އީދަށް ފުރާއިރު ކަނޑުތައް ވަރަށް ގަދަ، ރީނދޫ ސަމާލު ދަންމާލައިފި

މާލެއަށް މޫސުން ގޯސްވުން: އީދަށް ފުރާއިރު ކަނޑުތައް ވަރަށް ގަދަ، ރީނދޫ ސަމާލު ދަންމާލައިފި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބޮޑު އީދަށް ގިނަ ބަޔަކު ފުރަމުން އަންނަ މި ދަނޑިވަޅުގައި، ހެނދުނު ނެރުނު ރީނދޫ ސަމާލު މިއަދު 15:00އާ ހަމައަށް ދަންމާލައިފިއެވެ.

މިއަދު ހެނދުނު 06:30 އިން 10:30އަށް މެޓުން ވަނީ، ނ. އަތޮޅުން އދ. އަތޮޅާއަށް ރީނދޫ ސަމާލު ނެރެފައެވެ. އެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް އޭރު މެޓުން ބުނެފައިވެއެވެ. ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް، ހަވީރު 17:00އާ ހަމައަށް ހއ. އަތޮޅުން ވ. އަތޮޅަށް ވަނީ ވައިޓް އެލާޓު ވެސް ނެރެފައެވެ.

އޭގެފަހުން، އެ އިދާރާއިން ވަނީ، ގަޑިއަކު 25 މޭލާ 30 މޭލު ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެ ކަމަށް ބުނެ ރީނދޫ ސަމާލު ދަންމާލާފައެވެ. އެ ސަމާލު ނެރެފައި ވަނީ، ބ. އަތޮޅުން ފެށިގެން އއ. އަތޮޅަށް 15:00އާ ހަމައަށެވެ.

ވިއްސާރަ ދުވަހެއްގައި ބަޔަކު މަގުމަތީގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންނަ ހަފުތާގައި ވެސް އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށް މެޓުން އިއްޔެ ބުނެފައިވެއެވެ. މިގޮތުން، ކުރިއަށް އޮތް ފަސް ދުވަހު ވެސް ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.

https://sun.mv/222262

މެޓުން އެހެން ބުނިއިރު، މާދަމާއިން ފެށިގެން އީދު ބަންދަށް ހަފުތާއެއްގެ ބޮޑު ޗުއްޓީއެއް ލިބެއެވެ. އެހެންވެ، ގިނަ ބަޔަކު މިއަދުން ފެށިގެން ރަށްތަކަށް ފުރަން ފަށާނެއެވެ. އެކަމަކު، މި ދުވަސްވަރު މޫސުމަށް ސަމާލުވުން ވަރަށް މުހިންމެވެ.

ދިވެހި ނަކަތް ކަލަންޑަރުން ބަލާނަމަ، މިއަދަކީ ރޯނު ނަކަތުގެ ދެވަނަ ދުވަހެވެ. މި ނަކަތުގައި ގަދަވަޔާއެކު، ވިއްސާރަ ކުރާނެއެވެ.

ބޮޑު އީދު ބަންދާ ދިމާކޮށް ގިނަ ބަޔަކު ރަށްރަށަށް ފުރަމުންދާއިރު، ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ ކަނޑުތައް ވަނީ ގަދަވެފައެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ވައިގަދަވާނެ ކަމަށް ލަފާކޮށް، ބައެއް އަތޮޅުތަކަށް ރީނދޫ އަދި ހުދު ސަމާލު ނެރެ، އޭގެ ވަގުތުތައް އިތުރުކޮށްފައެވެ. ކުރިއަށް އޮތް ފަސް ދުވަހުވެސް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.

  • ބ. އަތޮޅުން ފެށިގެން އއ. އަތޮޅަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެތީ ވަނީ ރީނދޫ ސަމާލު ނެރެފައެވެ.
  • ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް ކަނޑުތައް ގަދަވާނެތީ ހުދު ސަމާލު ވަނީ ނެރެފައެވެ.
  • ކުރިއަށް އޮތް ފަސް ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
  • މިއީ ރޯނު ނަކަތުގެ ދުވަސްވަރު ކަމަށްވުމުން، އީދަށް ދަތުރުކުރާ ފަރާތްތަކުން ސަލާމަތީ ފިޔަވަޅުތަކަށް އިސްކަންދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
  • އީދު ޗުއްޓީގެ ދަތުރުތައް ރޭވުމުގައި މޫސުމުގެ އެންމެ ފަހުގެ މައުލޫމާތު ހޯދައިގެން ކުރިއަށްދިއުން.
  • ރީނދޫ އަދި ހުދު ސަމާލު ނެރެފައިވާ ސަރަހައްދުތަކުގައި ކަނޑުދަތުރުކުރުން މަޑުޖައްސާލުން ނުވަތަ ރައްކާތެރިކަން ކަށަވަރުކުރުން.
  • ކުރިއަށް އޮތް ހަފުތާގައިވެސް ވިއްސާރަކުރާނެކަން ދެނެގަނެ، ދަތުރުތަކަށް ދުރާލާ ފުރިހަމައަށް ތައްޔާރުވުން.
comment ކޮމެންޓް