"ފަތުރުވެރިކަމުން ކުރިއެރުމެއް ލިބުނީ ޕްރައިވެޓް ސެކްޓަރުގެ މަސައްކަތުން، ސަރުކާރުން ވަދެއްޖެނަމަ ވަނީ ފެއިލް"

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް -- ފޮޓޯ: އެމްޑީޕީ

ޓޫރިޒަމް ދާއިރާއިން ރާއްޖެއަށް ކުރިއެރުމެއް ވިއްޔާ ލިބިފައި އޮތީ ޕްރައިވެޓް ސެކްޓާއިން ކޮށްފައިވާ މަސައްކަތުން ކަމަށާއި ނަމަވެސް ސަރުކާރުން ޓޫރިޒަމަށް ވަންނަ ކޮންމެ ފަހަރެއްގައި ބޮޑެތި ގެެއްލުންވެ، ފެއިލްވާކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެފަދައިން ވިދާޅުވީ އައްޑޫ ފޭދުއާއި މަރަދޫފޭދޫ ކައިރީގައި އޮންނަ ސަވާހެލި، އެންޓަޓެއިންމަންޓް އެންޑް ރެކްރިއޭޝަން ފެސިލިޓީއެއްގެ ގޮތުގައި ތަރައްގީކުރަން އައްޑޫ ސިޓީ ކައުންސިލުން ބީލަމަށް ހުޅުވާލާފައި ވަނިކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ރަށް އައްޑޫގެ އިހްތިސާސުން ކުއްލި ގޮތަކަށް ވަކިކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.

https://sun.mv/225009

'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ފައިސަލް ވިދާޅުވީ އައްޑޫ ސަވާހިލި ކުއްލި ގޮތަކަަށް އައްޑޫ ސިޓީ ކައުންސިލްގެ އިހްތިސޯސުން ވަކި ކުރަން ސަރުކާރުން ނިންމިއިރު، ފޭދޫ ޓޫރިޒަމް ޒޯންގައި އެތައް ސަތޭކަ އެނދު އަންނަނީ ތައްޔާރުވަމުން ކަމަށެވެ. އަދި ސަވާހިލި ޓޫރިސްޓް ފެސިލިޓީއަކަަށް ތަރައްގީވުމުން، އޭގެ ސަބަބުން އައްޑޫގެ ޓޫރިޒަމަށް ކުރިއެރުން އަންނާނެ ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް ޑޮލަރުން އާމްދަނީ ލިބި، އިގްތިސޯދީ ނަފާ އިތުރުވެ، އަތޮޅަށް ކުރިއެރުން އަންނާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފައިސަލް ވިދާޅުވީ މައި ސަރުކާރުން ކައުންސިލް ތަކަށް ބާރުތައް ދޫކޮށް ރައްޔިތުންނަށް އަތޮޅުން ގިނަ ފައިދާ ނެރެވޭނެ ފުރުސަތު ތަކަށް ޖާގަދީ، މަގުފަހި ކުރަން ވާނެ ކަމަށެވެ.

ހަމައެއާއެކު ރާއްޖޭގެ އަތޮޅު ތަކުން ކުރިއެރުން ލިބެން އޮތީ މައި ސަރުކާރުން ކޮންމެ ކަމަކަށް ވަނުމުގެ ބަދަލުގައި، ކަންކަން ކުރެވޭނެ ފަދަ ނިޒާމެއް އަތޮޅު ތަކަަށް ދައްކައި، މަރުކަޒީ ބާރުތައް ދޫކޮށްލައިގެން ކަމަށަް ފައިސަލް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އައްޑުއާއި މުޅި ރާއްޖޭގައި ވެސް ޓޫރިޒަމްގެ ދާއިރާއިން ކުރިއެރުން ލިބިފައި އޮތީ ޕްރައިވެޓް ސެކްޓާއިން ކޮށްފައިވާ މަސައްކަތުން ކަމަށެވެ. އަދި ސަރުކާރުން ޓޫރިޒަމަށް ވަންނަ ކޮންމެ ފަހަރެއްގައި ބޮޑެތި ގެެއްލުންވެ، ފެއިލްވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ސ. ފޭދޫ ޓޫރިޒަމް ސަރަހައްދުގައި އޮންނަ ސަވާހެލި ތަރައްގީކުރަން ކުއްޔަށް ދޭން ބީލަން ހުޅުވާލާފައި ވަނިކޮށް އެތަން ރައީސް މުއިއްޒުއަށް ލިބިދޭ ބާރުގެ ދަށުން އައްޑޫ ސިޓީގެ އިހުތިސާސުން ވަކިކޮށްފައި ވަނީ ބުދަ ދުވަހުގައެވެ.

ރައީސް އޮފީހުން ބުނީ އައްޑޫ ސިޓީގެ އިހްތިސާސުން ސަވާހެލި ވަކިކުރަން މުއިއްޒު ނިންމެވީ ފަތުރުވެރިކަމުގެ ބޭނުމަށް ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ ތަފްސީލެއް އެ އޮފީހުން ހާމައެއް ނުކުރެއެވެ.

https://sun.mv/225086

އެކަމާ ގުޅިގެން އައްޑޫގެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް އިދިކޮޅު އެމްޑީޕީން ވެސް ވަނީ ކައުންސިލްތަކަކީ އަމިއްލައަށް ކަންކަން ރާވައި ހިންގުމުގެ ގާނޫނީ ޖާގައާއި ބާރު ލާމަރުކަޒީ ގާނޫނުން ފަހިކޮށްދީފައިވާ ވަކި ގާނޫނީ ޝަޚުސެއް ކަމަށް ވާއިރު، ކައުންސިލްތަކާ މަޝްވަރާކުރުމެއް ނެތި ރައްޔިތުންގެ ބިންތައް އަތުލައި ތަރައްގީއަށް ހުރަސްއެޅުން ހުއްޓާލުމަށް ސަރުކާރަށް ގޮވައިލާފައެވެ.

އައްޑޫ ސިޓީ ކައުންސިލުން ތަރައްގީކުރުމަށް ބީލަމަށް ހުޅުވާލާފައިވާ ސަވާހެލި، ކުއްލި ގޮތަކަށް އައްޑޫގެ އިހުތިސާސުން ވަކިކުރުމާ ގުޅިގެން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރާފައިވަނީ އަމިއްލަ ވިޔަފާރިވެރިންގެ ބުރަ މަސައްކަތުންނެވެ. އަދި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތަކަށް ބާރުދީގެން މެނުވީ ރަށްރަށަށް އިގުތިސާދީ ކުރިއެރުން ނުލިބޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ```json

  • ސަވާހެލި ތަރައްގީކުރަން އައްޑޫ ކައުންސިލުން ބީލަމަށް ހުޅުވާލާފައިވަނިކޮށް، ސަރުކާރުން ވަނީ އެރަށް ކައުންސިލްގެ އިހުތިސާސުން ވަކިކޮށްފައެވެ.
  • ސަރުކާރުން ފަތުރުވެރިކަމުގެ ވިޔަފާރީގެ ތެރެއަށް ވަންނަ ކޮންމެ ފަހަރަކު ނާކާމިޔާބުވެ ގެއްލުންވާކަމަށް ފައިސަލް ނަސީމް ވިދާޅުވިއެވެ.
  • މަރުކަޒީ ބާރުތައް ދޫކޮށް، ކައުންސިލްތަކަށް ފުރިހަމަ ބާރުވެރިކަން ދިނުމަށް ގޮވާލެއްވިއެވެ.
  • މި މައްސަލައިގައި އިދިކޮޅު އެމްޑީޕީންވެސް ވަނީ ކައުންސިލްތަކުގެ ބާރު ކަނޑުވާލާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
  • ރައީސް އޮފީހުން ހާމަކޮށްފައިވަނީ ސަވާހެލި ވަކިކުރީ ފަތުރުވެރިކަމުގެ ބޭނުމަށްކަމަށެވެ، ނަމަވެސް އިތުރު ތަފުސީލެއް ނުދެއެވެ.
comment ކޮމެންޓް