އަމާން އުދަރެސް ޓަަވަރަކުން ކުއްޖަކު ވެއްޓިއްޖެ

އެފްޑީސީ ފުލެޓްތައް: އަމާން އުދަރެސް ޓަަވަރަކުން ކުއްޖަކު ވެއްޓިގެން ފުލުހުން ދަނީ ހަރަކާތްތެރިވަމުން -- ސަން ފޮޓޯ/ މާނިއު މުހައްމަދު

އަމާން އުދަރެސް ޓަަވަރަކުން ކުއްޖަކު ވެއްޓިއްޖެއެވެ.

ފުލުހުން ބުނީ ހުޅުމާލެ ފޭސް 2، އަމާން އުދަރެސް ޓަވަރު ދޭއްގެ ތިން ވަނަ ފަންގިފިލާއިން ބޭރަށް ކުއްޖަކު ވެއްޓިފައިވާ ކަމަށް މިއަދު ހެނދުނު 11:35 އެހައިކަންހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި ވެއްޓިފައި ވަނީ 16 އަހަރުގެ ދިވެހި އަންހެން ކުއްޖެކެވެ. އަދި އެ ކުއްޖާއަށް ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާދެމުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި ވެއްޓުނު ކުއްޖާ ކައިރީ ފުލުހުންނާއި އަންހެނުންތަކެއް ވެސް ތިއްބެވެ. އަދި ކުއްޖާގެ ގައިމަތީގައި ވަނީ ފޮތިގަނޑެއް ވެސް އަޅާފައެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވެސް ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް ފްލެޓުތައް ކައިރީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސައިކަލު ފަހަތުގައި އިން ނުވަ އަހަރުގެ އަންހެން ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައެވެ. އެ ކުއްޖާއަށް އަދިވެސް ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައެވެ.

ހަމައެއާއެކު މިއަދު ވެސް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަނެއްކާ ވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އުމުރުން ދުވަސްވީ މީހަކަށާއި، ޒުވާނަކަށް ފަރުވާދެމުން އަންނަކަަމަށް ފުލުހުން މިއަދު ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު