މާރުކޭޓު ބިމުގެ މައްސަލައިގައި އާޒިމް: ރައީސްގެ މޭޔަރުކަމުގައި ހަދާފައިހުރި އެއްބަސްވުންތައް ބާތިލުކުރެވޭތޯ އެބަ ބަލަން

ރައީސް މުއިއްޒާ އެކު މޭޔަރު އާޒިމް: ސިޓީ ކައުންސިލުން ބުނީ ކުރިން މާރުކޭޓު ބިން އޮތީ 2 ކުންފުންޏަށް ދީފައި ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

މާރުކޭޓު ބިމުގެ މައްސަލައިގައި މިހާރު މަސައްކަތްކުރަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ މޭޔަރުކަމުގައި ހަދާފައިހުރި އެއްބަސްވުންތައް ބާތިލްކުރެވޭތޯ ކަމަށް މާލޭ ސިޓީ ކައުންސިލުގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

ޒަމާނީ މާކެޓް ކޮމްޕްލެކްސް ތަރައްގީކުރުމުގެ މަސައްކަތް ނުފެށި ލަސްވާތީ އެކަމާ ގުޅިގެން 'ސަން' އިން ސުވާލުކުރުމުން މިނިސްޓްރީއިން ބުނީ މާކެޓް ކޮމްޕްލެކްސް ތަރައްގީކުރުމަށް ސިޓީ ކައުންސިލުން އަދިވެސް މިނިސްޓްރީއަށް ބިން ހަވާލުނުކުރާކަމަށެވެ.

ލޯކަލް މާރުކޭޓް ހުރި ބިމުގައި ޒަމާނީ މާކެޓް ކޮންޕްލެކްސްއެއް ތަރައްގީކުރުމުގެ މަސައްކަތް ފެށުމަށް މިނިސްޓްރީއަށް ބިން ހަވާލުނުކުރެވިގެން އުޅެނީ، އެ ބިމަކީ ކުރީ ދައުރުގައި ދެ ކުންފުންޏަކާ ހަވާލުކޮށްފައިވާ ބިމަކަށް ވާތީކަމަށް އާޒިމް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

އާޒިމް ވިދާޅުވީ މާރުކޭޓު ހެދުމަށް ކުރިން ދެ ކުންފުންޏަކާ ހަވާލުކޮށްފައި އޮތުމުން މިހާރު މަސައްކަތްކުރަނީ އެ ދެ ކޮންޓްރެކްޓް ކެންސަލްކުރެވޭތޯ ބަލައި އެކަން ކުރުމުގެ މަސައްކަތް ކަމަށެވެ. ބިން ހަވާލުނުކުރެވިގެން އުޅެނީ އެ ދެ ކޮންޓްރެކްޓް އޮތުމުންކަމަށާއި ވިސްނުމަކީ އެ ދެ ކޮންޓްރެކްޓް ކެންސަލްކޮށް މިނިސްޓްރީއަށް ބިން ހަވާލުކުރުން ކަމަށް މޭޔަރު ވަނީ ވިދާޅުވެފައެވެ.

މިހާރު އެހެން ބަޔަކަށް ދީފަ އޮތް ތަނެއް އަޅުގަނޑުމެންނަކަށް މިނިސްޓްރީއަކަށް ހަވާލެއް ނުކުރެވޭނެއެންނު. ދެން މިހާރު ވިސްނުމަކީ އެ ދެ ކޮންޓްރެކްޓް ކެންސަލްކޮށްފައި ސަރުކާރަށް، މިނިސްޓްރީއަށް އެ ބިން ހަވާލުކުރުން. މާލޭގެ މޭޔަރު އާދަމް އާޒިމް

މޭޔަރު މީގެ ކުރިން ވަނީ މި މައްސަލަ ހައްލުކުރަން ކައުންސިލްގެ ބައްދަލުވުންތައް ބާއްވަން މަސައްކަތްކުރި ނަމަވެސް، ކޯރަމް ހަމަނުވުމުގެ ސަބަބުން ޖަލްސާތައް ކުރިއަށް ނުގެންދެވޭ ކަމަށާއި އޭރު މާލޭ ސިޓީ ކައުންސިލްގެ މެޖޯރިޓީ އޮތީ ޕީއެންސީގައި ކަމަށް ވިދާޅުވެފައެވެ.

ޒަމާނީ ވަސީލަތްތަކާ އެކު ހަ ބުރިއަށް އިމާރާތްކުރާ މި މާރުކޭޓު މަޝްރޫއަކީ 117 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ހަ ފަންގިފިލާގެ ވެޓް މާކެޓް ކޮމްޕްލެކްސްއެއް އެޅުމާއި ބޭސްމަންޓުގައި ޕާކުކުރެވޭނޭ ފަދަ ޕާކިން އޭރިއާއަކާއި، ގްރައުންޑް ފްލޯގައި މަސް މާރުކޭޓަކާއި ފުރަތަމަ ތިން ފްލޯގައި ތަރުކާރީ ވިއްކާ މާރުކޭޓެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ. އަދި، ހަތަރުވަނަ ފްލޯގައި ފުޑްކޯޓެއް ތަރައްގީކުރަން ވަނީ ނިންމާފައެވެ.

މާލޭގެ މާރުކޭޓު ހުރި ބިމުގައި ޒަމާނީ މާކެޓް ކޮމްޕްލެކްސްއެއް ތަރައްޤީކުރުމުގެ މަސައްކަތް ލަސްވެފައިވަނީ، އެ ބިން ސިޓީ ކައުންސިލުން ސަރުކާރާ ހަވާލުކޮށްފައި ނުވާތީއެވެ. މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވި ގޮތުގައި ބިން ހަވާލުނުކުރެވި ވަނީ، ކުރީގެ މޭޔަރުގެ ދައުރުގައި އެ ބިން ދެ ކުންފުންޏަކާ ހަވާލުކޮށްފައި އޮތުމުންނެވެ. އެހެންކަމުން މިހާރު ކައުންސިލުގެ އަމާޒަކީ އެ ދެ އެއްބަސްވުން ބާތިލުކުރުމަށްފަހު، ކަމާބެހޭ ވުޒާރާއަށް ބިން ހަވާލުކުރުމެވެ. މި މަޝްރޫޢަކީ 117 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހަ ބުރިއަށް އިމާރާތްކުރާ ޒަމާނީ ތަނެކެވެ. މި އިމާރާތުގައި ޕާކިން އޭރިއާއަކާއި، މަސް މާރުކޭޓަކާއި، ތަރުކާރީ ވިއްކާ ބައިތަކުގެ އިތުރުން ކާބޯތަކެތި ވިއްކާ ބައެއް ހެދުމަށް ވަނީ ނިންމާފައެވެ. މި މައްސަލަ ހައްލުކުރުމަށް ކައުންސިލުން ކުރިން މަސައްކަތްކުރި ނަމަވެސް، ކޯރަމް ހަމަނުވުމުގެ ސަބަބުން އެކަން އޮތީ މަޑުޖެހިފައެވެ.

  • ބިން ހަވާލުކުރުން ލަސްވަނީ ކުރިން ދެ ކުންފުންޏަކާއެކު ވެފައިވާ އެއްބަސްވުންތަކެއްގެ ސަބަބުންނެވެ.
  • ސިޓީ ކައުންސިލުން މިހާރު މަސައްކަތްކުރަނީ މި އެއްބަސްވުންތައް ބާތިލުކުރުމަށެވެ.
  • މިއީ 117 މިލިއަން ރުފިޔާގެ ބޮޑު މަޝްރޫޢެކެވެ.
  • އައު އިމާރާތަކީ ހަ ބުރިއަށް، ޒަމާނީ ފެންވަރަށް ތަރައްޤީކުރެވޭނެ ތަނެކެވެ.
  • ކުރިން ކައުންސިލް ބައްދަލުވުންތަކުގެ ކޯރަމް ހަމަނުވުމުން މި މައްސަލަ އޮތީ ނުނިމިއެވެ.
comment ކޮމެންޓް