ދިވެހި ފުލުހުންގެ ޚިދުމަތުގެ ޑްރަގް އެންފޯސްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ސުވާލުކުރުމަށްޓަކައި ދެ މީހަކު ހާޒިރުވުމަށް އަންގައި އާންމުކޮށް އިއުލާނުކޮށްފިއެވެ.
ފުލުހުން ބުނީ، މި ދެ މީހުން ތަހުގީގަށް ހާޒިރުކުރަން ބޭނުންވި ނަމަވެސް، އެ މީހުން އުޅޭ ވަކިތަ ނެއް އެނގިފައި ނުވާތީ ތަހުގީގަށް ހާޒިރުވުމުގެ ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށެވެ.
އެހެންކަމުން، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ހާޒިރުވާން އަންގާފައިވާ ދެ މީހުންނަކީ:
1. މަޢުޖޫދު ރިޔާޟް (42 އަހަރު)
އެޑްރެސް: ހމ. ފްލެޓްނަންބަރު 05-2-42 / މާލެ
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: A112777
2. ޢާއިޝަތު ފަރީޝާ (35 އަހަރު)
އެޑްރެސް: ހަވާ / ރ. މަޑުއްވަރި
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: A255512
މި ދެ މީހުން ވެސް ހާޒިރުކުރަނީ މައްސަލައިގެ ތުހުމަތުގައި ސުވާލުކުރުމަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ދެ މީހުން އަންނަ އަންގާރަ ދުވަހުގެ 14:00 އަށް ސާޖަންޓު އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށް ހާޒިރުވުމަށް ފުލުހުންގެ އިއުލާނުގައި ވަނީ އަންގާފައެވެ.
ރާއްޖޭގައި ދިމާވެފައިވާ އިޖުތިމާއީ އެންމެ ބޮޑު މައްސަލަތަކުގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަތައް ހިމެނެއެވެ. އެގޮތުން ފުލުހުންނަށް އެންމެ ގިނައިން ރިޕޯޓުކުރާ މައްސަލަތަކުގެ ތެރޭގައި ވެސް މަސްތުވާތަކެއްޗާ ގުޅުންހުރި އެކި މައްސަލަތައް ހިމެނެއެވެ.