މޯލްޑިވްސް ޕްރިމިއާ ބޭންކަށް ރާއްޖޭގައި ބޭންކިން ޚިދުމަތް ދިނުމުގެ ލައިސަންސް ދީފި

މޯލްޑިވްސް ޕްރިމިއަރ ބޭންކަށް އޮޕަރޭޓިން ލައިސެންސް ދިނުން، ފޮޓޯ: އެމްއެމްއޭ

މޯލްޑިވްސް ޕްރިމިއާ ބޭންކް ޕްރައިވެޓް ލިމިޓެޑަށް ރާއްޖޭގައި ކޮމާޝަލް ބޭންކިން ވިޔަފާރިކުރުމުގެ ރަސްމީ ލައިސަންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ވަނީ ދޫކޮށްފައެވެ. މިއީ އައިޝާ ނޫރައިން ޖަނާހު އިސްވެ ހުންނަވައިގެން ހިންގަވާ ބޭންކެކެވެ. މީގެ ކުރިން 2025 ވަނަ އަހަރު ޓިއާ އެކެއްގެ ހުއްދަ ލިބުމަށްފަހު، އެ އޮތޯރިޓީގެ ހުރިހާ ޝަރުތުތަކެއް ފުރިހަމަކޮށް، ބޭންކުގެ ނަމާއި އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، މި ބޭންކުން ވަނީ ދާއިމީ ލައިސަންސް ހާސިލުކޮށްފައެވެ. މި ނިންމުމަކީ ދިވެހިރާއްޖޭގެ މާލީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ބޭންކިން ސިނާއަތުގައި ވާދަވެރިކަން އުފައްދައި، އާންމު ރައްޔިތުންނަށް މާލީ ޚިދުމަތްތައް ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް އެ އޮތޯރިޓީއިން ގެންގުޅޭ ސިޔާސަތުގެ ދަށުން ނިންމި މުހިންމު ނިންމުމެކެވެ.

  • މޯލްޑިވްސް ޕްރިމިއާ ބޭންކަށް ކޮމާޝަލް ބޭންކިން ލައިސަންސް އެ އޮތޯރިޓީއިން ދޫކޮށްފިއެވެ.
  • މައިގަނޑު މަޤްޞަދަކީ މާލީ ދާއިރާގެ ވާދަވެރިކަން އިތުރުކޮށް ޚިދުމަތްތައް ފުޅާކުރުމެވެ.
  • މި ބޭންކުގެ އިސްވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވަނީ އައިޝާ ނޫރައިން ޖަނާހުއެވެ.
  • ބޭންކަށް ދާއިމީ ލައިސަންސް ލިބުނީ ހުރިހާ ޝަރުތުތަކެއް ފުރިހަމަކުރުމަށް ފަހުގައެވެ.
  • ރައްޔިތުންނަށް މާލީ ޚިދުމަތްތައް ހޯދުމަށް މިކަމުގެ ސަބަބުން ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެއެވެ.

މޯލްޑިވްސް ޕްރިމިއާ ބޭންކް ޕްރައިވެޓް ލިމިޓެޑަށް ރާއްޖޭގައި ކޮމާޝަލް ބޭންކިންގް ވިޔަފާރިކުރުމަށް ބޭނުންވާ ލައިސަންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކޮށްފިއެވެ.

މިއީ ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ހަރުދަނާކޮށް، ބޭންކިން ސިނާއަތުގައި ވާދަވެރިކަން އިތުރުކުރުމަށް އެމްއެމްއޭއިން ކުރަމުންދާ މަސައްކަތުގެ ދަށުން ނިންމި ނިންމުމެއްކަމަށް އެ ބޭންކުން ބުނެއެވެ.

މިއީ އެމްއޭސީއެލްގެ ޗެއާމަން, އައިޝާ ނޫރައިން ޖަނާހު އިސްވެ ހުންނަވައި ހިންގަވަން މަސައްކަތް ކުރައްވާ ބޭންކެކެވެ.

އެމްއެމްއޭއިން ބުނީ ހަރުދަނާ އުސޫލުތަކެއްގެ ދަށުން ލައިސަންސް ދޫކުރުމާއި ސުޕަވައިޒް ކުރުމުގެ ކަންކަން ކުރިއަށް ގެންގޮސް، ހުރިހާ ފަރާތްތަކަށް ޝާމިލުވެވޭ ފަދަ ވާދަވެރި މާލީ ނިޒާމެއް ރާއްޖޭގައި ދެމެހެއްޓުމަކީ އެ އޮތޯރިޓީގެ މައިގަނޑު އެއް މަޤްޞަދު ކަމަށެވެ.

"މޯލްޑިފްސް ޕްރިމިއާ ބޭންކް ޕްރައިވެޓް ލިމިޓެޑްއަށް ލައިސަންސް ދިނުމަކީ ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ވަރުގަދަކުރުމަށާއި, ބޭންކިން ސިޔާއަތުގައި ވާދަވެރިކަން އިތުރުކޮށް، ރައްޔިތުންނަށް މާލީ ޚިދުމަތްތައް ފަސޭހައިން ލިބޭރެ މަގު ތަނަވަސްކޮށްދިނުމަށް މިއޮތޯރިޓީއިން ކުރަމުންދާ މަސައްކަތަށް ލިބުނު މުހިންމު ކުރިއެރުމެކެވެ." އެމްއެމްއޭގެ ބަޔާނުގައި ވެއެވެ.

މޯލްޑިވްސް ޕްރިމިއާ ބޭންކަށް ލައިސަންސް ދިނުމަކީ ރައްޔިތުންނަށް މާލީ ޚިދުމަތްތައް ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ލިބުނު މުހިންމު ކުރިއެރުމެއްގެ ގޮތުގައި އެމްއެމްއޭއިން ފާހަގަކުރައްވައެވެ.

މި ބޭންކަށް 2025 ވަނަ އަހަރުގެ މޭއި މަހުގެ 19 ވަނަ ދުވަހު އެމްއެމްއޭއިން ވަނީ 'ޓިއާ 1' ބޭންކެއް ގާއިމުކުރުމަށް ބޭނުންވާ ހުއްދަ ދޫކޮށްފައެވެ.

އެ ހުއްދައާއެކު އެމްއެމްއޭއިން ކަނޑައެޅި ޝަރުތުތައް ފުރިހަމަކޮށް، ބޭންކުގެ ނަމާއި މިލްކްވެރިކަމުގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުން، މިހާރު ވަނީ ރާއްޖޭގައި ކޮމާޝަލް ބޭންކިންގް ވިޔަފާރިކުރުމުގެ ދާއިމީ ލައިސަންސާއި ބޭންކެއް އޮޕަރޭޓް ކުރުމުގެ ހުއްދަ އެ ކުންފުންޏަށް ދީފައެވެ.

comment ކޮމެންޓް