13 އަހަރަށްފަހު އަލީ ރަމީޒުގެ ހިތްގައިމު ޢީދު މަދަހައެއް، އަޑުއަހާ ފޫހިނުވޭ!

މަދަހައިގެ ކަވަރ ފޮޓޯއެއް...

ދިވެހިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ މަޝްހޫރު މަދަހަ ކިޔުންތެރިޔާ އަލީ ރަމީޒު، ތޭރަ އަހަރުގެ މެދުކެނޑުމަކަށްފަހު އައު ޢީދު މަދަހައެއް ރިލީޒްކޮށް އަނެއްކާވެސް ދިވެހިންގެ ހިތްތައް ފަތަހަކޮށްފިއެވެ.

މި މަދަހަ ރިލީޒްކޮށްފައިވަނީ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރާ އަލީ ރަމީޒް އިސްވެ ހުންނަވާ އުފައްދާފައިވާ ޖަމްއިއްޔާއެއް ކަމަށްވާ "މަންފާ" ގެ ޕްރޮޑަކްޝަނެއްގެ ގޮތުގައެވެ.

"ޢީދު މުބާރަކު" ގެ ނަމުން ނަންދީފައިވާ މި މަދަހައަކީ ކުޅަދާނަ ޅެންވެރިޔާ އާދަމް ޙަލީމް އަދުނާން ތައްޔާރުކޮށްފައިވާ ފުން މާނަތަކެއް އެކުލެވޭ ރީތި ޅެމަކަށް ތައްޔާރުކޮށްފައިވާ މަދަހައެކެވެ.

އަލީ ރަމީޒްގެ "ޢީދު މުބާރިކް" މަދަހަ ވީޑިއޯގެ ސްކްރީންޝޮޓެއް...

މި މަދަހައިގެ މައިގަނޑު ވޯކަލިސްޓަކީ އަލީ ރަމީޒު ކަމަށްވީ ނަމަވެސް، އޭނާއާއެކު އިތުރު ކުޑަކުދިންތަކެއްގެ އަޑު ވެސް މި މަދަހައިން އިވިގެންދެއެވެ.

މަންފާ ޖަމިއްޔާއިން މި މަދަހަ އާންމުކޮށްފައިވަނީ ވަރަށް ހިތްގައިމު ވީޑިއޯއަކާ ވެސް އެކުގައެވެ.

މިއީ މީގެ ތޭރަ އަހަރު ކުރިން އަލީ ރަމީޒު ނެރުނު "ތަހާނީ" އަލްބަމަށްފަހު އޭނާ ނެރުނު ފުރަތަމަ ޢީދު މަދަހައެވެ. "ތަހާނީ" އަކީ ރާއްޖޭގައި މިހާތަނަށް ޢީދަކާ ގުޅުވައިގެން ނެރުނު އެންމެ ކާމިޔާބު އަދި ދިވެހިންގެ މެދުގައި މިއަދާ ހަމައަށް ވެސް އެންމެ މަގުބޫލު އެއް މަދަހަ އަލްބަމެވެ.

މި މަދަހާއި ގުޅޭގޮތުން "ސަން" އަށް އަލީ ރަމީޒް ވިދާޅުވީ މި މަދަހަ ކިޔުމުގެ ވިސްނުން އައީ މިހާރު ޢީދަކަށް މަދަހައެއް ނުނެރޭތާ 13 އަހަރުގެ ދިގު މުއްދަތެއް ފާއިތުވެގެން ދިއުމުން ގިނަ ބަޔަކު އާ މަދަހައަކަށް ބޭނުން ޖެހިފައިވާތީ އެކަމަށް ވިސްނާފައިކަމަށެވެ.

"މިހާރު އަސްލު އެ މަދަހަ ކިޔާފައި އެވަނީ އެންމެ ފަހުން މަދަހައެއް ނެރެފައިވަނީ މީގެ 13 އަހަރު ކުރި، އެއީ ދެން ވަރަށް ކުރި. އެހެންވެ ގިނަ ބަޔަކު އާ މަދަހައަކަށް ވަރަށް ބޭނުންޖެހިފައި ތިބީމަ މަދަހައެއް ހަމަ ނެރެލީ،" އަލީ ރަމީޒް ބުންޏެވެ.

މީގެ އިތުރުން އަލީ ރަމީޒް ބުނީ މި މަދަހަ ރިލީޒް ކުރި ހިސާބުން ފެށިގެން ގިނަ ބަޔަކު އޭނާގެ މަދަހައަކަށް ބޭނުން ވެފައިތިބިކަން އެނގިގެން ހިނގައްޖެކަމަށެވެ.

މި އާއި އެކު އަލީ ރަމީޒު ވަނީ އޭނާގެ ފޭނުންނަށް އުފާވެރި ޚަބަރެއް ވެސް ދީފައެވެ. އެއީ އަންނަ އަހަރުގެ ބޮޑު ޢީދާ ދިމާކޮށް އިތުރު ޢީދު މަދަހަތަކެއް ނެރުމަށް ގަސްތުކުރާ ވާހަކައެވެ. މިއީ ގިނަ ދުވަސްތަކަކަށްފަހު އަލީ ރަމީޒުގެ އަޑުން ޢީދު މަދަހަ އަޑުއަހާލަން ބޭނުންވެފައި ތިބި ފަރާތްތަކަށް ލިބުނު ބޮޑު އުފަލެކެވެ.

"މިހާރު ނިންމައިފިން އަންނަ ބޮޑު ޢީދަށް އިންޝާ ﷲ އިތުުރު މަދަހަތަކެއް ނެރެން،" އަލީ ރަމީޒް ބުންޏެވެ.

އަލީ ރަމީޒަކީ ދިވެހިންގެ ހިތްތަކުން ޚާއްސަ މަގާމެއް ހޯދާފައިވާ ވަރަށް ކުޅަދާނަ ފަންނާނެކެވެ. އޭނާ ކިޔާފައިވާ މަޝްހޫރު މަދަހަތަކުގެ ތެރޭގައި "ކުޑަކުޑަ ދަރިފުޅު ރޯލުމުން"، "ބައްޕަދޭ ހެޔޮހާ ނަސޭހަތް" އަދި "ޒުވާންކަން މިލާ މޯޅިވާތަން ދެކޭށޭ" ފަދަ އެތައް މަދަހައެއް ހިމެނެއެވެ.

އޭނާގެ ބައެއް މަދަހަތަކަށް ޔޫޓިއުބްގައި އެކަނި ވެސް ތިން މިލިއަނަށްވުރެ ގިނަ ވިއުސް ލިބިފައިވެއެވެ.

ދިވެހިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ މަޝްހޫރު މަދަހަ ކިޔުންތެރިޔާ އަލީ ރަމީޒު، 13 އަހަރުގެ ދިގު މެދުކެނޑުމަކަށްފަހު، "ޢީދު މުބާރަކު" ގެ ނަމުގައި އައު މަދަހައެއް އޭގެ ހިތްގައިމު ވީޑިއޯއަކާއެކު އާންމުކޮށްފިއެވެ. މި އުފެއްދުމަކީ، ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަގުސަދުގައި އޭނާ އިސްވެ ހުންނަވައިގެން ހިންގަވާ "މަންފާ" ޖަމިއްޔާގެ ފަރާތުން އާންމުކުރި ޕްރޮޑަކްޝަނެކެވެ. ކުޅަދާނަ ޅެންވެރިޔާ އާދަމް ޙަލީމް އަދުނާންގެ ފުން މާނައެކުލެވޭ ޅެމަކަށް ތައްޔާރުކޮށްފައިވާ މި މަދަހައިގައި، އަލީ ރަމީޒުގެ އިތުރުން ކުޑަކުދިންތަކެއްގެ އަޑުވެސް ވަނީ ހިމަނާފައެވެ.

  • އައު އުފެއްދުން: 13 އަހަރަށްފަހު އަލީ ރަމީޒު ނެރުނު ފުރަތަމަ މަދަހަ "ޢީދު މުބާރަކު".
  • ޕްރޮޑަކްޝަން: ދީނީ ހޭލުންތެރިކަން އާލާކުރުމަށް މަސައްކަތްކުރާ "މަންފާ" ޖަމިއްޔާ.
  • އުފެއްދުމުގެ ބައިވެރިން: މައިގަނޑު އަޑަކީ އަލީ ރަމީޒު ކަމަށްވާއިރު، ޅެން ހަދާފައިވަނީ އާދަމް ޙަލީމް އަދުނާންއެވެ.
  • މުސްތަގުބަލުގެ ރޭވުން: އަންނަ ބޮޑު ޢީދަށް ޚާއްސަކޮށްގެން އިތުރު މަދަހަތަކެއް ނެރުމަށް ވަނީ އިއުލާނުކޮށްފައެވެ (إن شاء الله).
  • އާންމުންގެ ތަރުހީބު: ގިނަ ދުވަސްތަކަކަށްފަހު ނެރުނު މި އުފެއްދުމަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ.
  • ދިގު މުއްދަތެއްގެ މެދުކެނޑުމަކަށްފަހު އައު އުފެއްދުމެއް ބާޒާރަށް ނެރުމުން، އާންމުންގެ މެދުގައި އޮތް ޑިމާންޑް އަދިވެސް ބޮޑުކަން ހާމަވެއްޖެއެވެ.
  • "މަންފާ" ޖަމިއްޔާ މެދުވެރިކޮށް މަދަހަ ނެރުމަކީ، މުޖުތަމައުގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގެންގުޅޭ ސްޓްރެޓީޖިކް އަމާޒެކެވެ.
  • ކުރިމަގުގައި އިތުރު މަދަހަތައް ނެރުމަށް ރާވާފައިވުމަކީ، ދެމެހެއްޓެނިވި ގޮތެއްގައި ފަންނީ އުފެއްދުންތައް މާކެޓަށް ނެރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
comment ކޮމެންޓް