އުރީދޫ އެމް-ފައިސާއިން ޑިޖިޓަލްކޮށް ޢީދު ހަދިޔާ ފޮނުވޭނެ ހާއްސަ ޚިދުމަތެއް ތައާރަފުކޮށްފި

އުރީދޫ އެމް-ފައިސާއިން ޑިޖިޓަލްކޮށް ޢީދު ހަދިޔާ ފޮނުވޭނެ ހާއްސަ ޙިދުމަތެއް ތައާރަފުކުރުން.. ފޮޓޯ/ އުރީދޫ

ރާއްޖޭގައި ފުރަތަމަ ފަހަރަށް، ޑިޖިޓަލްކޮށް ޢީދު ހަދިޔާ ފޮނުވޭނެ ހާއްސަ ޚިދުމަތެއް އުރީދޫ އެމްފައިސާއިން މިއަދު ތައާރަފުކޮށްފިއެވެ.

އުރީދޫއިން ބުނި ގޮތުގައި މި ޚިދުމަތަކީ އަޟްޙާ ޢީދާ ގުޅުވައިގެން، އާއިލާއާއި ގާތް ރަހުމަތްތެރިންނަށް ފަސޭހަކަމާއެކު ޢީދު ހަދިޔާ ފޮނުވުމުގެ ފުރުސަތު ކަސްޓަމަރުންނަށް ފަހިކޮށްދިނުމަށް ތައާރަފުކުރި ޚިދުމަތެކެވެ.

މި އައު ޚިދުމަތުގެ ދަށުން، ކަސްޓަމަރުންނަށް އެމް-ފައިސާ ޑިޖިޓަލް ވޮލެޓް މެދުވެރިކޮށް، ކޮންމެ ވަގުތަކު އަދި ކޮންމެ ތަނެއްގައި ހުރެގެން ވެސް ފައިސާ ޢީދު ހަދިޔާގެ ގޮތުގައި ފޮނުވާލެވޭނެއެވެ.

އެމް-ފައިސާ އެޕް މެދުވެރިކޮށް ޢީދު ހަދިޔާ ފޮނުވާލުމަށް:

• އެމް-ފައިސާ އެޕް ހުޅުވާލާ،

• އެޕްގައިވާ "އީދު ހަދިޔާ" ބެނާއަށް ކްލިކް ކުރައްވާ،

• ފޮނުވަން ބޭނުންވާ ހަދިޔާ އިހްތިޔާރު ކުރައްވާ، ނުވަތަ ހަދިޔާ ގޮތުގައި ފޮނުވަން ބޭނުންވާ އަދަދު ޖައްސަވާ،

• ޢީދުގެ ތަހުނިޔާ މެސެޖެއް ހިމަނާލާ،

• ޢީދު ހަދިޔާ ފޮނުވަން ބޭނުންވާ ފަރާތުގެ އެމްފައިސާ މޮބައިލް ނަންބަރު ޖައްސަވާ،

• އޯ.ޓީ.ޕީ ނަންބަރު ޖެއްސެވުމަށްފަހު ވަގުތުން ފޮނުވާލާ.

މި ހިދުމަތަކީ އެމްފައިސާގައި ރަޖިސްޓްރީވެފައިވާ ހުރިހާ ކަސްޓަމަރުންނަށް ވެސް ފަސޭހަކަމާ، އަދި ރައްކާތެރިކަމާއެކު ބޭނުންކުރެވޭނެ ހިދުމަތެއް ކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫއިން އިތުރަށް ބުނީ، ޢީދުގެ އުފަލާ ގުޅިފައިވާ އެކަކު އަނެކަކަށް ހަދިޔާ ބަދަލުކުރުމުގެ ރީތި އާދަ، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދެމެހެއްޓުމަށް މަގުފަހިކޮށްދިނުމަކީ އެ ކުންފުނީގެ ވަރަށް ބޮޑު މަގްސަދެއް ކަމަށެވެ.

އެމްފައިސާ ހިދުމަތަށް ރަޖިސްޓާ ކޮށްލުމަށް އުރީދޫގެ ވެބްސައިޓް http://ore.do/mf މެދުވެރިކޮށް މިހާރު ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

އުރީދޫ މޯލްޑިވްސްގެ އަމާޒަކީ ޒަމާނީ ފިންޓެކް ވަސީލަތްތަކުގެ އެހީގައި ދިވެހިންގެ ޑިޖިޓަލް ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ.

އުރީދޫގެ އެމް-ފައިސާ ޑިޖިޓަލް ވޮލެޓް މެދުވެރިކޮށް، ކަސްޓަމަރުންނަށް ކޮންމެ ވަގުތަކު އަދި ކޮންމެ ތަނެއްގައި ހުރެގެންވެސް ރައްކާތެރިކަމާއެކު އާއިލާއާއި ރައްޓެހިންނަށް ފައިސާގެ ގޮތުގައި ޢީދު ހަދިޔާ ފޮނުވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ. މި ޚިދުމަތުގެ މައިގަނޑު މަޤްޞަދަކީ ޒަމާނީ ފިންޓެކް ޓެކްނޮލޮޖީގެ އެހީގައި، ދިވެހިންގެ ތެރޭގައި އޮންނަ ޢީދު ހަދިޔާ ބަދަލުކުރުމުގެ ރީތި އާދަ ދެމެހެއްޓުމަށް މަގުފަހިކޮށްދިނުމެވެ. އެމް-ފައިސާގައި ރަޖިސްޓަރީވެފައިވާ ކޮންމެ ފަރާތަކަށްމެ މި ޚިދުމަތް ވަގުތުން، ފަސޭހަކަމާއެކު ބޭނުންކުރެވޭނެ ކަމަށް އުރީދޫން ވަނީ ހާމަކޮށްފައެވެ. މި ޚިދުމަތަކީ ދިވެހިންގެ ޑިޖިޓަލް ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދިނުމަށް އުރީދޫން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު އިތުރު ފިޔަވަޅެކެވެ. ކަސްޓަމަރުންނަށް އެމް-ފައިސާ އެޕްލިކޭޝަން މެދުވެރިކޮށް ޢީދުގެ ތަހުނިޔާ މެސެޖަކާއެކު ހަދިޔާ ފޮނުވުމުގެ ފުރުސަތު މިހާރު ވަނީ ފަހިވެފައެވެ.

  • ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑިޖިޓަލްކޮށް ޢީދު ހަދިޔާ ފޮނުވޭނެ ނިޒާމެއް އުރީދޫން ޤާއިމުކުރުން.
  • އެމް-ފައިސާ އެޕްލިކޭޝަންގެ ޚާއްޞަ ބެނާ މެދުވެރިކޮށް ފައިސާގެ އަދަދާއި ތަހުނިޔާ މެސެޖު ހިމަނައިގެން ފަސޭހައިން ފޮނުވުން.
  • އޯޓީޕީ ނަންބަރު ބޭނުންކޮށްގެން ފައިސާގެ މުޢާމަލާތްތައް ރައްކާތެރިކަމާއެކު ކަށަވަރުކޮށް ވަގުތުން ފޮނުވާލުން.
  • ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދިވެހިންގެ ޑިޖިޓަލް ދިރިއުޅުން ފުރިހަމަކޮށްދީ، ސަގާފީ އާދަތައް ދެމެހެއްޓުމަށް އަމާޒު ހިފުން.
comment ކޮމެންޓް