ބެލްޓް އެންޑް ރޯޑް އެތުލެޓިކްސް މީޓިންގައި ރާއްޖެ ތަމްސީލުކުރަނީ ޝަބާ

ރާއްޖޭގެ އަރަމުން އަންނަ ދުވުންތެރިޔާ ޝަބާ--

ޗައިނާގެ ޗޮންގޗިންގްގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަތަރު ވަނަ ބެލްޓް އެންޑް ރޯޑް އެތުލެޓިކްސް އިންވިޓޭޝަނަލް މީޓިންގައި ދިވެހިރާއްޖެ ތަމްސީލުކުރުމަށް އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އައިޝަތު ޝަބާ ސަލީމް ކަނޑައަޅައިފިއެވެ. މި މުބާރާތް ކުރިއަށްދާނީ މި މަހުގެ އަށާރައިން ނަވާރައަށެވެ. ޝަބާ ވާދަކުރާނީ ސަތޭކަ މީޓަރު ދުވުމުގައެވެ. އޭނާއަކީ ބައިނަލްއަގްވާމީ މައިދާނުގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދަމުން އަންނަ އެތުލީޓެކެވެ.

  • ޗައިނާގައި އޮންނަ މުބާރާތުގައި ރާއްޖެ ތަމްސީލުކުރާނީ ޝަބާ
  • ޝަބާ ވާދަކުރާނީ 100 މީޓަރު ދުވުމުގެ އިވެންޓުގައި
  • މުބާރާތް އޮންނާނީ މި މަހުގެ 18 އިން 19 އަށް
  • ޝަބާއަކީ ބައިނަލްއަގްވާމީ ގޮތުން ކާމިޔާބީތަކެއް ހޯދާފައިވާ އެތުލީޓެއް

ޗައިނާގެ ޗޮންގޗިންގްގައި ބޭއްވުމަށް ހަމަޖެހިފައިވާ 4 ވަނަ "ބެލްޓް އެންޑް ރޯޑް އެތުލެޓިކްސް އިންވިޓޭޝަނަލް މީޓިން" ގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު ބާރުދުވުންތެރިޔާ އައިޝަތު ޝަބާ ސަލީމަށް ދޭން އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އޭއޭއެމް) އިން ނިންމައިފިއެވެ.

އެ އެސޯސިއޭޝަނުން މައުލޫމާތު ދޭގޮތުގައި، މި މަހުގެ 18 އިން 19 އަށް ކުރިއަށްދާ މި މުބާރާތުގައި ޝަބާ ވާދަކުރާނީ 100 މީޓަރު ދުވުމުގައެވެ. މި މުބާރާތަށް ފުރުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.

ޝަބާއަކީ ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއަށް ރަނގަޅު ކާމިޔާބީތަކެއް ހޯދައިދެމުން އަންނަ އެތުލީޓެކެވެ. އެގޮތުން، މިއަހަރު ޗައިނާގެ ސަންޔާގައި ބޭއްވި އޭޝިއަން ބީޗް ގޭމްސްގައި އޭނާ ވާދަކޮށްފައިވާއިރު، މިދިޔަ އަހަރު ސައުދީ އަރަބިއްޔާގެ ރިޔާޟުގައި ބޭއްވި 6 ވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ 100 މީޓަރު ދުވުމުގެ ސެމީ ފައިނަލުންވެސް ޝަބާ ވަނީ ޖާގަ ހޯދާފައެވެ.

ބައިނަލްއަގްވާމީ މުބާރާތްތަކުގެ އިތުރުން، ރާއްޖޭގައި ބޭއްވޭ ގައުމީ މުބާރާތްތަކާއި އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ވާދަކޮށް، ޝަބާ އަންނަނީ އޭނާގެ ދުވުމުގެ ވަގުތު (ޓައިމިން) އިތުރަށް ރަނގަޅު ކުރަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު