އަންނަ ދިރާސީ އަހަރަށް ދަރިވަރުން ސްކޫލުތަކަށް ވައްދަން ހުޅުވައިލައިފި

މި ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިންމައި ރިޕޯޓް ފޯމު ދިނުން: އަންނަ ދިރާސީ އަހަރަށް ކުދިން ވައްދަން ވަނީ ހުޅުވައިލައިފައި -- ސަން ފޮޓޯ: މުޙައްމަދު އިހުސާން ހުސައިން

އަންނަ ދިރާސީ އަހަރު ސަރުކާރު ސްކޫލުތަކަށް ކުދިން ވައްދަން މިއަދު ހުޅުވައިލައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސަރުކާރު ސްކޫލުތަކުން ޖާގަ ހޯދުމަށް އެދި ހުށަހަޅާ ފޯމު އެ މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ ކަމަށެވެ.

ރާއްޖޭގެ ހުރިހާ ސަރުކާރު ސްކޫލުތަކަށް ވެސް އަލަށް ކުދިން ވައްދާނީ އެ ފޯމު މެދުވެރިކޮށް ކަމަށް، މިނިސްޓްރީން ބުންޏެވެ.

ސަރުކާރު ސްކޫލުތަކަށް ކުދިން ވެއްދުމަށްޓަކައި ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ އޮގަސްޓު މަހުގެ ފަހު ދުވަހެވެ.

ފޯމު ހުށަހަޅާއިރު ފޯމު ފުރުމަށް ބޭނުންކުރާ އީމެއިލް އެޑުރެހާއި ފޯނު ނަންބަރަކީ ބެލެނިވެރިޔާގެ އީމެއިލް އެޑުރެހާއި ފޯނު ނަންބަރުގެ ގޮތުގައި މިނިސްޓްރީގައި ރަޖިސްޓްރީކުރާނެ ކަމަށާއި, އެ މައުލޫމާތު ސްކޫލުތަކާ ހިއްސާކުރާނެކަން މިނިސްޓްރީން ފާހަގަކުރެއެވެ.

https://sun.mv/217179

ފާހަގަކުރެވޭ ގޮތުގައި މި މަހުގެ 16ވަނަ ދުވަހު މި ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިންމައިލައި 17ވަނަ ދުވަހުން ދަރިވަރުން ވަނީ ޗުއްޓީއަށް ގޮސްފައެވެ. ދެވަނަ ޓާމުގެ ކިޔެވުން ފަށާނެ ކަމަށް ދިރާސީ ކަލަންޑަރުގައި އޮތީ އަންނަ އޮގަސްޓު މަހުގެ ދެވަނަ ދުވަހެވެ.

މި އަހަރު ވެސް ދަރިވަރުންނަށް އަހަރު ނިންމައި ބޮޑު ޗުއްޓީ ލިބޭނީ ޑިސެންބަރުގައެވެ.

އެ ގޮތުން، ޑިސެންބަރު 18 ގައި މި އަހަރުގެ ކިޔެވުން ނިމޭނެއެވެ. އަދި، އަންނަ ދިރާސީ އަހަރުގެ ކިޔެވުން ފަށާނީ ޖަނަވަރީ 17، 2027 ގައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ރާއްޖޭގެ ހުރިހާ ސަރުކާރު ސްކޫލުތަކަށް އަލަށް ކުދިން ވެއްދުމަށް ބޭނުންވާ ފޯމު މިހާރު އެ މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. މި ފޯމު ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީޚަކީ އަންނަ އޮގަސްޓު މަހުގެ ފަހު ދުވަހެވެ. ފޯމު ފުރުމަށް ބޭނުންކުރާ އީމެއިލް އަދި ފޯނު ނަންބަރު ބެލެނިވެރިޔާގެ ރަސްމީ މައުލޫމާތުގެ ގޮތުގައި ރަޖިސްޓްރީކުރެވި، އެ މައުލޫމާތު ސްކޫލުތަކާ ހިއްސާކުރެވޭނެކަން މިނިސްޓްރީން ފާހަގަކުރެއެވެ.

  • ސަރުކާރު ސްކޫލުތަކަށް ކުދިން ވެއްދުމަށް ހުށަހަޅާ ފޯމު މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެއެވެ.
  • ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ އޮގަސްޓު މަހުގެ ފަހު ދުވަހެވެ.
  • މި އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފަށާނީ އަންނަ އޮގަސްޓު މަހުގެ 2 ވަނަ ދުވަހުއެވެ.
  • މި ދިރާސީ އަހަރުގެ ކިޔެވުން ނިމޭނީ 18 ޑިސެންބަރު ގައެވެ.
  • އަންނަ ދިރާސީ އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ 17 ޖަނަވަރީ 2027 ގައެވެ.
comment ކޮމެންޓް