މުޅި ދުނިޔޭގައި ވެސް އިލެކްޓްރިކް އުޅަނދު (އީވީ)ތަކުގެ މަގުބޫލުކަން އިތުރުވަމުން އަންނައިރު، އުޅަނދުތައް އުފައްދާ ކުންފުނިތަކުން އަންނަނީ މި ޓެކްނޮލޮޖީ ދުވަހުންދުވަހަށް ތަރައްގީ ކުރަމުންނެވެ. އެގޮތުން ބެޓެރިއާއި، އުޅަނދުން ދުއްވޭ ދުރުމިނާއި ގެންގުޅުމުގެ ޚަރަދު ކުޑަ ކުރުން ފަދަ ކަންކަމަށް ކުރިއެރުންތައް ލިބެމުންދެއެވެ.
މި ދަނޑިވަޅުގައި ރާއްޖޭގައި ވެސް އިލެކްޓްރިކް ވެހިކަލްތަކަށް އޮތް ޑިމާންޑު ދަނީ ބޮޑުވަމުންނެވެ. އެގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭ އުޅަނދުތަކާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުވެ، އީވީ ޗާޖިން ސްޓޭޝަންތައް ތައާރަފުކުރަމުން އަންނައިރު، ދިވެހި ޑްރައިވަރުން ވެސް މިފަދަ އުޅަނދުތައް ޚިޔާރު ކުރުން ވަނީ އިތުރުވެފައެވެ.
ރާއްޖެ ފަދަ ގައުމަކަށް އިލެކްޓްރިކް އުޅަނދުތައް އެންމެ ރަނގަޅުވާ ސަބަބުތަކުގެ ތެރޭގައި އީވީގެ އަޑުމަޑުވުމާއި، މެއިންޓެނެންސް މަސައްކަތްތައް މަދުވުމާއި، އެއީ ވައި ތަޣައްޔަރު ނުކުރާ އުޅަނދުތަކަށްވުން ހިމެނެއެވެ.

އޮޓޮސްފިއާ ބައި ދަ ހޯކްސް --
އޮޓޮސްފިއާ ބައި ދަ ހޯކްސްއިން ދެކޭ ގޮތުގައި މިއީ ޓެކްނޮލޮޖީއަށް އައި ބަދަލަކަށްވުރެ ބޮޑަށް، ދަތުރުފަތުރުގެ ތަޖުރިބާ ތަފާތުކޮށްލަން ލިބޭ ފުރުސަތެކެވެ. މި ބަދަލު ގެނެސްދިނުމަށް ކުރާ މަސައްކަތުގެ ދަށުން، އޮޓޮސްފިއާގެ ޝޯރޫމަކީ، ރާއްޖޭގައި އެއް ތަނަކުން އެންމެ ގިނަ ބާވަތްތަކުގެ އިލެކްޓްރިކް އުޅަނދުތައް ފެންނާނެ އެއް ޝޯރޫމަށް ވާނެއެވެ. އޭގެ ތެރޭގައި ބީވައިޑީ، ބީއެމްޑަބްލިޔު، މަސިޑިޒް-ބެންޒް އަދި ނިސާން ފަދަ ބްރޭންޑުތަކުގެ އުޅަނދުތައް ހިމެނެއެވެ.
އޮޓޮސްފިއާއިން މަސައްކަތްކުރަނީ، ކޮންމެ މީހަކަށް ވެސް އެންމެ ކަމުދާނެ ފަދަ އިލެކްޓްރިކް އުޅަނދުތައް ފޯރުކޮށްދީ، މި ޓެކްނޮލޮޖީ ހިމެނޭ އުޅަނދަކަށް ބަދަލުކުރުމުގެ މަރުހަލާ ވީހާ ވެސް ފަސޭހަކޮށްދިނުމަށެވެ. އެގޮތުން އިތުބާރު ކުރެވޭ ބްރޭންޑްތަކާއި، ކަމާ ގުޅޭ މާހިރުންގެ ލަފައާއި، އާފްޓަ-ސޭލްސް ސަޕޯޓް ފަދަ ގިނަ އެހީތައް އޮޓޮސްފިއާއިން ފޯރުކޮށްދޭނެއެވެ.
އޮޓޮސްފިއާގެ އަމާޒަކީ، އުޅަނދުތައް އުފެއްދުމުގެ ސިނާއަތުގެ މުސްތަގުބަލު ކަމަށްވާ އިލެކްޓްރިކް އުޅަނދުތަކުގައި އިންވެސްޓްކޮށް، ދިވެހި ޑްރައިވަރުންނަށާއި ރާއްޖޭގެ މާހައުލަށް ވެސް އެންމެ ރަނގަޅު އުޅަނދުތައް ފޯރުކޮށްދިނުމެވެ.