޮއްޖައްސާފައި ބޭތިއްބުމުގެ ކަންބޮޑުވުން އޮވެއެވެ.

comment ކޮމެންޓް