ތިރީސް އަހަރަށްފަހު އެސްޓަން ވިލާއަށް ތަށްޓެއް

ޔުރޮޕާ ލީގުގެ ޓްރޮފީއާއެކު އެސްޓަންވިލާ--

ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދައި، 30 އަހަރުގެ ދިގު އިންތިޒާރަކަށްފަހު އެސްޓަން ވިލާ އިން ފުރަތަމަ ފަހަރަށް ބޮޑު މުބާރާތެއްގެ ތަށި އުފުލާލައިފިއެވެ.

ޔޫރަޕްގެ ދެވަނައަށް އެންމެ ބޮޑު ކްލަބް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އެސްޓަން ވިލާ އިން ކަށަވަރުކުރީ ރޭ ކުޅުނު ފައިނަލް މެޗުގައި ޖަރުމަނުގެ ފްރެއިބާގްގެ މައްޗަށް 3-0 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.

މިއީ 44 އަހަރަށްފަހު ޔޫރަޕްގެ މުބާރާތެއް އެސްޓަން ވިލާ އިން ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އެ ކްލަބުން އެންމެ ފަހުން ޔޫރަޕްގެ ތައްޓެއް ހޯދީ 1982 ވަނަ އަހަރުގެ ޔޫރަޕިއަން ކަޕްގައެވެ. އަދި މިއީ 1996 ވަނަ އަހަރުގެ ލީގު ކަޕަށްފަހު އެ ޓީމަށް ލިބުނު ފުރަތަމަ ކާމިޔާބީއެވެ.

ތުރުކީގެ އިސްޓަންބޫލްގެ ބެޝިކްޓާސް ޕާކްގައި ކުޅުނު މި ފައިނަލް މެޗަށް ވިލާ ނިކުތްއިރު، އެ ޓީމުގެ ކޯޗު އުނެއި އެމެރީއަކީ މި މުބާރާތުގައި އެންމެ ކާމިޔާބު ތާރީޚެއް އޮތް އެއް ކޯޗެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން ހަތަރު މިނިޓަށް ވެފައިވަނިކޮށް ޔޫރީ ޓިއެލެމަންސް ޖަހައިދިން ލަނޑުން ވިލާ އިން މެޗުގެ ލީޑު ނެގިއެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެމީ ބުއެންޑިއާ ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްދީފައެވެ.

އެސްޓަން ވިލާގެ ތިންވަނަ ލަނޑު ދެވަނަ ހާފުގެ 58 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ މޯގަން ރޮޖާސްއެވެ.

މީގެ 10 އަހަރު ކުރިން ޕްރިމިއާ ލީގުން ރެލިގޭޓްވި އެސްޓަން ވިލާއާ 2022 ވަނަ އަހަރު ކޯޗު އުނެއި އެމެރީ ހަވާލުވުމަށްފަހު، އޭނާ ވަނީ ޓީމަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.

އެގޮތުން ފާއިތުވި ސީޒަންތަކުގައި އޭނާ ވަނީ ޕްރިމިއާ ލީގުގެ ގަދަ ފަހަކުން އެސްޓަން ވިލާއަށް ޖާގަ ހޯދައިދީ، ޔޫރަޕްގެ ގަދަބާރަކަށް އެ ޓީމު ހަދާފައެވެ.

މި ސީޒަނުގެ އެންމެ ފަހު މެޗުގައި އަންނަ އާދީއްތަ ދުވަހު އެސްޓަން ވިލާ ނިކުންނާނީ މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ.

ޔޫރޮޕާ ލީގުގެ ފައިނަލްގައި ޖަރުމަނުގެ ފްރެއިބާގްގެ މައްޗަށް 3-0 ގެ ނަތީޖާއަކުން ކުރިހޯދައި، އެސްޓަން ވިލާއިން ވަނީ 30 އަހަރުގެ ދިގު އިންތިޒާރަކަށްފަހު ބޮޑު މުބާރާތެއްގެ ތަށި އުފުލާލާފައެވެ. ތުރުކީގެ އިސްޓަންބޫލްގައި ކުޅުނު މި މެޗަކީ 1982 ވަނަ އަހަރަށްފަހު އެ ކްލަބުން ޔޫރަޕްގެ މުބާރާތެއް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. ކޯޗު އުނެއި އެމެރީގެ އިރުޝާދުގެ ދަށުން އެ ޓީމު ވަނީ ވަރަށް ބޮޑު ކުރިއެރުމެއް ހޯދައި، ޔޫރަޕްގެ ގަދަބާރަކަށް ބަދަލުވެފައެވެ.

  • މެޗުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ޔޫރީ ޓިއެލެމަންސް، އެމީ ބުއެންޑިއާ އަދި މޯގަން ރޮޖާސްއެވެ.
  • މިއީ 1996 ވަނަ އަހަރުގެ ލީގު ކަޕަށްފަހު އެ ޓީމަށް ލިބުނު ފުރަތަމަ ބޮޑު ކާމިޔާބީއެވެ.
  • 2022 ވަނަ އަހަރު ކޯޗު އެމެރީ ޓީމާ ހަވާލުވުމަށްފަހު، ޕްރިމިއާ ލީގުގެ ގަދަ ފަހަކުން ޖާގަ ހޯދައިދީފައިވެއެވެ.
  • މި ސީޒަނުގެ ފަހު މެޗުގައި އަންނަ އާދީއްތަ ދުވަހު އެ ޓީމު ނިކުންނާނީ މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ.
  • ޔޫރޮޕާ ލީގުގެ ތަށި އެސްޓަން ވިލާއިން ކަށަވަރުކުރުން.
  • 44 އަހަރަށްފަހު ޔޫރަޕްގެ މުބާރާތެއްގެ ތަށި އެ ކްލަބަށް ލިބުން.
  • ކޯޗު އުނެއި އެމެރީގެ ދަށުން ޓީމުގެ ފެންވަރު ރަނގަޅުވެ، ބޮޑު ކުރިއެރުމެއް ހޯދުން.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު