ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެންބަރުކަން ކުރެއްވި، އަދި ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރެއްވި ށަވިޔަނި ކޮމަންޑޫއަށް ނިސްބަތްވާ މޫސާ ރަމީޒް ވަނީ މިއަދު އަވަހާރަވެފައެވެ. މި ހިތާމަވެރި ދަނޑިވަޅުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ އޭނާގެ އާއިލާއަށާއި ށަވިޔަނި އަތޮޅުގެ ރައްޔިތުންނަށް ތައުޒިޔާ ފޮނުއްވާފައެވެ. މޫސާ ރަމީޒަކީ ރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ހިންގުމުގައި އިސް ދައުރެއް އަދާކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.
- ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ކުރީގެ މެންބަރު މޫސާ ރަމީޒް މިއަދު އަވަހާރަވުން.
- ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މަރުހޫމްގެ އާއިލާއަށާއި ށަވިޔަނި އަތޮޅުގެ ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވުން.
- މޫސާ ރަމީޒަކީ ށަވިޔަނި ކޮމަންޑޫއަށް ނިސްބަތްވާ ބޭފުޅެއް ކަމާއި، އޭނާ ވަނީ ށަވިޔަނި އަތޮޅާއި ފުވައްމުލަކުގެ އަތޮޅުވެރިކަން ކުރައްވާފައި.
- ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގައި ހޯމް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވްގެ މަގާމު އަދާކުރެއްވުން.
ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެންބަރުކަން ކުރެއްވި، މޫސާ ރަމީޒް، 72އ، މިއަދު އަވަހާރަވެއްޖެއެވެ.
ރަމީޒް އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، އެ ހިތާމައިގައި އޭނާގެ އާއިލާއަށާއި ށ. އަތޮޅުގެ ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވެފައެވެ.
ށ. ކޮމަންޑުއަށް ނިސްބަތްވާ ރަމީޒަކީ، ރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ހިންގުމުގެ ދާއިރާގައި ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. މިގޮތުން، ށ. އަތޮޅުގެ އެކި މަގާމުތަކުގައި އޭނާ ވަނީ މުހިންމު ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ.
އޭނާ ވަނީ، ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ މެންބަރު ކަމާއި ށ. އަތޮޅާއި ފުވައްމުލަކުގެ އަތޮޅުވެރިކަން ވެސް ކުރައްވާފައެވެ. އަދި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި އޭނާ ވަނީ ހޯމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމު ވެސް އަދާކުރައްވާފައެވެ.
ރަމީޒުގެ ކަށުނަމާދު އޮންނާނީ ދަންވަރު 2:00 ޖަހާއިރު، ހުޅުމާލޭ ސަހަރާ މިސްކިތުގައެވެ.