އަވަސް ފަރުވާއަށް ހޮސްޕިޓަލަށް ގެންދިޔަ ގައިދީއަކު ފިލައިފި

ބަންދުގައި ހުއްޓައި، އަވަސް ފަރުވާއަށް ހޮސްޕިޓަލަށް ގެންދިޔުމުން ފިލި މީހާ ---- ފޮޓޯ/ ކަރެކްޝަން

އަވަސް ފަރުވާއަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ގައިދީއަކު، މިއަދު ފިލައިފިއެވެ.

ފިލާފައި ވަނީ، ހުޅުމާލެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ، ލ. މާބައިދޫ، ސަބުނަމްހައުސް، އުމުރުން 29 އަހަރުގެ ހުސައިން ޝަހްބާންއެވެ.

ކަރެކްޝަންސް އިން ބުނީ، އޭނާ ފިލާފައި ވަނީ އަވަސް ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ފަހުން ކަމަށެވެ. އެހެންވެ، އޭނާ ހޯދުމަށް ފުލުހުންނާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ކަރެކްޝަންސް އިން ވަނީ ބުނެފައެވެ.

އޭނާ އެންމެ ފަހުން ހައްޔަރު ކޮށްފައިވަނީ, ފަަޅަށް އޮންނަ ގ. ހިޔާރޯދިގޭގައި މިދިޔަ މާޗް މަހުގެ 18 ވަނަ ދުވަހު އަލިފާން ރޯކޮށްލި ކަމުގެ ތުހުމަތުގައެވެ. އެ މައްސަލާގައި ޝަރީއަތް ނިމެންދެން އޭނާ ވަނީ ބަންދުކޮށްފައެވެ.

އޭގެއިތުރަށް، މި މައްސަލައާ ގުޅޭ މައުލޫމާތެއް ލިބިއްޖެނަމަ، ވީ އެންމެ އަވަހަކަށް 3322111އަށް ގުޅައިގެން އެ ކަމެއް އެންގުމަށް އެ އިދާރާއިން އެދެއެވެ.

https://sun.mv/222173

މި ފަދަ މައްސަލައެއް މިދިޔަ ހަފުތާގައި ވެސް ފެންމަތިވިއެވެ. މިގޮތުން، މާލެ ކަސްޓޯޑިއަލްގައި ހުރި މީހަކަށް އައިޖީއެމްއެޗުގައި ފަރުވާ ދެނިކޮށް މި މަހުގެ 13ގައި ފިލިއެވެ. އޭނާ ހޯދުނީ، އޭގެ ފަސް ދުވަސް މިދިޔަ ހޯމަ ދުވަހެވެ.

އޭގެކުރިން މި މަހުގެ ކުރީކޮޅު ވެސް ގއ. ވިލިނގިލީގައި ފުލުހުންގެ ބަންދުގައި ހުއްޓައި، ފިލި މީހަކު ފުލުހުން ވަނީ އަލުން ހޯދާފައެވެ.

ހުޅުމާލެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ލ. މާބައިދޫ ސަބުނަމްހައުސް، އުމުރުން 29 އަހަރުގެ ހުސައިން ޝަހްބާން، އަވަސް ފަރުވާއަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ފަހުން މިއަދު ވަނީ ފިލާފައެވެ. އޭނާއަކީ ފަޅަށް އޮންނަ ގެއެއްގައި މިދިޔަ މާޗު މަހުގެ 18 ވަނަ ދުވަހު އަލިފާން ރޯކޮށްލި ކަމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެކެވެ. މީނާ ފިލުމާ ގުޅިގެން ކަމާބެހޭ ފަރާތްތަކާއި ފުލުހުން ގުޅިގެން އޭނާ ހޯދުމުގެ ހާއްސަ މަސައްކަތްތަކެއް މިހާރު ވަނީ ފަށާފައެވެ. މީގެ އިތުރުން، ފަހަކަށް އައިސް ފުލުހުންގެ ބަންދުގައި ތިބޭ މީހުން ފަރުވާއަށް ހޮސްޕިޓަލަށް ގެންދާ ވަގުތުތަކުގައި ފިލުމުގެ މައްސަލަތައް ތަކުރާރުވަމުން އަންނަކަން ފާހަގަކުރެވެއެވެ.

  • ހުޅުމާލެ ހޮސްޕިޓަލަށް ފަރުވާއަށް ގެންދިޔަ ގައިދީއަކު ވަނީ ފިލާފައެވެ.
  • ފިލާފައިވާ މީހާ ހޯދުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ދަނީ ކުރަމުންނެވެ.
  • އޭނާއަކީ އަލިފާނުގެ ހާދިސާއަކާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހެކެވެ.
  • މި މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ 3322111 އަށް ގުޅުމަށް ވަނީ އެދިފައެވެ.
  • މިފަދަ ފިލުމުގެ މައްސަލަތައް ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ.
comment ކޮމެންޓް