މަޖިލީހަށް ނައިބު ރައީސެއް ހޮވަން މިއަދު ޖަލްސާއެއް ބާއްވަނީ

ރައްޔިތުންގެ މަޖިލީޙުގެ ޖަލްސާއެއްގެ ތެރެއިން: މިއަދު މެންދުރު ޖަލްސާއެއް ބޭއްވުމަށް ވަނީ ތާވަލް ކޮށްފަ...

ރައްޔިތުންގެ މަޖިލީހަށް އާ ނައިބު ރައީސަކު އިންތިހާބު ކުރުމަށްޓަކައި، މިއަދު އިތުރު ޖަލްސާއެއް ބޭއްވުމަށް ތާވަލްކޮށްފިއެވެ.

މި ޖަލްސާ ބާއްވަން ތާވަލް ކޮށްފައިވަނީ މިއަދު މެންދުރު 1:00 ގައެވެ.

މިއަދުގެ 9:00 އަށް މަޖިލީހުގެ ޖަލްސާއެއް އެޖެންޑާ ކޮށްފައި ވަނީ, މަޖިލީހުގެ ނައިބު ރައީސް ކަމުން އަޙްމަދު ނާޒިމް ވަކިކުރުމަށްޓަކައެވެ. އެ ޖަލްސާ ފަށަން މާ ގިނައިރު ތަކެއް ނުވަނީސް ނާޒިމް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

https://www.sun.mv/222663

އެހެންކަމުން ހެނދުނު ބޭއްވި ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ނާޒިމް އިސްތިއުފާ ދެއްވިކަން ރަސްމީކޮށް އިއުލާން ކުރައްވާފައެވެ. އެއަށްފަހު، އެޖެންޑާގައި އިތުރު ކަމެއް ނެތުމުން ހެނދުނުގެ ޖަލްސާ ނިންމަވާލެއްވުމަށްފަހު، މެންދުރު 1:00 ގައި އިތުރު ޖަލްސާއެއް އޮންނާނެކަން އިއުލާން ކުރެއްވިއެވެ.

މެންދުރު ބާއްވާ ޖަލްސާގެ ރަސްމީ އެޖެންޑާ އަދި އިއުލާން ނުކުރި ނަމަވެސް، "ސަން" އަށް އެނގިފައިވާ ގޮތުގައި މި ޖަލްސާގައި އޮންނާނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސަކަށް ބޭފުޅަކު އިންތިހާބު ކުރުމެވެ.

މަޖިލީހުގެ ގަވާއިދު ބުނާގޮތުން މި އަހަރުގެ ފުރަތަމަ ދައުރު މި މަހުގެ 14 އަށް ނިމެން އޮތް ނަމަވެސް، މަޖިލީހުން ވަނީ މިހާރު ހިނގަމުންދާ ދައުރު މިއަދުގެ ނިޔަލަށް ދަންމާލާފައެވެ. އެއީ ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ގޮތެއް ނިންމުމަށް ފަހު މަޖިލިސް ޗުއްޓީއަށް ދިއުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަޤާމުގައި ހުންނެވި އަޙްމަދު ނާޒިމް އެ މަޤާމުން އިސްތިއުފާދެއްވުމާ ގުޅިގެން، އާ ނައިބު ރައީސަކު އިންތިޚާބުކުރުމަށްޓަކައި މިއަދު މެންދުރު 1:00 ގައި މަޖިލީހުގެ ޚާއްޞަ ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމަވާފައެވެ. މިއަދު ހެނދުނު 9:00 ގައި ފެށި ޖަލްސާއަކީ ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްގެންދިއުމަށް ތާވަލުކުރި ޖަލްސާއެކެވެ. ނަމަވެސް، ޖަލްސާ ފެށުމާއެކު އޭނާ އިސްތިއުފާދެއްވުމުން، މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވަނީ އެކަން އިޢުލާނުކުރައްވައި އެ ޖަލްސާ ނިންމަވާލައްވާފައެވެ.

  • ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން އަޙްމަދު ނާޒިމް ވަނީ އިސްތިއުފާދެއްވާފައެވެ.
  • އާ ނައިބު ރައީސަކު އިންތިޚާބުކުރުމަށް މިއަދު މެންދުރު 1:00 ގައި ޖަލްސާއެއް ބާއްވާނެއެވެ.
  • ނާޒިމް އިސްތިއުފާދެއްވީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްގެންދިއުމަށް މިއަދު ހެނދުނު ބޭއްވި ޖަލްސާގައެވެ.
  • މަޖިލީހުގެ މިހާރު ހިނގަމުންދާ ދައުރު މިއަދުގެ ނިޔަލަށް ދަންމާލާފައިވަނީ މި މައްސަލަ ނިންމުމަށްފަހު ޗުއްޓީއަށް ދިއުމަށެވެ.
comment ކޮމެންޓް