100 ދުވުންތެރިންނާއެކު "ޕީއެސް ރިލޭ" މި މަހުގެ 12 ގައި ބާއްވަން ތައްޔާރުވެއްޖެ

"ޕީއެސް ރިލޭ" ގެ ގުރުނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން.... ފޮޓޯ/ ފިޒިއޯ ސޮލޫޝަންސް

ފިޒިއޯ ސޮލޫޝަންސްއިން އިންތިޒާމުކޮށްގެން ބާއްވާ ދުވުމުގެ ހަރަކާތް ކަމަށްވާ "ޕީއެސް ރިލޭ" ގެ ދެވަނަ އެޑިޝަން، 100 ދުވުންތެރިންނާއެކު މި މަހުގެ 12 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

މި އަހަރުގެ ދުވުން އޮންނާނީ އެ ދުވަހުގެ ހަވީރު 16:30 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

"ޕީއެސް ރިލޭ" ގެ ގުރުނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން.... ފޮޓޯ/ ފިޒިއޯ ސޮލޫޝަންސް

ފިޒިއޯ ސޮލޫޝަންސްއިން މައުލޫމާތު ދެއްވި ގޮތުގައި، މި އިވެންޓުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލިތާ 48 ގަޑިއިރު ނުވަނީސް ވަނީ ޖާގަ ފުރި، 100 ދުވުންތެރިން ރަޖިސްޓްރީ ވެފައެވެ.

މި ދުވުމުގައި މިހާރު ރާއްޖޭގައި ތިބި އެންމެ ބާރަށް ދުވާ އެތުލީޓުން ބައިވެރިވާއިރު، މީގެ ތެރޭގައި ފާހަގަކޮށްލެވޭ މަޝްހޫރު ކްލަބްތައް ކަމަށްވާ ފްލެޝް ރަނިން ކްލަބް، ސާއިދު އެކަޑަމީ އަދި މޯޑް ރަނިން ކްލަބުގެ ޓީމުތައް ހިމެނޭ ކަމަށް ފިޒިއޯ ސޮލޫޝަންސްއިން ބުނެއެވެ.

"ޕީއެސް ރިލޭ" ގެ ގުރުނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން.... ފޮޓޯ/ ފިޒިއޯ ސޮލޫޝަންސް

މި މުބާރާތުގެ ސްޓާޓް ލައިން ތަރުތީބު ކުރުމަށްޓަކައި، ބައިވެރިވާ ޓީމުތަކުގެ މެދުގައި ގުރުއަތު ނެގުން ވަނީ އޮގަސްޓް މަހުގެ 25 ވަނަ ދުވަހު ބާއްވާފައެވެ.

ޕީއެސް ރިލޭގެ އެންމެ ފުރަތަމަ އެޑިޝަން ކާމިޔާބުކަމާއެކު ބާއްވާފައިވަނީ 2024 ވަނަ އަހަރު ނ. ހޮޅުދޫގައެވެ. މިއީ ރާއްޖޭގައި 5 ކިލޯމީޓަރުގެ ޓީމް ރިލޭއެއް ބޭއްވުނު އެންމެ ފުރަތަމަ ފަހަރެވެ.

"ޕީއެސް ރިލޭ" ގެ ގުރުނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން.... ފޮޓޯ/ ފިޒިއޯ ސޮލޫޝަންސް

ފިޒިއޯ ސޮލޫޝަންސް އިން ބުނީ، މުބާރާތް ފެށުމަށް ކުޑަތަންވެފައި ވާއިރު، މިހާރު ކުރިއަށްދަނީ ބައިވެރިވާ ޓީމުތަކަށް ޖާޒީ ހަވާލުކުރުމާއި، އިވެންޓްގެ އެންމެ ފަހުގެ ތައްޔާރީތައް ފުރިހަމަކުރުމުގެ މަސައްކަތްތައް ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު