ބޮޑުތަކުރުފާނު މަގުގައި އަލަށް ތާރުއެޅި ސަރަހައްދު ހުޅުވާލައިފި، މިހާރު ވަރަށް ހިތްފަސޭހަ!

މާލޭގެ ބޮޑުތަކުރުފާޏު މަގުގެ ޒަމާނީ ފެންވަރަށް ތަރައްގީކުރި ސެގްމެންްޓް: ބޮޑުތަކުރުފާނު މަގުގައި އަލަށް ތާރުއެޅި ސަރަހައްދު ހުޅުވާލައިފި -- ފޮޓޯ: އެމްޓީސީސީ

މާޅޭ ބޮޑުތަކުރުފާނު މަގުގައި އަލަށް ތަރައްގީކުރި ސަރަހައްދު އާންމުންނަށް ހުޅުވާލައިފިއެވެ.

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން ސެގްމެންޓް ދެއަކުން ފެށިގެން ފަހަކާ ހަމައަށް ހިމެނޭ ސަރަހައްދުގެ މަސައްކަތް ނިމިފައިވާތީ މިއަދު ހަވީރުން ފެށިގެން އެ ސަރަހައްދު އާންމު ދަތުރުފަތުރަށް ހުޅުވާލެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މާލެ ވަށައިގެންވާ ބޮޑުތަކުރުފާނު މަގު އެއްކޮށް މިހާރު ހުޅުވާލާފައި ވާއިރު އެ މަގުގައި ޕާކުކުރުމަށް ޚާއްސަކޮށް ކަނޑައަޅާފައިވާ ޕާކިން ޒޯންތައް ފިޔަވައި އެހެން ތަންތަނުގައި އުޅަނދުތައް ޕާކް ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

އެގޮތުން ކަނޑައެޅިފައިވާ ސަރަހައްދުތަކުން ބޭރުގައި އުޅަނދުތައް ޕާކުކުރުމަކީ މަގުގެ ދަތުރުފަތުރަށް ބުރޫއަރައި އާންމުންގެ ރައްކާތެރި ކަމަށް ހުރަސް އެޅޭނެ ކަމެއް ކަމަށް ވާތީ ގަވާއިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތަކާމެދު ފިޔަވަޅު އަޅަމުން ދާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ބޮޑުތަކުރުފާނު މަގުގެ އަލަށް ހެދިބައިގައި ދިވެހި ރުއް އިންދާފައި -- ފޮޓޯ: އިބްރާހީމް ޝުޖާއު

މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި މަގުމަތި ތަރުތީބުކޮށް ބޭއްވުމަށް ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާ ކޮށްފައެވެ.

ފާހަގަކުރެވޭ ގޮތުގައި ބޮޑުތަކުރުފާނު މަގުގައި އަލަށް ތަރައްގީކުރި ސަރަހައްދުގައި ދިވެހި ރުކާއި ހިޔާ ދޭ ގިނަ އަދަދެއްގެ ގަސްތައް ވަނީ އިންދައިފައެވެ.

ސަރުކާރުން ބުނީ އެ ސަރަހައްދުގައި ގަސް އިންދަނީ މާލެ ފެހިކޮށް، އާންމުންނަށް ހިތްފަސޭހަ މާހައުލަކަށް އެ ސަރަހައްދު ބަދަލުކުރުމަށް ކަމަށެވެ.

އެގޮތުން އެ ސަރަހައްދުގައި ދިވެހި ރުއް އިންދާފައި ވާއިރު މީގެ ކުރިން މާލޭގައި ކަދުރު ރުއް އިންދުމުން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރަކަށް ހުންނެވިއިރު، މާލެ ފެހިކުރުމުގެ ނަމުގައި ކުރިއަށްގެންދިޔަ "އެއް ލައްކަ ގަސް" ޕްރޮގްރާމުގެ ދަށުން ބޮޑުތަކުރުފާނު މަގުގެ ދެކުނު ފަރާތުގައި ގިނަ އަދަދެއްގެ ކަދުރު ރުއް އިންދިއެވެ.

https://sun.mv/225032

ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން މަގު ފުޅާކޮށް، ޒަމާނީ ފެންވަރަށް ތާރުއަޅައިގެން ތަރައްގީކުރުމުން މާލޭގެ ޓްރެފިކަށް ބޮޑު ލުޔެއް ލިބިގެން ދާނެއެވެ. އަދި މި މަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާގެ ނިޒާމު އަޕްގްރޭޑް ކުރުމާއި، ފެން ހިންދާ ޒަމާނީ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ވެސް ވަނީ ކޮށްފައެވެ.

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، ސެގްމެންޓް ދެއަކުން ފަހަކަށް ނިންމައި އާންމު ދަތުރުފަތުރަށް ވަނީ ހުޅުވާލާފައެވެ. ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫއުގައި މަގު ފުޅާކޮށް، ތާރުއަޅައި އަދި ފެން ހިންދާ ޒަމާނީ ނިޒާމެއް ގާއިމުކޮށްފައިވެއެވެ. މީގެ އިތުރުން، މާލެ ފެހިކުރުމަށް މި ސަރަހައްދުގައި ދިވެހި ރުކާއި ގަސް ވަނީ އިންދާފައެވެ. ކަނޑައެޅިފައިވާ ޒޯންތައް ފިޔަވައި އެހެން ތަންތަނުގައި ޕާކު ނުކުރުމަށް ފުލުހުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ. ```json

  • ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތުން އަލަށް ތަރައްގީކުރި ސަރަހައްދު އާންމު ދަތުރުފަތުރަށް ހުޅުވާލުން.
  • ގަވާއިދާ ޚިލާފަށް ޕާކުކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް ފުލުހުން އިންޒާރުދިނުން.
  • މާލެ ފެހިކުރުމުގެ ގޮތުން މަގުގެ ދެފަރާތުގައި ދިވެހި ރުކާއި ހިޔާދޭ ގަސް އިންދުން.
  • 144 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން މަގު ފުޅާކޮށް ފެން ހިންދާ ނިޒާމު ގާއިމުކުރުން.
comment ކޮމެންޓް