ސްކޮޓްލަންޑުން 28 އަހަރަށްފަހު ކުޅޭ ފުރަތަމަ ފީފާ ވޯލްޑް ކަޕަށް ނެގި 26 ކުޅުންތެރިންގެ ސްކޮޑުގައި އުމުރުން 43 އަހަރުގެ ތަޖުރިބާކާރު ކީޕަރު ކްރެއިގް ގޯޑަން ހިމަނައިފިއެވެ.
ގޯޑަން ގައުމީ ޓީމަށް ފުރަތަމަ ކުޅެދީފައިވަނީ 2004 ވަނަ އަހަރު ކަމަށްވާއިރު، މިހާރުގެ ސްކޮޑުގައި ހިމެނޭ ބައެއް ކުޅުންތެރިންނަކީ އޭނާ ކުޅެން ފެށިއިރު އުފަންވެސް ނުވާ ކުޅުންތެރިންނެވެ.
ސްކޮޓްލަންޑްގެ ކޯޗު ސްޓީވް ކްލާކް އިއުލާންކުރި މި ސްކޮޑުގައި ހިމެނޭ ތިން ގޯލްކީޕަރުންނަކީވެސް މި ސީޒަނުގައި ކްލަބް ލެވެލްގައި މާ ގިނަ މެޗުތަކެއް ކުޅެފައިވާ ކުޅުންތެރިންނެއް ނޫނެވެ.
އުތުރު އެމެރިކާގައި ބާއްވާ މި މުބާރާތުގައި ގޯޑަން ކުޅެން އަރައިފިނަމަ، އޭނާ ވެގެންދާނީ ވޯލްޑް ކަޕްގެ 96 އަހަރުވީ ތާރީޚުގައި ފެނިގެންދާ ދެވަނައަށް އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިޔާއަށެވެ.
މި ރެކޯޑް މިހާރު އޮތީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އުމުރުން 45 އަހަރުގައި ކުޅުނު މިސްރުގެ ކީޕަރު އެސާމް އަލް ހަޟަރީ އަތުގައެވެ.
ސްކޮޓްލަންޑްގެ އެޓޭކް ލީޑުކުރާނީ ހާޓްސްގެ ކެޕްޓަން ލޯރެންސް ޝަންކްލޭންޑްއެވެ. އަދި ޓީމުގެ ކެޕްޓަނަކީ ލިވަޕޫލްގެ ތަޖުރިބާކާރު ލެފްޓް ބެކް އެންޑީ ރޮބަޓްސަންއެވެ.
މީގެ އިތުރުން ނަޕޯލީއަށް ކުޅޭ ސްކޮޓް މެކްޓޮމިނޭ އިސްވެ ހުރެ، އިޓަލީގެ ކްލަބްތަކަށް ކުޅޭ ވަރުގަދަ މިޑްފީލްޑް ގްރޫޕެއް މި ސްކޮޑުގައި ހިމެނެއެވެ. ނަމަވެސް ގިނަ ބަޔަކު އުންމީދުކޮށްގެން ތިބި އުދިނޭސީގެ ލެނަން މިލާއަށް ސްކޮޑުން ފުރުސަތު ދީފައެއް ނުވެއެވެ.
ޒުވާން ކުޅުންތެރިންގެ ތެރެއިން ބޯންމަތުގެ 20 އަހަރުގެ ބެން ގޭނަން-ޑޯކް އަދި ރޭންޖާސް އިން ލޯނު އުސޫލުން ކިލްމާނޮކްއަށް ކުޅެމުންދާ 19 އަހަރުގެ ފިންޑްލޭ ކާޓިސް ވަނީ ސްކޮޑަށް ނަގާފައެވެ.
ޑިފެންސްލައިންގައި ރޭންޖާސްގެ ޖޯން ސޫޓާ ހިމެނޭއިރު، އޭނާގެ ކޮއްކޮ ހެރީ ސޫޓާ ކުޅޭނީ އޮސްޓްރޭލިއާ ޓީމަށެވެ.
ސްކޮޓްލަންޑް ސްކޮޑް:
- ގޯލްކީޕަރުން: އެންގަސް ގަން (ނޮޓިންހަމް ފޮރެސްޓް)، ކްރެއިގް ގޯޑަން (ހާޓް އޮފް މިޑްލޯތިއަން)، ލިއަމް ކެލީ (ރޭންޖާސް).
- ޑިފެންޑަރުން: އެރޮން ހިކީ (ބްރެންޓްފޯޑް)، ނޭތަން ޕެޓަސަން (އެވަަޓަން)، އެންޑީ ރޮބަޓްސަން (ލިވަޕޫލް)، ކިއެރަން ޓިއެރްނީ (ސެލްޓިކް)، ގްރާންޓް ހެންލީ (ހިބާނިއަން)، ޖެކް ހެންޑްރީ (އަލް-އިއްތިފާގު)، ޖޯން ސޫޓާ (ރޭންޖާސް)، ސްކޮޓް މެކެނާ (ޑިނާމޯ ޒަގްރެބް)، ޑޮމް ހަޔަމް (ރެކްސްހަމް)، އެންތަނީ ރަލްސްޓަން (ސެލްޓިކް).
- މިޑްފީލްޑަރުން: ސްކޮޓް މެކްޓޮމިނޭ (ނަޕޯލީ)، ޖޯން މެކްގިން (އެސްޓަން ވިލާ)، ބިލީ ގިލްމޯ (ނަޕޯލީ)، ރަޔަން ކްރިސްޓީ (ބޯންމަތް)، ލުވިސް ފާގަސަން (ބޮލޯނިއާ)، ކެނީ މެކްލީން (ނޮރިޗް)، ބެން ގޭނަން-ޑޯކް (ބޯންމަތް)، ފިންޑްލޭ ކާޓިސް (ރޭންޖާސް).
- ފޯވާޑުން: ލޯރެންސް ޝޭންކްލޭންޑް (ހާޓް އޮފް މިޑްލޯތިއަން)، ލިންޑަން ޑައިކްސް (ޗާލްޓަން)، ޗޭ އެޑަމްސް (ޓޮރީނޯ)، ޖޯޖް ހާސްޓް (އިޕްސްވިޗް)، ރޮސް ސްޓުއާޓް (ސައުތްހެމްޕްޓަން).
ސްކޮޓްލަންޑްގެ ވޯލްޑް ކަޕް ކެމްޕޭން ފަށާނީ ޖޫން 14 ވަނަ ދުވަހު ބޮސްޓަންގައި ހައިޓީއާ ދެކޮޅަށް ކުޅޭ މެޗުންނެވެ.
ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި މޮރޮކޯއާ ދެކޮޅަށް ނުކުންނައިރު، ފަހު މެޗުގައި ޖޫން 25 ވަނަ ދުވަހު މިއާމީގައި ބައްދަލުކުރާނީ ބްރެޒިލްއާއެވެ.