"ބެންކޮކް އެއާވޭސްއިން ރާއްޖެއަށް ކުރާ ދަތުރުތައް މި އަހަރަށް މެދުކަނޑާލައިފި"

ބެންކޮކް އެއާވޭސްގެ ބޯޓެއް: މި އެއާލައިނުން ރާއްޖެއަށް ކުރާ ދަތުރުތައް ވަނީ މެދުކަނޑާލާފައި --- ފޮޓޯ/ މޯލްޑިވްސް މެގަޒިން

ތައިލެންޑާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ކުރާ ބެންކޮކް އެއާވޭސްއިން މި ދެމެދުގައި ކުރާ ދަތުރުތައް މި އަހަރަށް މެދުކަނޑާލައިފިއެވެ.

މި ނިންމުން ނިންމިކަން ހާމަކޮށްފައިވަނީ، އިނަ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގެވެ.

އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ބެންކޮކް އެއާވޭސްއިން ރާއްޖެއަށް ކުރާ ދަތުރުތައް މެދުކަނޑާލާފައިވާ ކަމަށެވެ. މިގޮތުން، އެ އެއާލައިނަކީ ރާއްޖެއަށް މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވައި ފިރާގު ވަނީ ބެންކޮކް އެއާވޭސްއިން މަހަކު 2،000އަށް ވުރެ ގިނަ ފަތުރުވެރިން އަންނަ ކަމަށް ވިދާޅުވެފައެވެ.

އުންމީދަކީ އަންނަ އަހަރުގެ ހޫނު މޫސުމަށް އެ އެއާލައިނުން ދަތުރުތައް ފެށުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އިތުރު ތަފުސީލު ދެއްވަމުން ފިރާގު 'ސަން'އަށް ވިދާޅުވީ، މި އަހަރު ތެރޭގައި ބެންކޮކް އެއާވޭސްއިން ރާއްޖެއަށް ދަތުރުތައް ނުކުރާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ނަމަވެސް، ޕްރޮމޯޝަންތައް ވަރުގަދަކޮށް، އެކަން ބަދަލު ކުރެވިދާނެ ކަމަށް ފިރާގު ގަބޫލުކުރައްވައެވެ.

"މިސާލަކަށް ޚަރަދު ކަވާ ނުވާ ކަހަލަ ދުވަސްތަކަށް ޑިސްކައުންޓް ސްކީމެއްގެ ތެރެއިން ޕްލޭން ކުރެވިގެން ދޭ ކަމަށްވަންޏާ ސަސްޓެއިން ކުރެވިދާނެ. އެކަމަކު މި ގެއްލެނީ ވަރަށް ބޮޑު އެއްޗެއް،" އޭނާ ވިދާޅުވިއެވެ.

ފިރާގު އެ ފަދައިން ވިދާޅުވި ނަމަވެސް، ބެންކޮކް އެއާވޭސްއިން ރާއްޖެއަށް ކުރާ ދަތުރުތައް މެދުކަނޑާލިކަން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

https://sun.mv/222753

ފާހަގަކުރެވޭ ގޮތުގައި، މިދިޔަ މެއި މަހުގެ ތެރޭގައި އިންޑިއާގެ ނިއުދިއްލީއާއި މާލެއާ ދެމެދު އެއާ އިންޑިއާ ކުރާ ދަތުރުތައް އޮގަސްޓް މަހުގެ ނިޔަލަށް ވަނީ މެދުކަނޑާލާފައެވެ.

ބެންކޮކް އެއާވޭސްއިން ދިވެހިރާއްޖެއަށް ކުރަމުންދިޔަ ސީދާ ދަތުރުތައް މި އަހަރުގެ ނިޔަލަށް ހުއްޓާލާފައިވާކަން އިނަ މޯލްޑިވްސްގެ ފަރާތުން ވަނީ ހާމަކޮށްފައެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ބޮޑު އުނިކަމެއް އަންނާނެކަމަށް ބެލެވެއެވެ. ސަބަބަކީ، މިއީ ކޮންމެ މަހަކު ދެހާހަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް އުފުލާ މުހިންމު އެއާލައިނަކަށް ވުމެވެ. ރަސްމީކޮށް އެއާލައިނުން މިކަން އިއުލާނުކޮށްފައި ނުވި ނަމަވެސް، ހަރުދަނާ ޑިސްކައުންޓް އަދި ޕްރޮމޯޝަންތަކެއް މެދުވެރިކޮށް މި ނިންމުން ބަދަލުކުރެވިދާނެކަމަށް އެ ފަރާތުން ދެކެއެވެ. އަދި އަންނަ އަހަރުގެ ހޫނު މޫސުމާ ދިމާކޮށް އަލުން ދަތުރުތައް ފެށުމަކީ ކުރެވޭ ވަރަށް ބޮޑު އުންމީދެކެވެ. މީގެ އިތުރުން، އެއާ އިންޑިއާއިން ނިއުދިއްލީއާއި މާލެއާ ދެމެދު ކުރަމުން އައި ދަތުރުތައްވެސް އޮގަސްޓް މަހުގެ ނިޔަލަށް މެދުކަނޑާލާފައިވާކަން ފާހަގަކުރެވެއެވެ.

  • ތައިލެންޑުން ރާއްޖެއަށް ބެންކޮކް އެއާވޭސްއިން ކުރާ ދަތުރުތައް މިއަހަރަށް ވަނީ މެދުކަނޑާލާފައެވެ.
  • މި ނިންމުމާ ގުޅޭ މައުލޫމާތު ހާމަކުރެއްވީ އިނަ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގެވެ.
  • މި އެއާލައިނަކީ މަހަކު ދެހާހަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ގެންނަ މުހިންމު ބައިވެރިއެކެވެ.
  • އެއާލައިނުން ރަސްމީކޮށް މިކަން އިއުލާނުކޮށްފައި ނުވާއިރު، އަންނަ އަހަރު ދަތުރުތައް ފެށުމަށް އުންމީދުކުރެވެއެވެ.
  • ދަތުރުތައް ހުއްޓާލުމުން ލިބޭ ގެއްލުން ކުޑަކުރުމަށް ޚާއްސަ ޕްރޮމޯޝަންތައް ހިންގިދާނެކަމަށް ފާހަގަކޮށްފައިވެއެވެ.
  • މީގެ އިތުރުން، އެއާ އިންޑިއާއިން ރާއްޖެއަށް ކުރާ ދަތުރުތައްވެސް އޮގަސްޓް މަހުގެ ނިޔަލަށް ވަނީ ހުއްޓާލާފައެވެ.
comment ކޮމެންޓް