"ޓެލްކޯ އޮފް ދަ އިޔާ، ސްމޯލް މާކެޓްސް އެވޯޑު" ދިރާގުން ކާމިޔާބުކޮށްފި

"ޓެލްކޯ އޮފް ދަ އިޔާ – ސްމޯލް މާކެޓްސް އެވޯޑު" ދިރާގުން ކާމިޔާބުކޮށްފި

'ޓްވިމްބިޓް ޓެލެކޮމް އެވޯޑްސް 2026' ގައި، 'ޓެލްކޯ އޮފް ދަ އިޔާ – ސްމޯލް މާކެޓްސް' ގެ އެވޯޑު ދިރާގުން ކާމިޔާބުކޮށްފިއެވެ.

މިއީ ރާއްޖޭގެ އެންމެ ކުރިއަރާފައިވާ ޑިޖިޓަލް ޚިދުމަތް ފޯރުކޮށްދޭ ކުންފުނީގެ ގޮތުގައި ދިރާގުން ދަމަހައްޓަމުން އަންނަ މަގާމު އިތުރަށް ކަށަވަރުވެ، އެ ކުންފުނީގެ ޚިދުމަތުގެ ފެންވަރު ބައިނަލްއަގުވާމީ މައިދާނުގައި ހާމަވެގެންދިޔަ ކާމިޔާބީއެއްގެ ގޮތުގައި ދިރާގުން ވަނީ ސިފަކޮށްފައެވެ.

ދިރާގުން ބުނި ގޮތުގައި އޭޝިއާގެ ކުރިއަރަމުން އަންނަ ކުދި މާކެޓްތަކަށް ޚިދުމަތް ދޭ މުވާސަލާތީ ގިނަ ކުންފުނިތަކާ ވާދަކޮށް ދިރާގަށް މި އެވޯޑު ހާސިލުކުރުމަކީ، ދިރާގުން މި ސިނާއަތުގައި ކުރަމުންދާ މުހިންމު މަސައްކަތްތައް ހާމަކޮށްދޭ ކަމެކެވެ.

މި ކާމިޔާބީއާ ގުޅޭ ގޮތުން ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އިސްމާއިލް ރަޝީދު ވިދާޅުވީ، މި އެވޯޑްއިން ރަމްޒު ކޮށްދެނީ ދިރާގުން ރާއްޖޭގެ މުވާސަލާތީ ޚިދުމަތް ފޯރުކޮށް ދިނުމުގައި ސާބިތުކަމާއިއެކު ހޯދަމުން ގެންދާ ކުރިއެރުންތަކާއި ކަސްޓަމަރުން ކުރާ އިތުބާރު ކަމަށެވެ. އަދި ދިރާގު ޓީމުގެ މިންނަތް މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ.

"ވަކިން ޚާއްސަކޮށް ވޭތުވެދިޔަ އަހަރު ދިރާގުން ރާއްޖޭގެ މުވާސަލާތީ ތާރީޚުގައި މުހިންމު ލަނޑުދަނޑިއެއް ހާސިލްކޮށް، މީހުން އުޅޭ ހުރިހާ ރަށެއްގައި ފައިބާ ބްރޯޑްބޭންޑްގެ ޚިދުމަތް ފޯރުކޮށްދީ ނިންމުމާއެކު މިއަދު މިވަނީ ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށަކަށް މޯބައިލް އަދި ހައިސްޕީޑް ފައިބާ ބްރޯޑްބޭންޑްގެ ޚިދުމަތް ފައިބާ މެދުވެރިކޮށް ހުރިހާ ޑިޖިޓަލް ޚިދުމަތްތަށް ބޭނުންކުރުމުގެ ފުރުސަތު ފަހިކޮށް ދެވިފައި،" އޭނާ ވިދާޅުވިއެވެ.

"...ވީމާ މި އެވޯޑް މިއަހަރު ލިބުމަކީ އަޅުގަޑުމެންގެ މި މަސައްކަތަށް ލިބުނު ވަރަށް ބޮޑު ތަރުހީބެއް، އަދި އަޅުގަޑުމެންނަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް،'' އޭނާ ވިދާޅުވިއެވެ.

ޓްވިމްބިޓް ޓެލެކޮމް އެވޯޑްސްއަކީ އޭޝިއާ ސަރަހައްދުގެ މުވާސަލާތީ އަދި ޓެކްނޮލޮޖީގެ ދާއިރާގެ ކުންފުނިތަކަށް އީޖާދީ އައު ކަންކަމާއި، މާލީ ކުރިއެރުމާއި، ކަސްޓަމަރުންގެ ތަޖުރިބާ ފުރިހަމަކުރުމުގެ އިތުރުން ޑިޖިޓަލް ކުރިއެރުންތަކުގައި ހޯދަމުންދާ ކާމިޔާބީތަކުގެ އަގުވަޒަން ކުރުމަށް ދޭ އެވޯޑެކެވެ.

ދިރާގުން ދަނީ ދިވެހިރާއްޖޭގެ އިޖުތިމާއީ އަދި އިގްތިސާދީ ކުރިއެރުން ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ހަރުދަނާކުރުމަށާއި، ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކާއެކު "ޑިޖިޓަލް ރާއްޖެ" އެއް ބިނާކުރުމުގެ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ.

ޓްވިމްބިޓް ޓެލެކޮމް އެވޯޑްސް 2026 ގައި ދިރާގުން ވަނީ އޭޝިއާ ސަރަހައްދުގެ ގިނަ ކުންފުނިތަކަކާ ވާދަކޮށް، "ޓެލްކޯ އޮފް ދަ އިޔާ - ސްމޯލް މާކެޓްސް" ގެ ޝަރަފުވެރި އެވޯޑު ކާމިޔާބުކޮށްފައެވެ. މިއީ ރާއްޖޭގެ އެންމެ ކުރިއަރާފައިވާ ޑިޖިޓަލް ޚިދުމަތް ފޯރުކޮށްދޭ ކުންފުނީގެ ގޮތުގައި ދިރާގުން ދަމަހައްޓަމުން އަންނަ މަގާމާއި އެ ކުންފުނީގެ ޚިދުމަތުގެ ފެންވަރު ބައިނަލްއަގުވާމީ މައިދާނުގައި ބަލައިގަނެވުނުކަމުގެ އަލިގަދަ ހެއްކެކެވެ. މި އެވޯޑަކީ އޭޝިއާ ސަރަހައްދުގެ މުވާސަލާތީ އަދި ޓެކްނޮލޮޖީގެ ދާއިރާގެ ކުންފުނިތަކުން ހޯދަމުންދާ އީޖާދީ އަދި މާލީ ކުރިއެރުންތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދެވޭ އެވޯޑެކެވެ. ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އިސްމާއިލް ރަޝީދު ފާހަގަކުރެއްވި ގޮތުގައި، މި ކާމިޔާބީގެ އަސްލަކީ ދިރާގު ޓީމުގެ ބުރަ މަސައްކަތާއި ކަސްޓަމަރުންގެ އިތުބާރެވެ. ޚާއްސަކޮށް، ވޭތުވެދިޔަ އަހަރު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފައިބާ ބްރޯޑްބޭންޑްގެ ޚިދުމަތް ފޯރުކޮށްދީ ނިންމުމަކީ މި އެވޯޑު ލިބުމުގައި މުހިންމު ދައުރެއް އަދާކުރި ތާރީޚީ ލަނޑުދަނޑިއެކެވެ. ދިރާގުން ދަނީ ރާއްޖޭގެ އިޖުތިމާއީ އަދި އިގްތިސާދީ ކުރިއެރުން ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ހަރުދަނާކޮށް، ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކާއެކު ފުރިހަމަ ޑިޖިޓަލް މުޖުތަމައުއެއް ބިނާކުރުމަށް މެދުކެނޑުމެއްނެތި މަސައްކަތްކުރަމުންނެވެ.

  • ޓްވިމްބިޓް ޓެލެކޮމް އެވޯޑްސް 2026 ގެ "ޓެލްކޯ އޮފް ދަ އިޔާ - ސްމޯލް މާކެޓްސް" އެވޯޑު ދިރާގުން ކާމިޔާބުކުރުން.
  • އޭޝިއާގެ ކުރިއަރަމުން އަންނަ ކުދި މާކެޓްތަކުގެ ގިނަ ކުންފުނިތަކަކާ ވާދަކޮށް މި އެވޯޑު ހާސިލުކުރުން.
  • ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ހައިސްޕީޑް ފައިބާ ބްރޯޑްބޭންޑްގެ ޚިދުމަތް ފޯރުކޮށްދިނުން ފުރިހަމަކުރުން.
  • ކަސްޓަމަރުންގެ އިތުބާރާއި ދިރާގު ޓީމުގެ މިންނަތް މަސައްކަތަކީ މި ކާމިޔާބީގެ މައިގަނޑު އަސްލުކަމުގައި ވުން.
  • ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމަށް ދިރާގުން ކުރަމުންދާ އީޖާދީ މަސައްކަތްތައް ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަތުން.
ގުޅޭ ޓެގު
comment ކޮމެންޓް