ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކުހަށް އިތުރު ބަދަލުތަކެއް ގެންނާނެ ކަމަށް ރައީސްގެ އިޝާރާތެއް

ރައީސް ޑރ. މުޙައްމަދު މުއިއްޒު: ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކުހަށް އިތުރު ބަދަލުތަކެއް ގެންނާނެ ކަމުގެ އިޝާރާތެއް ރައީސް ވަނީ ދެއްވައިފައި -- ފޮޓޯ: ރައީސް އޮފީސް

ދުންފަތުން ނަގާ ޓެކުހާއި އޭގެ އަގަށް އިތުރު ބަދަލުތައް ގެންނާނެ ކަމުގެ އިޝާރާތެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

ދުންފަތުގެ އިސްތިމާލްކުރުމާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި މިއަދު ފާހަގަކުރަމުންދާ ދުވަހާ ގުޅުވައި ރައީސް ވިދާޅުވީ، ދުންފަތް ކޮންޓްރޯލްކުރުމަށް އެކުލަވާލާފައިވާ ގާނޫނުތަކާއި ގަވާއިދުތައް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް ސަރުކާރުން ކުރާނެ ކަމަށެވެ. އަދި ދުންފަތުން ނަގާ ޓެކުހާއި އޭގެ އަގު އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން މަސައްކަތްކުރާނޭކަމުގެ ޔަގީންކަން ދެއްވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އެހެން ވިދާޅުވިއިރު މި ސަރުކާރުގައި ދުންފަތް ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅައިފައިވެއެވެ. އޭގެ ތެރޭގައި، 2024 ވަނަ އަހަރުގެ ނޮވެންބަރު މަހު، ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓު ތިން ރުފިޔާއިން އަށް ރުފިޔާއަށް ބޮޑުކުރުން ހިމެނެއެވެ.

https://sun.mv/214013

އެ ބަދަލު ގެނައުމާއެކު ސިނގިރޭޓުގެ އަގު ވަރަށް ބޮޑު އުފުލުނެވެ. އެގޮތުން ސިނގިރޭޓު ކާޓަންއެއްގެ 995 ރުފިޔާއިން 2240 ރުފިޔާއަށް އެ މަހު އެރިއެވެ. އަދި ވަކިން ސިނގިރޭޓު ވިއްކުން މަނާކޮށްފައިވާއިރު، ސިނގިރޭޓު ފޮއްޓެއްގެ އަގު 110އިން ގާތްގަނޑަކަށް 300 ރުފިޔާއަށް ބޮޑުވިއެވެ.

އެހެންނަމަވެސް އެ ބަދަލުތަކާއެކު ސިނގިރޭޓު ވިޔަފާރީގެ ކަޅު ބާޒާރެއް އުފެދި، އަގު ހެޔޮކޮށް ސިނގިރޭޓު ވިއްކުން އިތުރުވިއެވެ. ނަމަވެސް އެ ބަދަލު ތަންފީޒުކުރަން ފެށި ދުވަސްވަރު "ސަން"އަށް މައުލޫމާތު ދިން ބައެއް ވިޔަފާރިވެރިން ވަނީ އޭރު ސިނގިރޭޓުގެ ވިޔަފާރި ދަށްވި ކަމަށް ބުނެފައެވެ.

ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވުމަށް ބާރުއެޅުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ޕޯސްޓަރެއް: ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކުހަށް އިތުރު ބަދަލުތަކެއް ގެންނާނެ ކަމުގެ އިޝާރާތެއް ރައީސް ވަނީ ދެއްވައިފައި --

މީގެ އިތުރުން އެ ބަދަލަށް ސަރުކާރު ތެރެއިން ވެސް ފާޑުކިޔުން އަމާޒުވިއެވެ. އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަކޮޅު ދައުލަތުގެ އާމްދަނީ ދަށްވުމުން، އެއީ ސިނގިރޭޓު އިމްޕޯޓް ޑިއުޓީ ބޮޑުކުރި ފަހުން ސިނގިރޭޓު އެތެރެކުރުން މަޑުޖެހިފައި އޮތުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވިއެވެ.

https://sun.mv/202688

ފާހަގަކޮށްލެވޭ ގޮތުގައި، މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ ވެރިކަން ކުރާ ޕީއެންސީން ވަނީ ނާޒިމް މަގާމުން ދުރުކުރަން މަޖިލީހަށް މައްސަލައެއް ހުށަހަޅައިފައެވެ. އެ ގަރާރު މިއަދަށް އެޖެންޑާކޮށްފައި އޮއްވައި، ނާޒިމް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

ޑިއުޓީ ބޮޑުވުމުން އާމްދަނީ ދަށްވުމުގެ ޝަކުވާއާ ގުޅުވައި ސަރުކާރުން ވަނީ، އެއީ މަދުވި ފައިސާއަށްވުރެ ސިއްހީ ފައިދާ ބޮޑު ކަމަށް ބުނެފައެވެ.

ސިނގިރޭޓު ޑިއުޓީއަށް ބަދަލު ގެނައުމަށް ފަހު، ހަމަ އެ އަހަރު ތެރޭގައި ސަރުކާރުން ވަނީ ރާއްޖޭން ވޭޕް މަނާކޮށްފައެވެ. އެއަށްފަހު، މިދިޔަ އަހަރުގެ ނޮވެންބަރު މަހު ވަނީ، 2007ވަނަ އަހަރުން ފެށިގެން އުފަންވާ އެންމެންނަށް ސިނގިރޭޓު މަނާކޮށްފައެވެ.

ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް ފާހަގަކުރާ ބައިނަލްއަގުވާމީ ދުވަހާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، ދުންފަތް ކޮންޓްރޯލްކުރުމުގެ ގާނޫނުތަކާއި ގަވާއިދުތައް އިތުރަށް ހަރުދަނާކުރާނެކަން ހާމަކުރައްވައިފައެވެ. ސަރުކާރުން އަމާޒުހިފާފައިވަނީ ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކުހާއި އޭގެ އަގަށް އިތުރު ބަދަލުތަކެއް ގެނެސް، ދުންފަތާ ދުރު މުޖުތަމައެއް ބިނާކުރުމަށެވެ. މި ސަރުކާރުން ވަނީ 2024 ވަނަ އަހަރުގެ ނޮވެންބަރު މަހު ސިނގިރޭޓާއި ބިޑީގެ އިމްޕޯޓް ޑިއުޓީ 3 ރުފިޔާއިން 8 ރުފިޔާއަށް ބޮޑުކޮށްފައެވެ. މީގެ ސަބަބުން ސިނގިރޭޓުގެ އަގު އިންތިހާއަށް އުފުލި، ކަޅު ބާޒާރެއް އުފެދުނު ނަމަވެސް، ވިޔަފާރި ވަރަށް ބޮޑަށް ދަށްވިއެވެ. އަދި ޑިއުޓީ ބޮޑުކުރުމުގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް އަސަރުކުރި ނަމަވެސް، ސަރުކާރުން ދެކޭގޮތުގައި މިއީ އިގްތިސާދީ ގެއްލުމަށްވުރެ ސިއްހީ ގޮތުން ލިބޭ މާ ބޮޑު ފައިދާއެކެވެ.

  • ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީ 8 ރުފިޔާއަށް ބޮޑުކުރުން.
  • ސިނގިރޭޓު ކާޓަނެއްގެ އަގު 2240 ރުފިޔާއަށް އަދި ފޮއްޓެއްގެ އަގު 300 ރުފިޔާއަށް އުފުލުން.
  • ވަކިން ސިނގިރޭޓު ވިއްކުމާއި، ވޭޕްކުރުން ރާއްޖޭގައި މުޅިން މަނާކުރުން.
  • 2007 ވަނަ އަހަރުން ފެށިގެން އުފަންވި މީހުންނަށް ސިނގިރޭޓު ވިއްކުން މަނާކުރުން.
  • ޑިއުޓީ ބޮޑުކުރުމުން އާމްދަނީ ދަށްވިނަމަވެސް، ސިއްހީ ފައިދާ މާ ބޮޑުކަމަށް ސަރުކާރުން ކަނޑައެޅުން.
  • ދުންފަތުގެ ޓެކުހާއި އަގު ކޮންޓްރޯލްކުރުމަށް ސަރުކާރުން އިތުރު ފިޔަވަޅުތަކެއް އެޅުމަށް ވަނީ ތައްޔާރުވެފައެވެ.
  • ޓެކުހަށް ގެނައި ބަދަލާއެކު ދައުލަތުގެ އާމްދަނީއަށް އަސަރުކުރިކަމުގެ ފާޑުކިޔުންތައް ސަރުކާރުގެ ތެރެއިންވެސް އަމާޒުވިއެވެ.
  • އިގްތިސާދީ ގެއްލުމަށްވުރެ، ދުންފަތާ ދުރުވުމުން ލިބޭ ސިއްހީ ފައިދާއަށް ސަރުކާރުން ދެނީ އިސްކަމެކެވެ.
comment ކޮމެންޓް