ބަނޑިދުއާއި ކުޑަފަރީގެ ހުރިހާ ގޮނޑިއެއް އެމްޑީއޭއިން ކާމިޔާބުކޮށްފި

އެމްޑީއޭގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދު، ބަނޑިދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވަނީ: ބަނޑިދުއާއި ކުޑަފަރީގެ ހުރިހާ ގޮނޑިއެއް އެމްޑީއޭއިން ވަނީ ކާމިޔާބުކޮށްފައި -- ސަން ފޮޓޯ/ އާއިޝް އަޝްރަފް

އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި މޯލްޑިވްސް ޑިވަލޮޕްމަންޓް އެލަޔަންސް އިން ވަނީ ދާލު އަތޮޅު ބަނޑިދުއާއި ނޫނު އަތޮޅު ކުޑަފަރީގެ ހުރިހާ ގޮނޑިއެއް ކާމިޔާބުކޮށްފައެވެ. ބަނޑިދޫގެ ގޮނޑިތައް އެ ޕާޓީން ކާމިޔާބުކުރީ ކޮންމެ ގޮނޑިއަކުން ގާތްގަނޑަކަށް ހަތްދިހަ ވޯޓުގެ ތަފާތަކުންނެވެ. ބަނޑިދޫގެ ތާރީޚަށް ބަލާއިރު، މިހާތަނަށް ކައުންސިލްގެ ހުރިހާ ގޮނޑިއެއް ކާމިޔާބުކޮށްފައިވަނީ އެމްޑީއޭގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދު ތާއީދުކުރައްވާ ކެންޑިޑޭޓުންނެވެ. މީގެ އިތުރުން ދާލު އަތޮޅުގެ އެހެން ރަށްތަކާއި ނޫނު އަތޮޅު ފޮއްދޫގައިވެސް އެމްޑީއޭއިން ވަނީ ކާމިޔާބީތަކެއް ހޯދާފައެވެ.

  • އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ބަނޑިދުއާއި ކުޑަފަރީގެ ހުރިހާ ގޮނޑިއެއް އެމްޑީއޭއިން ކާމިޔާބުކުރުން
  • ބަނޑިދޫގެ ގޮނޑިތައް ކާމިޔާބުކޮށްފައިވަނީ ހަތްދިހަ ވޯޓުގެ ބޮޑު ތަފާތަކުން ކަން
  • ބަނޑިދޫގައި އަބަދުވެސް ކާމިޔާބު ހޯދަނީ އެމްޑީއޭގެ ރައީސް ސިޔާމް ތާއީދުކުރައްވާ ކެންޑިޑޭޓުން ކަން
  • ދާލު އަތޮޅުގެ ގިނަ ރަށްތަކެއްގައި އެމްޑީއޭއިން މުހިންމު ކާމިޔާބީތަކެއް ހޯދުން

އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެންބަރުން އިންތިޚާބުކުރިއިރު ދ. އަތޮޅު ބަނޑިދުއާއި، ނ. ކުޑަފަރީގެ ހުރިހާ ގޮނޑިއެއް، މޯލްޑިވްސް ޑިވަލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އިން ކާމިޔާބުކޮށްފިއެވެ.

ބަނޑިދޫގެ ހުރިހާ ގޮނޑިއެއް ވެސް ބޮޑު ތަފާތަކުން އެމްޑީއޭއިން ވަނީ ކާމިޔާބުކޮށްފައެވެ. ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި ބަނޑިދޫ ދާއިރާގެ ކޮންމެ ގޮނޑިއަކަށް ވެސް 70 ވޯޓުގެ ތަފާތަކުން އެމްޑީއޭގެ ކެންޑިޑޭޓުން އުޅެނީ ކުރީގައެވެ.

މިހާތަނަށް ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުތަކުގައި ބަނޑިދޫގެ ހުރިހާ ގޮނޑިއެއް އަބަދުވެސް ކާމިޔާބު ކުރައްވާފައި ވަނީ އެމްޑީއޭގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދު ތާއީދުކުރެއްވި ކެންޑިޑޭޓުންނެވެ. ބަނޑިދޫގެ ތާރީޚުގައި ވެސް މިހާތަނަށް ސިޔާމް ތާއީދުނުކުރައްވާ ކެންޑިޑޭޓަކަށް ކައުންސިލްގެ ގޮނޑިތައް ކާމިޔާބުކުރެވިފައެއް ނެތެވެ.

އެމްޑީއޭގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދު، ބަނޑިދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވަނީ: ބަނޑިދުއާއި ކުޑަފަރީގެ ހުރިހާ ގޮނޑިއެއް އެމްޑީއޭއިން ވަނީ ކާމިޔާބުކޮށްފައި -- ސަން ފޮޓޯ/ އާއިޝް އަޝްރަފް

ދ. އަތޮޅުގެ އެހެން ބައެއް ރަށްތަކުގެ ވަގުތީ ނަތީޖާއަށް ބަލާއިރު ރިނބުދޫގެ ހުރިހާ ގޮނޑިއެއް ޕީއެންސީން ކާމިޔާބުކުރިއިރު، ހުޅުދެލީގައި ޑަބްލިއުޑީސީގެ ގޮނޑިއެއް ފިޔަވައި ހުރިހާ ގޮނޑިއެއް އެމްޑީއޭއިން ވަނީ ކާމިޔާބުކޮށްފައެވެ.

ދ. މީދޫގެ ހަ ގޮނޑިއަށް އެމްޑީއޭއިން ކުރިމަތިލާފައިވާއިރު، އޭގެ ތެރެއިން އެމްޑީއޭއަށް ލިބިފައި ވަނީ މީދޫ ކައުންސިލް ރައީސްގެ ގޮނޑިއާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ މެންބަރުކަމުގެ އެއް ގޮނޑިއެވެ. ބާކީ ގޮނޑިތައް ކާމިޔާބުކުރީ ޕީއެންސީންނެވެ.

ހަމައެއާއެކު ދ. ކުޑަހުވަދޫގެ ގޮނޑިތައް ކާމިޔާބުކުރީ، އެމްޑީޕީ އަދި އެމްޑީއޭ ގުޅިގެން ކުރި މަސައްކަތުންނެވެ. އެގޮތުން އަންހެނުންގެ ކޮމިޓީގެ ރައީސާގެ އިތުރުން ކައުންސިލްގައި އަންހެނުންނަށް ޚާއްސަ އެއް ގޮނޑި އެމްޑީއޭއިން ކާމިޔާބުކުރިއިރު، ބާކީ ގޮނޑިތައް އެމްޑީޕީން ވަނީ ކާމިޔާބުކޮށްފައެވެ. އަދި އެ އަތޮޅު މާއެނބޫދޫގައި ޑަބްލިއުޑީސީގެ ދެ ގޮނޑިއަށް އެމްޑީއޭއިން ވާދަކުރިއިރު އޭގެ ތެރެއިން އެއް ގޮނޑި އެމްޑީއޭއިން ވަނީ ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން ނ. އަތޮޅުން ފޮއްދޫގެ ދެ ގޮނޑިއަކާއި، ކުޑަފަރީގެ ހުރިހާ ގޮނޑިއެއް އެމްޑީއޭއިން މިވަނީ ކާމިޔާބުކޮށްފައެވެ.

comment ކޮމެންޓް