ޚަރަދުކުޑަކުރަން މިފްކޯގެ މަސައްކަތު ގަޑި ކުރުކޮށްފި، އެކަމު އޯޓީ ލިބޭ 8 ގަޑިއިރަށްވުރެ އިތުރުވުމުން

މިފްކޯ --

ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން، ކުންފުނީގެ މާލީ ހާލަތު ދަށްވުމާ ގުޅިގެން، ޚަރަދު ކުޑަކުރުމުގެ ގޮތުން މުހިންމު ފިޔަވަޅުތަކެއް އަޅަން ނިންމައިފިއެވެ. މި ގޮތުން އެންމެ ފުރަތަމަ ކަމަކަށް އެ ކުންފުނީގެ ހެޑް އޮފީހުގެ މުވައްޒަފުންގެ ރަސްމީ މަސައްކަތު ގަޑި ވަނީ ކުރުކޮށްފައެވެ. ކުރިން ހެނދުނު 8 އިން ހަވީރު 4 އަށް ކަނޑައެޅިފައިވާ ރަސްމީ ގަޑި، މިހާރު ވަނީ މެންދުރުފަހު 2 އަށް ބަދަލުކޮށްފައެވެ. މިއީ މުވައްޒަފުންގެ މަސައްކަތުގެ ވަގުތުން 2 ގަޑިއިރުގެ އުނިކުރުމެކެވެ. މި ބަދަލާއެކު އިތުރު ގަޑީގެ ފައިސާ ދިނުމުގެ އުސޫލަށްވެސް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އެ ގޮތުން އިތުރު ގަޑީގެ ފައިސާ ދޭން ނިންމާފައިވަނީ މުވައްޒަފަކު ދުވާލަކު 8 ގަޑިއިރު މަސައްކަތް ކުރުމަށްފަހު، އެއަށްވުރެ އިތުރުވާ ގަޑިތަކަށެވެ. އަދި ރަސްމީ ގަޑީގެ އިތުރަށް އޮފީހުގައި މަޑުކޮށްގެން މަސައްކަތް ކުރަންޖެހޭނަމަ، ބަންދު ގަޑީގައި މަސައްކަތް ކުރުމަށް އެދޭ ޚާއްސަ ފޯމެއް ފުރައި، ކަމާބެހޭ އިސްވެރިޔާގެ ހުއްދަ ހޯދަން ޖެހޭނެއެވެ. މިފްކޯއިން ބުނެފައިވާ ގޮތުގައި މިއީ ކުންފުނީގެ ޚާއްސަ ހާލަތާ ގުޅިގެން އަޅަން މަޖުބޫރުވި ފިޔަވަޅުތަކެކެވެ.

  • މިފްކޯގެ ހެޑް އޮފީހުގެ ރަސްމީ މަސައްކަތު ގަޑި 2 ގަޑިއިރު މަދުކުރުން
  • އާ ރަސްމީ ގަޑިއަކީ ހެނދުނު 8 އިން މެންދުރުފަހު 2 އަށް ކަމުގައި ކަނޑައެޅުން
  • އިތުރު ގަޑީގެ ފައިސާ ލިބޭނީ މަދުވެގެން 8 ގަޑިއިރު މަސައްކަތް ކުރުމަށްފަހުގައެވެ
  • އިތުރު ގަޑީގައި މަސައްކަތް ކުރެވޭނީ ޚާއްސަ ފޯމެއް ހުށަހަޅައި ހުއްދަ ލިބިގެންނެވެ

ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން، ޚަރަދު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން ރަސްމީ މަސައްކަތު ގަޑިން ދެ ގަޑިއިރު މަދުކުރަން ނިންމައިފިއެވެ.

"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިފްކޯއިން މިއަދު ނެރުނު މެމޯއެއްގައި ވަނީ އެ ކުންފުނީގެ ހެޑް އޮފީހުގެ މުވައްޒަފުން، މަސައްކަތްކުރާ ވަގުތު ކުރުކޮށްފައެވެ.

މުވައްޒަފުންނަށް ފޮނުވައިފައިވާ މެމޯއެއްގައިވާ ގޮތުން މިއީ ޚަރަދުކުޑަކުރުމުގެ ގޮތުން އަޅާ ފިޔަވަޅެކެވެ. އެ ކުންފުނިން ބުނި ގޮތުގައި މިއީ "ޚާއްސަ ހާލަތު"ގެ ދަށުން އަޅަން ނިންމި ފިޔަވަޅެކެވެ. މި ޚާއްސަ ހާލަތުގެ ދަށުން އެ ކުންފުނިން ނިންމީ:

  • ރަސްމީ މަސައްކަތު ގަޑި ހެނދުނު 08:00 އިން 16:00އަށް ކުރިން އޮތް ނަމަވެސ،ް މެންދުރުފަހު 14:00 އަށް ކުރުކުރަން
  • ރަސްމީ ގަޑީގެ އިތުރުން، މަސައްކަތުގައި ވަގުތު ހޭދަކުރަންޖެހޭނަމަ، "ބަންދު ގަޑީގައި މަސައްކަތް ކުރުމަށް އެދޭ ފޯމް" ފުރައި އެޗްއޯޑީގެ ހުއްދަ ނަގަން ޖެހުން
  • އިތުރު ގަޑީގެ ފައިސާ ދޭނީ، ދުވާލަކު އަށް ގަޑިއިރު މަސައްކަތް ކުރަންޖެހިއްޖެ ނަމަ، އެ އަށް ގަޑިއިރަށްވުރެ އިތުރުވެއްޖެނަމަކަން

މިފްކޯގެ އިސް އޮފިޝަލަކު "ސަން"އަށް ވިދާޅުވީ މި ފިޔަވަޅުތައް އަޅަން ނިންމީ މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިޞާދަށް އަންނަ ހީނަރުކަމުގެ ސަބަބުންނެވެ. އަދި މި ފިޔަވަޅުތައް އެޅީ މުވައްޒަފުންނަށް ދަތިނުވާނެ ފަދަ ގޮތަކަށް ވިސްނުމަށްފަހުގައެވެ.

މެދުއިރުމަތީގެ ހަނގުރާމަ އަދިވެސް ކުރިއަށްދާއިރު، މި ސަރަހައްދުގެ އެކި ގައުމުތަކުން އަންނަނީ ޚަރަދުކުޑަކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ސަރުކާރު މުވައްޒަފުންގެ މަސައްކަތު ވަގުތު ކުޑަކުރުމާއި، އޮފީހަށް ހާޒިރުވެ މަސައްކަތް ކުރަންޖެހޭ ދުވަސްތައް މަދުކޮށް ގޭގައި މަސައްކަތްކުރުން ފަދަ ކަންކަން އަންނަނީ ކުރަމުންނެވެ. މިފްކޯއަކީ މާލީ ހާލަތު ދަށް ކުންފުންޏެއް ވެސް މެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް